ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުލްލަތީފު މުހައްމަދު، ކުރިއަށް އޮތް މަޖިލީސް އިންތިޚާބުގައި އަމިއްލަގޮތުން އެ ދާއިރާއަށް ވާދަކުރަން ނިންމަވައިފިއެވެ.

މިހާރު ޖޭޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ލަތީފް އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރައްވަން ނިންމެވި އިރު ޖޭޕީ އިން ވަނީ ދެފަހަރެއްގެ މަތިން 45 ބޭފުޅަކަށް ޕާޓީގެ ޓިކެޓް ދީފައެވެ. ނަަމަވެސް އޭގެތެރޭގައި ލަތީފެއް ނުހިމެނެއެވެ.

ލަތީފާއި ޖޭޕީގެ ގުޅުން ގޯސްވީ ކުރީގެ ރައީސުންނަށް ރައްޔިތުންގަ މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް ހުރަސް އެޅޭނެ ޤާނޫނެއް އޭނާ މަޖިލީހަށް ހުށަހެޅުމުންނެވެ. ލަތީފްގެ ހުށަހެޅުން އަނބުރާ ގެންދަން ޖޭޕީން އެދުނު ނަމަވެސް ލަތީފް އެއެންގުމާއި އެއްގޮތައް އަމަލު ކުރައްވާފައެއް ނުވެއެވެ.

ލަތީފް 2014 ވަނަ އަހަރު މަޖިލިސް އިންތިޚާބުގައި ވާދަކުރެއްވީ ވެސް އަމިއްލަ ގޮތުންނެވެ. ނަމަވެސް މެންބަރު ކަމަށް ހޮވިވަޑައިގަތުމުން އޭނާ ވަނީ ޕީޕީއެމް އަށް ސޮއި ކުރައްވާފައެވެ.

ލަތީފް މިއަދު ވިދާޅުވީ ދިއްދޫ ދާއިރާއަށް ކުރިމަތިލުމަށް ނިންމީ އެ ދާއިރާގެ ޒުވާނުންނާއި ވަރަށް ގިނަ އަދަދެއްގެ އާންމުން އެކަމަށް އެދެމުންދާކަމަށެވެ.

މަޖިލީސް އިންތިޚާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ލަތީފު މިފަހަރު ނިކުންނަވަނީ "ދިއްދުއަށް ރަނގަޅުވާނީ ހަމަ ލަތީފް" މި ޝިއާރުގެ ދަށުންނެވެ.

ދިއްދޫ ދާއިރާއަށް ކުރިމަތިލައްވާކަން އިއުލާނުކުރައްވާ ދާއިރާއަށް ރައްޔިތުންނަށް ލަތީފު ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ނިމިގެންމިދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޖަލްސާތަކަށް އެންމެ ގަވާއިދުން ހާޒިރުވި މެންބަރުންގެ ތެރޭގައި ހިމެނޭނެކަމަށާ ދިއްދޫގެ ތަރައްގީއަށް ބޭނުންވާ އެކިއެކި މަޝްރޫއުރުތައް ބަޖެޓްގައި ހިމެނުމަށް އަޑުހަރުކޮށް ވަކާލާތުކޮށް، ދިއްދޫގައި ބިޔަ ބޮޑު މަޝްރޫއުތައް ކާމިޔާބުކަމާއެކު ނިންމައިދީފައިވާނެކަމަށެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ދިއްދޫ ދާއިރާގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގަވާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަބުލޮ

    ތިއޮތީ ބޯންއުޅުނު ބޮނޑި ބޮވިފަ ހުރިހާ ބާގީން އެތިބީ ސޭޓް ގާތަށް ޖަމާވެފަ ފީހޮވާލާ މަންޒަރު
    މިފެންނަނީ ދެން ހިންދިރުވާލާފަ ފުނަމާ ފޮޅުވާ

  2. އާދަމް / ތުރާކުނު

    ހއ ދިއްދޫގެ ރައްޔިތުންނަކީ މިނުނުނާޅިން މިނަންދަންނަ ، ގޮތްހުރި ރައްޔިތެއްކަމުގައިވާނަމަ ރައީސް ޔާމީންގެ ކެނޑިޑޭޓުންނަށް އިސްކަން ދޭނެއެވެ. އެހެނީ ވޭތުވެދިޔަ 50 އަހަރުން ދިއްދޫއަށް ނާންނަ ކުރިއެރުމާ ތަރައްޤީ ފަސްއަހަރުން ރައީސް ޔާމީން ވަނީ އެރަށަށް ގެނެސްދެއްވާފައެވެ. މާތްﷲ ދިއްދޫގެ ރައްޔިތުންގެ ވިސްނުން ފަހިކުރައްވާ ހެޔޮ ބުއްދި މިންވަރުކުރައްވާށިއެވެ.