އޭޕްރީލް މަހު އޮންނަ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ފަރާތުން ވާދަ ކުރުމަށް 8 ބޭފުޅަކަށް ޓިކެޓު ދީފި އެވެ.

ރޭ އެމްޑީއޭގެ ގައުމީ ކައުންސިލްގެ ބައްދަލުވުމުގައި އެމްޑީއޭގެ ފަރާތުން ހަތް ދާއިރާއަކަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ޕާޓީގެ ޓިކެޓު ހަވާލުކޮށްދެއްވީ އެ ޕާޓީގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު އެވެ. ސިޔާމަށް ޓިކެޓު ހަވާލުކޮށްދެއްވީ ޑެޕިއުޓީ ލީޑަރު، އަލީ މައުރޫފް އެވެ.

ރޭ އެމްޑީއޭގެ ގައުމީ ކައުންސިލްގެ ބައްދަލުވުމުގައި އެމްޑީއޭގެ ފަރާތުން ހަތް ދާއިރާއަކަށް ވާދަކުރައްވަން ޓިކެޓް ދިން ފަރާތްތަކަކީ އަހުމަދު ސިޔާމް މުހައްމަދު - ދ. މީދޫ ދާއިރާ, އަލީ މައުރޫފް - ނ. ކެނދިކުޅުދޫ ދާއިރާ, އަހުމަދު އާމިރު - ދ. ކުޑަހުވަދޫ ދާއިރާ, އާއިޝަތު ރަފިއްޔާ - މާފަންނު ހުޅަނގު ދާއިރާ, ހުސެއިން ސާލިމް މުހައްމަދު - ނ. ހޮޅުދޫ ދާއިރާ, މުހައްމަދު އައްބާސް - ނ. ވެލިދޫ ދާއިރާ, އިބްރާހީމް އަސްލަމް - ނ. މަނަދޫ ދާއިރާ, މުހައްމަދު އާދަމް - ރ. ދުވާފަރު ދާއިރާ އަށެވެ.

ޕާޓީގެ ޓިކެޓުގައި މަޖިލީހަށް ހޮވިވަޑައިގަންނަވާ ބޭފުޅުން ދިވެހި ގައުމަށާއި ރައްޔިތުންނަށް ތެދުވެރިކަމާއި ވަފާތެރިކަމާ އެކު ޚިދުމަތްކުރުން މަތީ ދެމިތިބުމަށް ރޭ އޮތް އެމްޑީއޭގެ ގައުމީ ކައުންސިލްގެ ބައްދަލުވުމުގައި ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވަނީ، ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސަންސިހާމް

    ތިޔައީ އެއްމެ ފަހުވަގުތު އަހަރެމެން ދޫކޮށް ދިޔަ ބައިގަޑު ދުވަހަކުވެސް ވޯޓެއް ނުލާނަށް އިރާދަކުރެއްވިޔާ ނުވެސް ހޮވޭނެ

  2. މާފަރު އަލީ..

    ތިޔަތިބީ ހޮވިނިމިފަ. އަވަހައް ހުވާކޮއްލާ.. މަނަދޫ ދާއިރާގެ ފަރާތުން ތިޔަ ކުދިންނައް ވ ވެދުން..

  3. ޢަލީ

    ސާބަހޭ މުހައްމަދު އާދަމް

  4. މީހެއް

    އެމްޑީއޭޮ އަށް މިފަހަރު ލިބޭނެކަމަށް ފެންނަނީީ ތީގެތެރެއިންވެސް 2 ގޮނޑި(.) ހަމަގައިމުވެސްީ މަނަދޫ ދާއިރާގެ ގޮނޑިއަކީީ ގެއްލުވާާ ގޮނޑިއެއް(.)

  5. އިއްބެ

    ސާބަސް މުޙައްމަދު އާދަމް . ދުވާފަރު ދާއިރާގެ އިރު ތީ