ފެނަކަ ކޯޕަރޭަޝަން ސ.ހުޅުމީދޫ ބްރާންޗްގެ ޑިރެކްޓަރ، ޙުސައިން މުފީދު ފެނަކަ ވަޒީފާއިން ވަކިކޮށްފިއެވެ.
ވަޒީފާއިން ވަކިކުރިކަން އަންގާ ޗިޓު މުފީދަށް ފޮނުވާފައިވަނީ، އިއްޔެގެ ވަގުތެއްގައެވެ.
"ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން މުފީދު ވިދާޅުވީ، ވަޒީފާއިން ވަކިކުރިކަން އަންގާފައި ވަނީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ގޭގަ މަޑުކުރަން އެންގުމަށްފަހުގައި ކަމަށާއި، ވަޒީފާއިން ވަކިކުރި ސަބަބެއް އަންގާފައި ނުވާކަމަށެވެ.
"މިދިޔަ މަހު ތޭރަ ވަނަ ދުވަހު ފުރަތަމަ އެންގީ ފަނަރަ ދުވަހަކަށް ސަސްޕެންޑް ކުރިކަން. ދެން އަނެއްކާވެސް އިތުރު ފަނަރަ ދުވަހަކަށް ސަސްޕެންޑް ކުރީ. ކުންފުނިން ބުނަނީ ބަލަމުންދާ މައްސަލައަކާއި ގުޅިގެން ކަމަށް. ދެން މިދިޔަ ހަފްތާގެ ބުދަ ދުވަހު އެންގީ އިތުރު ތިން ދުވަހަށް ސަސްޕެންޑް ކުރިކަން. އެއާ އެކު އެންގީ ސުވާލުތަކަކަށް ޖަވާބުދާރީވުމަށް ހުޅުމީދޫ ބްރާންޗަށް ހާޒިރުވާން. އަޅުގަނޑު ދިޔައިން ޖަވާބުރާދީ ވާން. އެކަމަކު ސުވާލު ކުރާނެ މީހަކު ނެތުމުން އެދުވަހުވެސް އައީ ގެއަށް. ދެން އިއްޔެ އެންގީ ވަޒީފާއިން ވަކިކޮށްފައި ވާކަން." މުފީދު ވިދާޅުވިއެވެ.
އިތުރަށް މަޢުލޫމާތު ދެއްވަމުން މުފީދު ވިދާޅުވީ، އަނިޔާވެރިކަން ނިންމާނެކަމަށް ބުނެ މިއައި ސަރުކާރުގެ އަނިޔާވެރިކަން މާ ބޮޑު ކަމަށާއި، މި މައްސަަލަ ކަމާއި ބެހޭ މުޢައްސަސާތަކަށް ހުށަހަޅާނެ ކަމަށެވެ.
"އަޅުގަނޑުގެ އަންހެނުންގެ ބަނޑަށް މިހާރު ހަތް މަސްވެއްޖެ. ކުޑަ ކުއްޖަކު ގޮވައިގެން އަޅުގަނޑު މި އުޅެނީ. ދެން ކިހިނެއްތޯ އަންހެނުންނާއި ދަރިފުޅު ދޫކޮށްލާފަ ފުރައިގެން ދާނީ. މީ އަނިޔާއެއް ނޫންތޯ. އަޅުގަނޑަކީ ސިޔާސީ މަޤާމެއްގަ ހުރި މީހެއް ނޫން. ރައީސް ޔާމީނަށް ތާޢީދު ކުރަނީއޭ ކިޔާފަ މިހެން ހެދީމަ މީ އަނިޔާއެއް." މުފީދު ވިދާޅުވިއެވެ.
ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙުގެ ކެމްޕެއިންގައި ވިދާޅުވަމުން ގެންދެވީ އެމީހަކު ހުންނަ ސިޔާސީ ފިކުރުގެ ސަބަބުން އެމީހެއްގެ ވަޒީފާ ނުގެއްލޭނެ ކަމަށެވެ. ނަމަވެސް މި ސަރުކާރު އައުމާއި އެކު، ގިނަ އަދަދެއްގެ މުވައްޒަފުން ސަސްޕެންޑު ކުރުމާއި، ވަޒީފާއިން ވަކިކުރަމުންދާ ކަމުގެ ޝަކުވާތަށް ވަނީ ގިނަވެފައެވެ.
ޔާމީނަށް ވީވަރުވެސް ތިޔަމިހުންނަކަށް ނުވާނެ. އެއީ ޔަގީން ކަމެއް.
މުފީދުގެ މަގާމަކީ ޑިރެކްޓަރ. މުފީދު އަކީ އެންމެ އިސްވެރިޔާ އަށް ވެފައި މުފީދުގެ ސުލޫކީ އަދި އަޚްލާގީ ގިނަ ގުނަ މައްސަލަތައް ހުރި އިރު މި ބަދަލު އަންނާނެކަން މުފީދުއަށް ގަބޫލުނުކުރެވޭނަމަ މުފީދު ތިޔަ މަގާމަށް ކުފޫ ހަމަ ނުވާކަން ވަރަށް ސާފު.
ރަތްޔިތުންގެ މުދަލާއި ފައިސާއަށް ޙިޔާނާތްތެރި ވީމަވެސް ބަހައްޓަން ވީތޯ
ވަކިކެރިލެއް މާލަސް. ތެ ވަޒީފާ ދިނީ ކެއްޔައް ކޮން ހައިސިއްޔަތަކުން. ތެމީހާ ނުންފެހޭ މިޅި ދިވެހި ރާއްޖެނަސް އިބްރާހިމް ސާލިހްގެ ރިޔާސީ ކެމްޕެއިނަށް ހެރަސް އެޑާއް މަގާމުގެ ބޭނުން ކޮށްގެން ފެނަކައިގެ މުއައްޒަފުން ބެނޑުވަގެން ގޮސް ޖެއްސުންކެރި މީހައްނެއް.
މާތްﷲ ގޮތެއްދައްކަވާނެ! މިހާރު ތިޔައީ މި ތިންމަސްތެރޭ ވަޒީފައިން ވަކިކުރި 216 ވަނަމީހާ! ދީންމަތީގައި ސާބިތުވެހުރުމާއި ދެކޮޅަށް ނުކިރުމާއި ، އެއްގޮތެއްގައި ހުރުމާއި ވަކީލުކުރުމާއި ، ދުޢާކުރުމާއި ، ރަގަޅުވުމަށް އެދުމުން ދެރަގޮތެއްނުވާނެ އިންޝާއަﷲ! އެމީހުން ބޭނުންވަނީ މަޖްލިސް އިންތިޚާބުގެ މެޖޯރިޓީނެގުމަށް މަގުސާފްކުރުން! ފުލުން ދުއްވާލާނީ މިފަހަރު! މީހުން މަޤާމުތަކުންވަކިކޮށް މޮޅުތަކެއްވާނޭކަމަށް ހީނުކުރާތި!
ތިކަހަލަ ކުޅިވަރު ނުހިނގާނެ ވެރިކަމެއް މިރާއްޖެއަކަށް ނާންނާނެ.
ރަނގަޅުވާނެކަމަށް ބަލައި ރައްޔިތުންވޯޓް ނުދީ ވޯޓް ވިއްކާ ސަބަބަކީ އެއީ.
ރަނގަޅަށް ކަންކަންކުރާނަމަ ރައްޔިތުން ވިސްނާފަ ވޯޓްދޭނީ ރަނގަޅުމީހާޔަށް.
ނަމަވެސް އިނސާފުން ބޭރުވާނެކަން ޔަގީންވީމާ ރައްޔިތުމީހާވެސް 500 ހޯދަނީ
މީނާ އަކީ ވަރައް ފުއްޕާފަ އުޅުން މީހެއް ޕީޕީއެމް ސަރުކާރުގައި
ބޮންޑެއަށް ދޭނެ ޖަވާބަކީ ޕީޕީއެމް ސަރުކާރުގެ މަގާމުތަކުގައި ތިބިމީހުން އެސަރުކާރުގައި ފުއްޕާއިގެން އުޅުނުގޮތަށް އެމްޑީޕީ ސަރުކާރުގެ މަގާމުގައި ތިބޭމީހުންވެސް މިހާރު އުޅޭނީ ފުއްޕާއިގެންތާ؟؟؟
ވަކި ކުލައަކަށް ވަކިޕާޓީއަކަށް ވަކިގިންތިޔަކަށް ނުބަލާ އެއްވެސްރައްޔިތަކަށް ވަޒީފާގެ ބިރުނުދައްކާ ސަރުކާރު ހިންގާނީ ހުރިހާ ރައްޔިތުންނަށް ވަޒީފާގެފުރުޞަތު ހަމަހަމަކުރަމުން ކަމަށް ވަޢުދުވަމުން އައި ސަރުކާރެކޯ،؟؟ ކިނބޫ ސަރުކާރުގެ ވަޢުދަކީ ރައްޔިތުން ބަނޑަށްޖައްސަން ދޮތެ؟؟!!!
މީގައި އެއްޗެހިކިޔާފަ ކޮމެންޓްކޮށްފައިވާ އެމްޑީޕީ ގުންޑާއިންނަށް ބުނެލަންޖެހެނީ ކަލޭމެން ރައީސު ޔާމީނު ކެމްޕެއިނަށް ހުރަސް ނައަޅަންހޭ ކޮބާހޭ އަންނީގެ ވެރިމަމުގަ މުދަލާއި ތަކެއްޗަށް ވެފައިވާހާ ޚިޔާނާތް؟؟ އެމްޑީޕީ ބައިގަނޑަށް އަބަދުވެސް ކަންތައް ފެންނާނީ އިދިކޮޅަށް، އެމީހުނަށް އެބަފެނޭތަ ރައީސު ޔާމީނު ކުޑަދުވަސްކޮޅެއްގެ ތެރެއިން ގައުމަށް ގެނެސްފައިވާ ތަރައްގީތައް،؟؟ ބުރިޖުމަތިން ދާއިރުވެސް ބުނަނީ ބުރިޖެއްނެތޭ ބައެއްމީހުންބުނަނީ އެއީ ކުރީޒަމާނުގަވެސްއޮތް ބުރިޖެކޯ މިއީ ތިޔަ ރީނދޫ ބައިގަނޑުގެ ޙާލަކީ!!!
ހުރިހާކަމެއް އެންމެމޮޅަށް ދެނެވޮޑިގަންނަވާފަރާތަކީ ﷲ މުފީދަށް ލިބިލެއްވީ އަނިޔާއެއް ތިއަނިޔާ
އަކީހަމައެކަނި މުފީދަށްލިބިލެއްވި އަނިޔާއެއްނޫން ތިއަނިޔާގަ އަންހެނުންނާ،ކުޑަދަރިފުޅުވެސް ހިމެނޭ
ނަމަވެސް ތިއަނިޔާލިބުމަށްމެދުވެރިވީ މުފީދުގެއަމަލުތައްހުރިގޮތުންކަމެއް ނޫނީ މިސަރުކާރުގެއަނިޔާ
ވެރިކަމުންކަން މޮޅަށްދެނެވޮޑިގެންވާނީ ﷲ ދެރަގޮތްގިނަފަހަރުލިބިގަންނަނީ ތިމާ އަމިއްލައަށް ﷲ
އެއްވެސް ފަރާތަކަށް ދެރަގޮތެއްމެދުވެރިއެއްނުކުރައްވާނެ ކޮންމެކަމަކީވެސް އިމްތިހާނެއްކަމުގައި
ބައްލަވާ