ކ. ތިލަފުށި ކައިރިން މުދާ ބަރުކޮށްގެން ދިޔަ ދޯންޏެއް ދިޔަވާތީ، އެމްއެންޑީއެފް މާލޭ އޭރިޔާ ކޯސްޓް ގާޑް ސްކޮޑްރަން އިން ހަރަކާތްތެރިވަމުން އެބަދެއެވެ.

ސިފައިން ވިދާޅުވީ ދިޔަވަމުންދާ ދޯންޏަކީ، ދިގުމިނުގައި 99 ފޫޓު ހުރި، "ހަމްދު" ނަމަކަށް ކިޔާ ދޯންޏެއްކަމަށެވެ.

މީގެއިތުރުންވެސް، ސިފައިން ވިދާޅުވީ މި ޙާދިސާގެ ރިޕޯޓު އެމްއެންޑީއެފް ކޯސްޓް ގާޑަށް ލިބިފައިވަނީ މިއަދު ހެނދުނު 10:58 ހާއިރުކަމަށެވެ.

އެހެންނަމަވެސް، މި ޙާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއްވިކަމެއް އަދި ދޯންޏަށް ގެއްލުމެއް ލިބިފައިވާކަން އެމްއެންޑީއެފް އިން ހާމަކުރައްވާފައި ނުވެއެވެ.