އެމްއާރުއެމް އިން މަޖިލީހަށް މެމްބަރުން ހޮވަނީ ވިޔަފާރި ކުރަން ނޫން ކަމަށް ރައީސް މައުމޫނު އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

މިފަހަރު މަޖިލީހަށް މައުމޫނުގެ ތާއީދާއިއެކު ވާދަ ކުރައްވާ ކެންޑިޑޭޓުންނާއި ބައްދަލު ކުރައްވައި ރައީސް މައުމޫނު ވިދާޅުވީ ބޭނުންވަނީ އެމްއާރުއެމްއަށް މެޖޯރިޓީ ހޯދުން ނޫން ކަމަށެވެ.

"އެމްއާރުއެމް އިން މަޖިލީހަށް މެމްބަރުން ހޮވަނީ ވިޔަފާރި ކުރަން ނޫން ބޭނުންވަނީ ރައްޔިތުންގެ ތާއިދު. ރައްޔިތުން އަޅުގަނޑުމެންނަށް ހިތްވަރު ދިނުން، އެއީ ރައްޔިތުންގެ މަޖިލީހަކީ ބާރުވެރި ތަނަކަށް ހެދުން" މައުމޫން ވިދާޅުވިއެވެ.

މައުމޫނު ވިދާޅުވީ މަޖލީހަށް މެމްބަރުން ހޮވަން އުޅެނީ އެބޭފުޅުން ވިޔަފާރި ކުރަން ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެއީ މެމްބަރުންނާއި ހަވާލު ކުރެވޭ އަމާނާތެއްކަން ރައީސް މައުމޫނު ފާހަގަ ކުރެއްވެވިއެވެ.

"މަޖިލީހަށް ވަޑައިގަންނަވާއިރު އަތުގައި އެއްވެސް ފައިސާއެއް ނުހުންނަ ބޭފުޅުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑެތި ވިޔަފާރިކޮށް މާލެއިން ބިން މިލްކު ކުރާ މަންޒަރު ދެކެން ބާރު ފެންނާނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން. އަޅުގަނޑުމެން މަސައްކަތް ކުރަނީ ކޮންމެހެން މަޖިލީހުގެ އަގުލަބިއްޔަތު ހޯދާކަށް ނޫން" ރައީސް މައުމޫނު ވިދާޅުވިއެވެ.

"އެއީކީ ނޫން އަޅުގަނޑުމެން ކުރަން މިއުޅޭ ކަމަކީ. އޭގެ ބަދަލުގައި އަޅުގަނޑުމެން ބޭނުންވަނީ ރައްޔިތުން ބާރުވެރިކުރަން" ރައީސް މައުމޫނު ވިދާޅުވިއެވެ.

ރައީސް މައުމޫނު ވިދާޅުވީ މިއީ އެއްގޮތަކަށްވެސް ދެކެން ބޭނުންވާ މަންޒަރެއް ނޫން ކަމަށާއި ކޮންމެ މެމްބަރަކީވެސް އަމާނާތްތެރިކަމާއި ތެދުވެރިކަމުގެ އިތުރަށް ނަޒާހާތްތެރި މީހަކަށް ވާން ޖެހޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. 3 ވަނަވިސް ނުން

    1-ކިހިނެއްތޯ މަޖްލިސްތެރެއިން ރައްޔިތުން ބާރުވެރި ކުރެބެނީ؟ މަނިކުފާނުގެ 30އަހަރު ވެރިކަމުގަ ބާރުވެރި ނުކުރެވުނު ބާރެއް މިހާރު ކޮންފެވޭނެ ގޮތަކާއި؟ މަނިކުފާނަން ނުކުރެވުނު ސަބަބު ބަޔާން ކޮންދެއްވާ!

  2. ޞަޙީފާ

    މައުމޫނު ހީނުކުރޭ މައުމޫނަކީ މާ މީހެއްކަމަށް އިގޭތޯ؟ ތިޔަ ނެރޭމީހުންނަށް މަޖްލިސްތެރެއިން ދެގޮނޑިވެސް ނުލިބޭނެ އިންޝާއަﷲ!

  3. ސާމިރާ

    މައުމޫން މިހުރީ ހަމަ ރަގަޅަންވެސް ހަމަ ބުއްދި ފިލާފައި މީނައަށް މިހާރު ކާކުތަ ވޯޓެއްދޭނީ

  4. ޖެނީ

    ރައްއިތުން ބާރުވެރިކުރާށޭ ކިޔާ އަނގަހޮޅުވަން ލަދުގަނޭތޯ ؟ ދަރިސޮރަށް ރަސްކަން ހޯދާދޭންޖެހޭކަން މާފަހުން ރޭކާލީ ސާއްލާ ބެއްޔާގަޑު

  5. ލައްޓި

    މާލެއިން ބިމާ އެއްޗެހި ގަންނަން ދަރިސޮރު މެދުވެރިކޮށް މެންބަރުންނަށް ރިޝްވަތު ދޭން އުޅުނީ ކާކުބާ؟

  6. އަދީބު

    އާއިލާގެ މެންބަރުން ކުރީސަފުގައި ބައިތިއްބައިގެން ތިއުޅުއްވަނީ ކޯއްޗެއް ހައްދަވަންތޯ؟ ކޮބާ ކަޅުފޮށި/ މަނިކުފާނުގެ ދިގު ތިރީސް އަހަރުގައި މަޖިލިހަށް މީހުން އިންތިޚާބު ކުރި ގޮތައްތޯ މިފަހަރުވެސް އިންތިޚާބު ކުރާނީ މައުމޫނަކީ މިހާރު ކަމުދާ މީހެއްނޫން ރައްޔިތުންގެ ސަޕޯޓެއްވެސް ނެތް