މާލެ ސަރަޙައްދުގައި އިތުރު 10 ސްކޫލު އަޅަން ނިންމި ވާހަކަ ނުދަންނަވާކަމަށާއި ވިދާޅުވީ، އެގޮތަށް އޮޑިޓުން ދެއްކި ވާހަކަކަމަށް، މިނިސްޓަރ އޮފް އެޑިއުކޭޝަން، ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި ރަސްމިއްޔާތެއްގައި، މާލެ ސަރަޙައްދުގައި އިތުރު 10 ސްކޫލު އަޅަން ޖެހޭކަމަށް ދޭހަވާފަދަ މޭރުމަކުން އެޑިއުކޭޝަން މިނިސްޓަރު ވާހަކަފުޅު ދެއްކެވިއިރު، އެވާހަކައަށް ވަނީ އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެފައެވެ. އަދި އެވާހަކަ ނުދަންނަވާކަމަށް ވިދާޅުވީވެސް، ފާޑުކިޔުން އަމާޒުވުމާ ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

"ރާއްޖޭގެ ސްކޫލުތައް އެއް ދަންފަޅިއަށް ބަދަލުކުރުމަށް ބޭނުންވާ ވަސީލަތްތައް ދެނެގަންނަން ހެދި އޮޑިޓް އިން ދެއްކި ގޮތުގައި މާލެ ސަރަޙައްދުގައި މިހާރު އެޅިފައިވާ ސްކޫލުތައް އެއް ދަންފަޅިއެއް ބަދަލު ކުރުމަށް އެސަރަޙައްދަށް އިތުރު ސްކޫލުތައް ބޭނުންވާކަމަށް ދައްކާ. އަޅުގަނޑުމެން ދެންނެވީ މާލެ ސަރަޙައްދުގައި އިތުރު 10 ސްކޫލު އަޅަން ނިންމި ވާހަކައެއް ނޫން. ދިރާސާތަކުން ދައްކާ ގޮތުގައި ސްކޫލެއް ފުރިހަމަ ގޮތުގައި ހިންގުމަށް ސްކޫލު ސައިޒު 800-1000 ގައި ބަހައްޓަން ޖެހޭ" ޑރ. އައިޝަތު ވިދާޅުވިއެވެ.

އެހެންނަމަވެސް، ރޭ މިނިސްޓަރު ވިދާޅުވީ މާލެ ސަރަހައްދުގައި އިތުރު ސުކޫލްތައް އަޅަން ނިންމާފައިވަނީ އެއްދަންފަޅިއަށް ބަދަލު ކުރަން ބޭނުންވާ ކުލާސް ރޫމްތަކާއި ވަސީލަތްތައް ނެތުމުގެ ސަބަބުން ކަމަށެވެ.

ހަމައެހެންމެ، މި ސްކޫލުތައް ފަރުމާ ކުރާނީ ދުނިޔޭގެ އެހެން ޤައުމުތަކުގައި އެއް ދަންފަޅިއަށް ޚާއްޞަ ސްކޫލުތައް ފަރުމާ ކުރާ ކޮންސެޕްޓަށްކަމަށާއި އަދި މަސައްކަތް ކުރިއަށް ގެންދާނީ ފަސް އަހަރަށް ބަހާލައިގެންކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މާލެ ސަރަޙައްދުގައި އަލަށް ގިނަ އަދަދެއްގެ ސްކޫލުތައް އަޅަން ނިންމިއިރު، މިއީ ރިޔާސީ އިންތިޚާބަށް ކޯލިޝަނުން އެކުލަވާލި މެނިފެސްޓޯއާ ޚިލާފު ކަމެއްވެސްމެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ބރ

    މިސަރުކާރުން ބާއްވާ އެކި އެކި ހަފްލާތަކުގައި ވާހަކަފުޅު ދައްކަވަނީ އަސްލު މީހުންތޯ ނުވަތަ ވައްތަރު މީހުންތޯ ބަލާނެ ކޮމިޓީއެއް އުފައްދަން ވެއްޖެ މިހާރު

  2. ޙފ

    ދެންކީކޭ ރޭގަ ޝަރުމާ ކިޔާ ބޭފުޅަކު އެވިދާޅުވީ... ދޮގު ހެދިޔަސް ބޮޑުވަރުތީ..

  3. މޫސާ

    އަދި ދިވެހި ބަހުން ދައްކާ ވާހަކަ ދިވެހި ބަހުން ތަރުޖަމާ ކުރެވޭނެ ގޮތްވެސް ހަދަަަަން ޖެހޭ!

  4. އަލީ

    މިސަރުކާރުން ބާއްވާ އެކި އެކި ހަފްލާތަކުގައި ވާހަކަފުޅު ދައްކަވަނީ އަސްލު މީހުންތޯ ނުވަތަ ވައްތަރު މީހުންތޯ ބަލާނެ ކޮމިޓީއެއް އުފައްދަން ވެއްޖެ މިހާރު

  5. ބެއްޔާ

    މިސަރުކާރުގެ ވެރިން ދައްކާވާހަކައިގެ ބުނާ އެއްޗެއް އެކަކަށްވެސް ނޭނގޭ. ދައްކާ މީހަކަށްވެސް ނޭނގޭ. ޚާއްޞަކޮށް މީޑިޔާތަކަށް ނޭނގޭ. މިވާގޮތެއް ބަލަން ކޮމެޓީއެއް ހަދަންފެނޭ. ބޮޑެތި މުސާރަދީފަ. ނޫނީ އެއްޗެއް ބޮއެގެންތަ ވާހަކަ ދައްކަންއަރަނީ. ރައްޔިތުނަށް ވާނުވާއެއް ނޭނގޭމިހާރު.

  6. މުގުރާން

    ހަމަހެއިގަ ނުތިއްބެވޭ ބޭފުޅުންވީމަ ވާގޮތް ކީއްކުރާނީ މިބޭފުޅުން ބިނާކުރާދަރިން ކޮންހާލެއްގަބާ ތިބޭނީ ؟ ދެން ކޮމެޓީރައިސް ތަރުޖަމާކުރާ ކޮމެޓީއެއް މާދަމާ އުފައްދަވާނެ؟ ކޮންމެގޮތެއް ވިޔަސް މިހާރު މިތިބެވެނީ ޖަޒީރާގަ

  7. ކިއުން

    ކީއްކުރާނީދޯ؟ ކިއޭ ނުކިއޭ އެއް ނޭގޭ މިއީ ވާވަރު ދެން ބުނާނީ ސޮރީ ދެނއ އޯކޭ

  8. މަންޖެ

    މަންޖޭ ތީކީ މައްސަލައެއް ނޫން އެޑިއުކޭޝަން މިނިސްޓްރީން ނޫސް ބަޔާނެއް ނެރެލީމަ އޯކޭ ވާނެ. މާރިޔާ ވެސް ހެދީ އެހެނެއްނު. އަޅާނުލާ ތީ އެވަރު ކަމެއްނޫން ދެން ރ. ކައިރީގަ ބުނެލާ ތަރުޖަމާ ކުރާ ކޮމިޓީގެ ނަމުގަ ކޮމިޓީ އެއް ހަދާށޭ. އޭރުން އެކަން ކޮށްދޭނެ ބަޔަކަށް ވަޒީފާ ވެސް ލިބުނީނު.

  9. ބޮޑުފޮށި

    ކުރީގެ ސަރުކާރުގެ އެޑިޔުކޭޝަން މިނިސްޓަރ ބުރުގާ ނާޅާ ވާހަކަ ރާޢްޖޭގެ ގިނަ ބަޔަކުދެއްކި އަޑު އިވުނު. މި ބޭފުޅާ މި ހުންނެވީ މޫނުބުރުގާ އަޅުއްވައިގެން ދެއްތޯ ! ވީމާ! ދަރިންގެ ނަމޫނާ ބޭފުޅަކަށް ހުންނަވާނަމަ އޮރިޔާންބުޑު ނިވާކުރަން ގޮވާލަން.

  10. ޖޮއްބެ

    ނަޝީދުވެސް ބޯންޖެހެއެކޭ ވިދާޅެއްނުވެއޭ، ވިދާޅުވީ ބޯމީހުން ބޯނެއޭ.

  11. ބޮއްބޮ

    މީނާ މިހުންނަވަނީ ނުފެންނަ ބުރުގާއެއް އަޅުއްވައިގެނޭ. އެހެންވީމާ ޝޭޚު އިލްޔާސްމެން، އިމްރާނުމެން، އިޔާޒުމެން އެއްޗެއް ނުބުނުއްވަނީ.