އއ. ވެލިދޫ އައިލޭންޑް ރިސޯޓްގައި 78 އަހަރުގެ ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މަރުވެފައިވަނީ އޮސްޓްރޭލިޔާގެ ފަތުރުވެރިއެއް ކަމަށާއި މަރުވެފައިވަނީ ފިރިހެނެއް ކަމަށެވެ. ފަތުރުވެރިޔާ މަރުވި ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 18:49 ގައި ކަމަށްވެސްފުލުހުން ވިދާޅުވިއެވެ.

ފަހަކަށް އައިސް ރިސޯޓްތަކުން ފަތުރުވެރިން މަރުވުންވަނީ އިތުރުވެފައެވެ. އަދި ކުއްލި މަރުތައްވެސް ފަހަކަށް އައިސްވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ރާއްޖޭގައި ގެނބިގެން ފަތުރުވެރިން މަރުވާ މިންވަރު އިތުރުވެފައި ވާތީ ބައިނަލްއަޤުވާމީ މީޑިއާތަކުގެ ސަމާލުކަމަށް ވެސް އެކަން ވަނީ އައިސްފައެވެ.

އެފަދަ ހާދިސާތައް މަދުކުރުމަށް ކަމާ ބެހޭ މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ފުލުހުންނާއި ޓްއަރިޒަމް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެފަދަ ހާދިސާތައް މަދުކުރަން ދައުލަތުގެ އިދާރާތަކުން މިހާތަނަށް މާބޮޑު މަސައްކަތެއް ކުރި ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަލީ

    ރިސޯޓްތަކުގައި މޫދަށްއެރިގެން މިހާގިނަ އަދަކަށް ގެސްޓުންމަރުވާއިރު ސަރުކާރުގެ ކަމާބެހޭފަރާތްތަކުން އެއްވެސް ފިޔަވަޅެއްއަޅާތަނެއްނުފެނެއެވެ. ކިތައްގެސްޓުންތޯ މިއަހަރުތެރޭގައި މަރުވެގެންއެދިޔައީ ރިސޯތަކަށްވެސް މާބޮޑުކަމަކަށްނުވޭ

  2. ރާފު

    މީ ވެރިކަމަކީ ދިވެހިރާއްޖެ އަށް އޮތް ނުރައްކަލެއް. ނުރައްކަލުގެ ރަގަބީލު އެ ޖަހަނީ. ވިސްނާ ފިކުރުކުރާ ބަޔަކަށް އިބުރަތެއް.

  3. ސަނާމުގު

    ! އަލީ ވަހީދޫ! މަނިކުފާނަށް ތިމަގާމަށް އާދެވުނީ އަހަންވެސް މިސަރުކާރަށް ވޯޓް ދީގެން! ނިކަން ގޮސް ވެލިދޫގެ ހާލަތު ބަލާލަބަލަ! އެންމެ 5 ދިވެހިން!

  4. ފުނަދޫ އޭޑީ

    ޔާމިނުސަރުކާރުގަނަމަ މިހާރު މުޅިދުނިޔެއައް އިއުލާނު ކޮއްފީސް ދިވެހިރާއްޖެ ނުރައްކާތަނެއްކަމައް ގެސްޓުންނައުމައް މުޅިދުނިޔޭގަ ގޮވަމުން ދުވީސް މިސަރުކާރުގަ ދުވާލަކު 2 މީހުން މަރުވިޔަސް އޯކޭ ތީހަމަ ފައްކާމުނާފިގެއް

    • ސިސް

      ބަލަގަ އިބޫ ކުރާނެ ކަމެއްތަ މީހުން މަރުވުމަކީ. ކުފުރު ވިޔަސް ބޮޑުވަރު. ކޮންމެ މީހެއްގެ އަޖަލު ހަމަ ވީމާ މަރުވާނޭ. ފުނަދޫ އޭޑީ ވެސް. ވަރަސް ސަލާން ރަށު ކުދިންނަށް