ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން، ނުވަ ރަށަކުން ގޯތި ދޫކުރުމަށް ހައުސިން މިނިސްޓްރީން ކުރި އިއުލާންތައް ބާތިލްކޮށް، ގޯތި ދޫކުރުން ކައުންސިލްތަކާ ހަވާލުކޮށްފިއެވެ.

ގޯތި ދޫކުރުމުގެ މަސައްކަތަކީ ރަށްރަށުގެ ކައުންސިލުން ކުރަންޖެހޭ މަސައްކަތަކަށްވާތީ، ގޯތި ދޫކުރުމަށް ކުރި އިއުލާން ބާތިލުކޮށް، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރުން ކުރި އިއުލާނެއްގައި ވިދާޅުވީ އައްޑޫ ސިޓީ، ހދ. ކުޅުދުއްފުށި، ދ. މީދޫ، ކ. މާފުށި، ލ.ގަން، ކ.ތުލުސްދޫ، ކ.ހިންމަފުށި، ގދ.ތިނަދޫ، ހދ.ހަނިމާދޫން ބިން ދޫކުރުން މިހާރު ރަށު ކައުންސިލުތަކާ ހަވާލުކޮށްފައިވާ ކަމަށެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރުން ކުރި އިއުލާނެއްގައި ގޯތި ދޫކުރުމުގެ އެންމެހާ މަސައްކަތް ކުރިއަށް ގެންދާނީ އެ ރަށެއްގެ ކައުންސިލުން ކަމަށް ވިދާޅުވެފައި ވެއެވެ.

ރިޔާސީ އިންތިހާބަށް ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ރައީސް ޔާމީންގެ ސަރުކާރުގެ ފަހުކޮޅު، ބައެއް ރަށްރަށުން ގޯތި ދޫކުރުމަށް ނިންމާފައި ވެއެވެ. ބައެއް ރަށްރަށުން ގޯތި ދޫކުރުމަށް އޭރުގެ ހައުސިން މިނިސްޓްރީން ނިންމާފައިވާތީ އާއި ގޯތި ދޫކުރުމުގައި ގެންގުޅޭ އުސޫލުގެ ސަބަބުން ރައީސް ޔާމީންގެ ސަރުކާރުގެ ނިޔަތާ މެދު ބައެއް ރަށު ކައުންސިލްތަކުން ޝައްކު އުފައްދާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ނަސް

    މާފުށިން ގޯތި ދޭނެ ކަމާމެދު މިހާރު ސައްކު

  2. ނަސް

    މީގެ ކުރިން މާފުށި ކައުންސިލުން ބުނި ގޯތި ދޭން ތައް ޔާރޭ، މިހާރު އެވާހަކަ ދައްކާ ވެސް ނުލާ.

  3. ސަލް

    މާފުށީ ކައުންސިލް ގައި ނެތް ހިންގުން ތެރި އެއް

  4. އަސް

    މާފުށި ކައުން ސިލް ގެ ރައީސް އަކީ އެއްވެސް ހިންގުން ތެރިކަމެއް ހުރި މީހެއް ނުން
    މާފުށި ރައްޔިތުން ނައް ޖެހި ފަ ހުރި ދުއްތުރާ އެއް

    • ޙފހފ

      ޢެހައިވަރުގެ މީހަކުން ހޮވޫކޭކުރާ

  5. ބިޑި

    މާފުށި ހުސްބިމުން މިހާރުން މިހާރަށް ގޯތި ދިނުމަށް ކައުންސިލް ގެ ރައީސް އަށް ގޮވާލަން.

  6. ޒިންދު ސާލިޙް

    ކޮބާ ރިނބުދޫ. ގޯތިދޫނުކުރާތާ 20 އަހަރަށްވުރެ ގިނަވީ. ހާތިމު އަންނިބެ އާ ބައްދަލުކޮއްގެން ކީއްތިކުރަނީ

  7. ސަންސިން

    ކޮބާ ކުމުންދޫއިން ގޯތި ދޫނުކުރޭތޯ.

  8. އިބް

    މާފުށީ ކައުންސިލް ގެ ރައީސް ވަނީ ގޯތި ދިނުމުގެ ކަންތަކުގަ ކޮރަޕްޓް ވެފަ.

  9. ޅޮލް

    ގާނޫނު އަސާސީގަ އޮތްގޮތަށް ކައުންސިލް ވެރިން ހޮވާފަ ތިއްބަސް ތިޔައީ ރައްޔިތުންގެ ތިޔަފަދަ ބޮޑެތި ހައްގުތަށް ހަވާލު ކުރަން ތަސައްރަފު ފުދޭބައެއްނޫނެވެ.

  10. ޑެއިލް

    ގދ. ތިނަދޫ ކައުންސިލުން ކުރިން ގޯތި ދޫކުރީ ގަނޑުކޮޅުގެ މެދަށް ދެހީރަސް ޖަހާފަ ޕާޓީގެ އެކްޓިވިސްޓންނަށް. ޙައްގުވެރިން ބާކީވީ. އަދިވެސްއޮތީ ހަމަ އެޕާޓީގެ ކައުންސިލެއް. މިފަހަރު އެހެން ނުވާނެކަމަށް އުއްމީދުކުރަން.

  11. ޖ މާން

    ގޯތި ދޭނެ ޖާގަ އެއް މާފުށީ ގަ ނެއް
    ވިިޔަފާރީ އުސޫލުން ދޭނެ ތަން ތަން ހުރީ

  12. ތަކުރު

    ޙެޔޮނުވާނެ ތިނަދޫ ކައުންސިލާ ތިކަން ހަވާލު ކުރާކަށް. ކޮންމެފަހަރަކު މަކަރުހަދައިހެން އެމީހުން ބޭނުންވާ ބަޔަކަށް ގޯތިދެނީ. މިފަހަރުވެސް ދެހީރަސް ތޯ.

  13. ޙިޔާލު

    ޚޮބާތޯވިލުފުށިން ދޫކުރަން ބުނި ގޯތިތައް