ސަޢޫދީ ޢަރަބިއްޔާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުފުޅުގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު، ސަޢުދީ އަރަބިއްޔާ އަށް މިއަދު ފުރާވަޑައިގަންނަވައިފިއެވެ.

ވަޒީރުކަމާ ހަވާލުވެވަޑައިގަތް ފަހު ޝާހިދު ވަނީ އިންޑިއާ، ޔޫއޭއީ، އެމެރިކާގެ އިތުރުން އިނގިރޭސިވިލާތަށް ދަތުރު ކުރައްވާފައެވެ.

ސައުދީއަށް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ ސެކެޓްރީ އާމިނަތު ޝައުނާ އާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކެޓްރީ އަހުމަދު ޝިއާންގެ އިތުރުން ޚާރިޖީ ވުޒާރާގެ ބައެއް އިސްބޭފުޅުން ބައިވެރިވެ ވަޑައިގަންނާވާފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތުދޭގޮތުގައި މި ދަތުރުފުޅުގައި ސަޢޫދީ ޢަރަބިއްޔާގެ ފޮރިން މިނިސްޓަރ ހިޒް އެކްސެލެންސީ ޑރ.އިބްރާހިމް ބިން ޢަބްދުލްއަޒީޒް އަލްއައްސަފް އާއި، ސަޢޫދީ ސަރުކާރުގެ އެހެނިހެން އިސްވެރިންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަައިވާ ކަމަށެވެ.

ސަޢޫދީ ޢަރަބިއްޔާއާ އާއި ދިވެހިރާއްޖެ ދެމެދު އޮތް ގާތް އަޚުވަންތަ ގުޅުން އިތުރަށް ހަރުދަނާކުރުމަށާއި، ދިވެހިރާއްޖޭގެ ތަރައްޤީއަށް ސަޢޫދީ ޢަރަބިއްޔާއަށް ވެދެވޭނެ އެހީތެރިކަމާ މެދު މި ދަތުރުފުޅުގައި މަޝްވަރާކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބުއްރާސްކުކުޅު

    ސައުނާ ވަރައް ބަލައިގެން އުޅޭތި. ޕްރީޕެއިޑެއްވެސް ހޭބަލި ކޮއްލާފަ ހުރި މީހެއް ސާހިދު އަކީ. އަބުރާބެހުމުގެ ގާނޫނުވަނީ އުވާލާފަ އެކަން ހަނދާންކޮއްދެން

  2. ކެޔޮޅު

    ސާހިދު ހާދަލާރިއެއް ތިޔަ ދައުލަތުގެ ބަޖެޱުން ބޭކާރުގޮތުގަ ހަރަދުކުރަނީ ،

  3. ހަސަނު

    ސައުދީ އިން ޔަމަނުގެ ރައްޔިތުން މަރަމުންދާއިރު ދިވެހިން ބޭނުމެއްނުވޭ ސައުދީގެ އެހީއެއް

    1
    1
  4. ހުސޭނުބޭ

    ދެން ބޭރުގައި ތެޅެތެޅެ ހަންވެގެން އައިސް މޮޅު ވާކައެއް ދެއްކީމާ އެއޮތީ މާ ކާމިޔާބު ދަތުރެއްކުރެވިފައި! އަދި މިކަލޭގެއަކަށް ކަމަކަށް ވާވަރުގެ ކަމެއް ނުކުރެވޭ!