މޫނު ބުރުގާ އަޅައިގެން ވަޒީފާއިން ވަކިކޮށްގެން ޝަކުވާ ހުށަހެޅި ހުރިހާ ޓީޗަރުންނަށް ވެސް މިހާރު ވަޒީފާ އިޔާދަކޮށް ދީފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ.އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި މިރޭ ވާހަކަ ދައްކަވަމުން މިނިސްޓަރު އާއިޝަތު ވިދާޅުވީ، މީހާ އަޅާ ހެދުމެއްގެ ސަބަބުން ނުވަތަ އެ މީހަކު ހުންނަ ގޮތަކުން، އެ މުވައްޒަފެއްގެ ވަޒީފާއިން ވަކިކުރުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށާއި މޫނު ބުރުގާ އަޅާތީ ވަޒީފާ ގެއްލުނު ހުރިހާ ޓީޗަރުންނަށް މިހާރު ވަޒީފާ ހަމަޖައްސައިދީފައި ވާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް އައި އެފަދަ މައްސަލަތައް މިހާރު ވަނީ ހައްލުކޮށް، އެބޭފުޅުންނަށް ވަޒީފާ އިޔާދަ ކޮށްދީފައި. އަދި އިތުރަށް މޫނު ބުރުގާ އަޅައިގެން ވަޒީފާތަކަށް ވަންނަ ބެނުންވާ ފަރާތްތަކަށް އެކަންތައް ހަމަޖައްސައި ދީފައި ވަނީ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ އައިޝަތު އިތުރަށް ވިދާޅުވީ މިހާރު މޫނު ބުރުގާ އަޅާ ފަރާތްތަކަށް ވެސް ސްކޫލްތަކުން ވަޒީފާ ލިބޭނެ ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލެއް ނުކުރަން މީހާ އަޅާ ހެދުމެއްގެ ސަބަބުން ނުވަތަ މީހާ ހުންނަ ގޮތަކުން އޭނާގެ ވަޒީފާ ގެއްލިގެން ދާނެ ކަމަކަށް. މޫނު ބުރުގާ އަޅައިގެން ހުއްޓަސް، މޫނު ބުރުގާ ނާޅާ ހުއްޓަސް ވެސް އަޅުގަނޑުމެން ސްކޫލުތަކުން ވަޒީފާ ލިބޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް މޫނު ބުރުގާ އަޅައިގެން ކިޔަވައި ދެމުން އަންނަ ޓީޗަރުންނަށް މިނިސްޓްރީން ޝަރުތެއް ކަނޑައަޅާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ކޮންޑިޝަނެއް އޮވޭ. އެ ކޮންޑިޝަނަކީ ދަރިވަރަށް އެނގެން ވާނެއޭ ކާކުކަން ކިޔަވައިދެނީ. އެއީ ކިޔަވައިދޭނީ އަނގައިން މިދައްކާ ވާހަކަ އެކަންޏެއް ނޫން. މީހާގެ ފޭޝަލް އެކްސްޕްރެޝަންއާއި އޮންވާބަލް ބިހޭވިއާ، އެއީ ވަރަށް މުހިންމު އެއްޗެއް ދަރިވަރުންނަށް އެއްޗެއް އަންގައިދިނުމަށް. އެގޮތަށް ވަޑައިގަންނަވާ މުދައްރިސުން ވެސް ހަމަ ގަބޫލު. މުދައްރިސުން ކަމަށްވާތީ އެބޭފުޅުންނަށް ވެސް އެނގިލައްވާ އަޅުގަނޑުމެން މިދައްކަނީ ރަނގަޅު ވާހަކަކަން. އެކަމަކު އަޅުގަނޑުމެން އެބޭފުޅުންނަށް އިންތިޒާމެއް އެބަ ހަމަޖައްސައިދެން މިގޮތަށް ކިޔަވައިދޭން،" މިނިސްޓަރު ވިދާޅުވިއެވެ.

މޫނު ބުރުގާ އަޅާ ޓީޗަރުންނަށް ވަޒީފާ ގެއްލުނީ ސިވިލް ސާވިސްގެ ވަޒިފާ އަދާކުރާ މީހުންނަކީ ކާކުކަން އެނގެން ޖެހޭނެ ކަމަށް ބުނާ މާއްދާއެއް ސިވިލް ސާވިސްގެ ޤަވައިދުގައި އޮންނާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އިބްރާ

    އެމްޑީޕީންވެސް ތިޔަކުރީ ރަނގަޅހުކަމެއް. ބަލައިގެންފިން. ތިކަންތަށްވެސް ކުރީ ކޮންމެހެން އިސްލާމްދީނަށް ލޯބިކުރާތީއެއްނޫން ދޮގެއްތޯ؟

  2. ައަލިބެ

    ތީތި ކަމަކު ނުދޭ މަގޭކުއްޖަކު ނުފޮނުވާނަން

  3. ގާސިމް

    ބަލަ ކަމަނާ ތިކުރެއްވީ ސިވިލް ސާވިސްގެ ގަވައިދާ ހިލާފް ކަމެއްނޫންތޯ. އޮނިގަނޑުގަ އެހެން އޮއްވަ ވަޒީފާ ދިނުމަހީ ގާނޫނީ ކުށަކައް ނުވާނެތޯ؟ ވީމާ ވަޒީފާތަކައް ތިވައްދަނީ ބޭނުން ބަޔަކުކަން ތި އިއުތިރާފްވީ.

  4. ދދދދދދ

    އާނިޔާ ދައްތަ އާއި ކޯބުރާ ބޭބެ ވަރަށް ރުޅި އަންނާނެ ތިކަމާ.

  5. ފަނާ

    އެހެނވެގެންދޯ އޮނިގަނޑަށް އައި ބަދަލޭ ކިޔާފަ ސިވިލްސަރވިސް ކޮމިޝަންގެ މީހަކުވެސް ވަކިކުރީ. ތިހިރީ އޯގަތެރިކަން ހުރިވަރު. އެތައް އަހަރެއްވަންދެން އިޚުލާސްތެރިކަމާއެކު ޚިދުމަތްކުރަމުން އަންނަމީހުންނަށް ހަދާލާގޮތް ތިހިރީ އޯގާތެރިކަމުން. ވިސްނާ ފިކުރުކުރާތި! މިހާރުވެސް ދުވާލަކު އެތައް ރައްޔިތުންނެއް ވަޒީފާއިން ވަކިކުރޭ.

  6. ތުނބުޅި

    ޓެރަރިޒަމް ހުއްޓުވާ ވާހަކަ ދައްކާނެ. އެކަމަކު ޓެރަރިޒަމަށް އެބަ ހިތްވަރު ދޭ. އަދި އެއަށް ވުރެން ނުރައްކަލީ ކުޑަ ދަރީން ޓެރަރިސްޓުންނަށް އިހްތިރާމްކޮށް ބަލައިގަންނަން ދަސްކޮށްދެވޭކަން. ތިޔަށްވުރެން ބޮޑަށް ރާއްޖެ ހައްދުފަހަނަޅުވާނެ ކަމެއް ނޯންނާނެ.

    • ކިޔާ

      މުސްލިމަކު މޫނުބުރުގާ އެޅީމަ އަދި ތުނބުޅި ބެހެއްޓީމަ އެވީ ހައްދު ފަހަނައެޅި ޓެރަރިސްޓަކަށް.ތިމީހުންނަށް ނުފެނޭތަ ހުޅަނގުގެ ގައުމުތަކުގައާއި އެމެރިކާފަދަ ގައުމުތަކުގަ މުޒާހަރާކުރާއިރުވެސް އާންމުންގެ މީހުން އެތިބެނީ މާސްކުއަޅައިގެން މުޅި މޫނު ފޮރުވައިގެން ކާކުކަން ނޭނގޭގޮތައް.އެތަންތަނުގަ މީހުންމެެރުންފަދަ ކުށްތައް ކުރާއިރުވެސް ތިބެނީ އެގޮތަށް.މިކަން އެމީހުންކުރީމަ ޓެރަރިސްޓަކަށް ނުވޭ.އެހަމަ އޯކޭ..މައްސަލަ އަކަށްވަނީ މުސްލިމަކު އެފަދަ އަމަލެއް ނުކުރިޔަސް މޫނުބުރުގާ އެޅީމަ އަދި ތުނބުޅި ބެހެއްޓީމަ.މިދީނުގެ އަދާވާތްތެރިން ކިތަންމެވަރަކަށް އިސްލާމީ ހިދާޔަތުގެ ނޫރު ފޮހެލަން އުޅުނަކަސް ތިކަމެއް ނުވާނެ.ތިހެން ބުރަމަސައްކަތްތައް ކެނޑިނޭޅި ކޮށްކޮށްތިއްބާ މިދީން އެދަނީ ކުރިއަރަމުން..މިދީނަށް ވަންނަ މީހުންގެ އަދަދު ވަނީ ގިނަ..ތިމާމެންނަށް ވާވަރުގެ ކަންތައްތަކާ އުޅެބަލަ..

  7. ހޭލުން

    އަންހެނާގެ އައުރަަކަމަށް އެގިފައިވަނީ މޫނާ،ދެއަތްތިލަނޫން ހުރިހާތަނެއް ވީމާ ކުޑަކުދިންނަށް
    ފިލާވަޅުނަންގަވަން ކިލާހަށްވަޑައިގަންނަވާއިރު ކާކުކަންނޭގޭގޮތަށް މޫނުނިވާކުރުމުގެ ބޭނުމެއް
    ނުވިސްނޭ ސިވިލްސާރވިސްގެ ގަވާއިދާޚިލާފްވުމުން ގަވާޢިދާޚިލާފްވާ ފަރާތަކަށް ސަރުކާރުން
    އެއްބާރުލެއްވުންދެއްވަންޖެހޭނެތޯ މިއީ އުފެދޭސުވާލެއް ދީނާޚިލާފުނުވާހިދު އެއްވެސްކަމެއްގައި
    ހައްދުފަހަނައަޅައިދިއުންއެއީ ދީނީގޮތުން ރަގަޅުކަމެއްނޫން ކާކުކަންއެގޭގޮތަށް ނޭގިހުރެގެން
    ބޮޑެތިގެއްލުންތައްދީފައިވޭ މޫނުބުރުގާ އަޅުއްވާހުރިހާ ކަނބަލުންނަކީ ގެއްލުންދެއްވާނެ ކަނބަލުންނެތްނޫން ނަމަވެސް ދީނާޚިލާފުނުވާހިނދު ގަވާއިދާޚިލާފުވުން ރަގަޅެއްނޫން އިއްފަތްތެރިވެ އައުރަނިވާކުރުމަކީ ރަގަޅުކަމެއް އިސްލާމްދީން ބާރުއަޅުއްވާކަމެއް ހުރިހާކަމެއް
    ގައިވެސް ދީނުގައިއަންގަވާފައިވާގޮތަށް އުޅުއްވުމަކި ރަގަޅުކަމެއް ހަމައެކަނި މޫނުބުރުގާ
    އެޅުއްވުމަކުންނުފުދޭނެ

  8. ނާސިރު

    މިރާއްޖޭގެ ކަމެއް ރަނގަޅުވެ އެގޮތުގައި ކުރިއަރާދާނެ ގޮތެއް ނުވަނީ މިކަހަަލަ ކަންކަން މިގޮތައް ކުރީމައެވެ. މޫނު ބުރުގާ އަޅައިގެން ޓީޗަރ ތިބުމަކީ އެއްގޮތަކަށްވެސް ކަމުދާ ކަމެއް ނޫން. އެކަމުން ނުކުނުްނާނީ ނުބައެއް. ވާނެ ފައިދާއެއް ނޮއޮންނާނެ. ހަމަ ކުރީ ސަރުކާރުން ކޮށްފައިވާ ކަމެއް ވީމާ އަނެއް ގޮތަކަށް މިސަރުކާރުން ކޮށްލީ. ތިކަމުގެ ބަލާ އަނެއްކާ ބޮޑުވެގަތީމާ އަނެއްކާ މަނާ ކޮށް ހުއްޓުވަން އައިޝަތު އަލީ އުޅެންވީމާ ތޯ ފަސޭހަ ވާނީ