މިރޭ ސެނެހިޔާ ކައިރީ، އެކްސިޑެންޓް ހިނގި މަންޒަރު ފެނުނު ފަރާތްތަށް މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން އެދިއްޖެއެވެ.

ފުލުހުން މިރޭ ވިދާޅުވީ، ސެނެހިޔާ ކައިރީ ޒިބްރާ ކްެރޮސްއިން ދެ މީހުން ހުރަސް ކުރި ވަގުތު، މަޑުނުކޮށް ދުއްވާފައި ކާރެއް ދިއުމުގެ ސަބަބުން ކާރުން އެތަނުގެ އެކަކުގެ ގައިގާ ޖެހި ވެއްޓެންދިޔަ ވަގުތު ދެން ހުރި މީހާގެ ގައިގާ ޖެހި ބިންމައްޗަށް ވެއްޓި ޒިބްރާ ކްރޮސް އަރިމަތީ ހުރި ރަބަރު ގަނޑެއްގައި ޖެހި އެ މީހާގެ ހާލު ސީރިއަސް ކަމަށެވެ.

އަދި އެ މީހާއަށް އޭޑީކޭގެ އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށެވެ.

ފުލުހުން ވިދާޅުވީ، މި ހާދިސާގެ މަންޒަރު ދުށް ފަރާތެއް ވާނަމަ، ޓްރެފިކް ޕޮލިސްގެ ނަމްބަރ 9660183 އަށް ގުޅުއްވާ ފުލުހުންނާއި އެކަން ހިއްސާ ކުރުމަަށް އެދޭ ކަމަށެވެ. އަދި މީގެ އިތުރުން 3322111 އަށް ގުޅުއްވާ މައުލޫމާތު ހިއްސާކުރެއްވުމަށް ވަނީ އެދިފައެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ މިރޭ 18:24 ހާާއިރުއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މޯދީ

    ކޮބައިތަ ކަލޭމެން ހަރުކޮއްފަ ހުރި ކެމެރާތައް

  2. ޜަނާ

    ޢެހިސާބުގަނޑުގަ ކެމެރާ ހަރުކޮށްފަ ނުހުރޭބާ

  3. ކެމެރާ

    ކޮބާ ހަރުކޮށްފައި ހުރި ކެމަރާގެ ބޭނުމެއް ނުހިފޭދޯ، މިއީ ސިޔާސި ފިކުރެއްގައިޖެހި ކޮމެންޓެއްނޫން،، އަޅުގަނޑަކީ މިސަރުކާރަށް ތާއިދުކުރާ ބޭފުޅެއް އިގޭތޯ...

  4. ޙާމިދު

    މި ސަރުކާރާ ދެކޮޅަށް ކޮމެންޓެއް ކޮއްލަންވެސް މި ތިބެނީ ބިރުން

  5. ސުވާލު

    ކެމެރާ ހަރުކޮށްފަ ނެތީބާ؟
    ނެތް ނަމަ ހަރުކޮށްފަ ނެތީ ކީއްވެބާ؟؟
    ކެމެރާ ހަރުކޮށްފަ ހުރިނަމަ ހަމަ އެކަނި ރީއްޗަކަށް ހަރުކޮށްފަ ހުރި އެއްޗެއްބާ؟؟؟