ޗެކް ބައުންސް މައްސަލައެއްގައި އަންހެނަކު ހޯދަން ފުލުހުން މިއަދު އިއުލާންކޮށްފިއެވެ.

ފުލުހުންގެ ވެބްސައިޓްގައި ވިދާޅުވީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙްޤީޤް ކުރަމުންދާ ޗެކް ބައުންސްގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ގެންދާ ކަމަށެވެ.

މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ލ.ކަލައިދޫ / ހުޅަގުގެ, މަރްޔަމް ޝަމޫނާ (29އ) ކަމަށް ފުލުހުން ވިދާޅުވިއެވެ.

މަރްޔަމް ޝަމޫނާ އާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަމްބަރު 9631696 އަށް ގުޅުއްވައި ޙިއްސާކުރެއްވުމަށް ފުލުހުން ވިދާޅުވިއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށް ވެސް ފުލުހުންގެ ވެބްސައިޓްގައި ފުލުހުން ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކޮރަލް

    ޑްރަގް އާއެކު ހައްޔަރު ކުރީމަވެސަ ފޮޓޯ ނުޖަހައެވެ.

  2. އލ

    ތިވަރުގެ ކަމެއްގައި އިންސާނަކު ފަޟީހަތްކުރުން ރަނގަޅުބާ! ތިޔަ ކަމަށް ތުރެން މާ ހުތުރު އަމަލު ކުރާ މީސްމީހުންގެ ނަންތައްވެސް ފޮޓޯއާއި އެކު އާއްމު ނުކުރޭ!
    މިސާލު ޒިނޭ ކުރިކަމަށް ކުށް ސާބިތުވާ މީސްމީހުން...

  3. ދަތްދޫނި

    ވ ރަގަލު ނިންމުމެއް. ޗެކް އެކަންޏެއްނޫން ޤާނޫތަކާއި ޙިލާފުވާ ހުރިހާ ފަރާތް ތައް ރައްޔިތުންނަށް އާއްމުކުރަން ޖެހޭނެ. ތިގޮތައް އަމަލު ނުކޮށެއް މި ޤައުމެއް އިސްލާޙު އެއް ނުވާނެ. ފުޅުހުންނަށް މަމެން ރައްޔިތުން ސެލިއުޓު ކުރަން.

  4. ޑަމް

    ބެންކުން ދަަދިފަހުން ދެމަފިރިންވެގެން ހިންގަާލި ބޮޑުޖަރީމާގަ ވެސް ފޮޓޯނުޖަހާ ނިކަމެތިން ވީިމަ ނިކަމެތި ކޮށްލަނީ