ޗައިނާއިން ގައުމުތަކުގެ މާލީ ހާލަތާއި ނުބައްދަލު ލޯނު ދިނުމަށްފަހު ގައުމުތަކުގެ މިނިވަންކަމަށް ބާރު ފޯރުވާފައިވާ ކަމަށާއި ރާއްޖެއަށް ދީފައިވާ ފައިސާ ތަކުން ރާއްޖެއަށް ލިބޭ ގެއްލުން ބޮޑުވާނެކަމަށް ކުރީ ރައީސް ނަޝީދު ވިދާޅުވި ވިދާޅުވުމަށް ރައީސް ޔާމީންގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ރައްދުދެއްވައިފިއެވެ.

ޗައިނާ އާއި ރާއްޖެ އާއި ދެމެދު ގާއިމް ކުރެވުނު މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކުގައި ރައީސް ޔާމީން ސަރުކާރުގައި ސޮއި ކުރެއްވި ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ
ޗައިނާއިން ރާއްޖޭގެ ތަރައްޤީއަށް ބޮޑެތި ލޯނު ނެގީ އަނބުރާ ދެއްކޭނެތީ އާއި ނާށިގަނޑު ހިފައިގެން ސަލާން ޖެހުމުގެ ސަގާފަތާއި ދުރަށް ދިއުމަށްކަމަށެވެ.

"ރާއްޖޭގެ ތަރައްޤީއަށް ބޮޑެތި ލޯނުތައް ނެގީ އަނބުރާ ދެއްކޭނެތީ ޗައިނާ އާއި އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން ގާއިމް ކުރެވުމަކީ ނާށިގަނޑު ހިފައިގެން ސަލާން ޖެހުމުގެ ސަގާފަތާއި ދުރަށް ދިއުމަށް އެޅުނު މުހިއްމު ފިޔަވަޅެއް" ސައީދު ވިދާޅުވިއެވެ.

އިއްޔެ އިންޑިއާއަށް ފުރާވަޑައިގެންނެވުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ޗައިނާއިން ގައުމުތަކުގެ މާލީ ހާލަތާއި ނުބައްދަލު ލޯނު ދިނުމަށްފަހު ގައުމުތަކުގެ މިނިވަންކަމަށް ބާރު ފޯރުވާފައިވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ ރާއްޖެއަށް ދީފައިވާ ފައިސާ ތަކުން ރާއްޖެއަށް ލިބޭ ގެއްލުން ބޮޑުވާނެކަމަށާއި ރައީސް ޔާމިންގެ ސަރުކާރުން ރާއްޖެއަށް ހޯދި ޗައިނާގެ ބޮޑެތި އެހީތަކަކީ ރާއްޖެ މިނިވަން ކަމާއި އިސްތިގުލާލު ގެއްލިގެންދާ ފަދަ ކަންތައްތަކެއް ކަމަށެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ ރައްޔިތުން ރައީސް ޔާމީންގެ ވެރިކަން ބަދަލު ކުރީ، ރާއްޖޭގެ މިނިވަންކަން ގެއްލޭ ފައްތަރަކަށް ރައީސް ޔާމީންގެ ސަރުކާރުން ރާއްޖެ ގެންދިއުމުން އެކަމާ ކަންބޮޑުވެ ކެތްތެރިކަން ކޮޅުންލައިގެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. މަހުމޫދު

    ނަޝިދަކީ އަމިއްލަ ފައިދާއަށް ގައުމު ވިއްކާ މީހެއް! ޖީއެމްއާރއަށް އެއަރޕޯޓް ވިއްކާލީ ފައިސާގަޑު ކައްވައި ލާނެގޮތެއް ނުވިސްނިގެން މިއަދާ ހަމައަށް ޖީއެމްއާރގެ އަތްދަށުގައި އެއަރޕޯޓް އޮތްނަމަ ގެއްލުންވެ ފައިދާ ލިބުނީ ކޮންބަޔަކަށް ކަން އެގުނީސް! މަރުމޯލުންނަށް ސަރުކާރު ހިންގަން އެގޭނެތަ! ހަދާނެނަހަދާނެ ގޮތެއް ނުވިސްނިގެން ގައުމުގެ ބޮޑެތި ކުންފުނިތައް ވިއްކީ ތިޔަމަރުމޯލު ކަލެޔަށް ހީވޭތަ ބުރިޖު އެޅުނުހެން ކަލެޔަށް ހީވޭތަ ހުޅުމާލޭ ފޭސް ޓޫ ހިއްކުނުހެން ފުލެޓް މަރުމޯލަށް އިގޭތަ ފުލެޓް އެޅުނުހެން މިސަރަހައްދުގައި އޮތް އެންމެބޮޑު ތެއުޓޭންކަރ މިސަރަހައްދުގައި އޮތް އެންމެ ބޮޑު ކޮންނަބޯއްޓް އޮތީވެސް ރާއްޖޭގައި

  2. އަލްޖިބްރާ

    ޗައިނާއިން ލޯނު ނެގީމާ ނާށިގަޑު ހިފައިގެން ދުވީކަމަށް ނުވަނީ އެއީ ސައީދުގެ ފައިސާތަ ؟ ނުވަތަ ދިވެހިން ރައްކާކުރަން ޗައިނާއާއި ހަވާލު ކޮށްފާހުރި އެއްޗެއްތަ ؟ ތަންދޮރު އޮޅުން ނުފިލާ މީހުން އަގަފުޅާ ނުކޮށް ތިބިއްޔާ ވާ ބޭޒާރު ތަންފުކެއް ކުޑަވާނެ !

  3. ކާނަލް ޖޯޝީ

    ޢިންޑިޔާ ކުރަނީއަޅުވެތިއެއްނޫންތަ ތިމާޔައް އިންޑިޔާ ސަރުކާރުން އެޙީދޭތީވެ އިންޑިއާވަރުގެ ރަނަގަޅު ބައެއްނެއްނެއްކަމައް ބަޔަކައް ދައްކަން އުޅުނަސް އެކަމެއް ނުވާނެ މިވީދިގު ތާރީހުގަ އިންޑިއާއިން ކުރިކަމެއްނެއް ހުރިހާކަމަކައް ފުދޭނެ މިސާލެއް އައިޖީމް ހޮސްޕިޓަލަކީ އަޅުވެތިކަމައްވެސް އެކުވެރިކަމަވެސް ހެދިފަހުރި ފެންވަރައް ވެސް އިންޑި ޑރ ހިދުމަތައްވެސް

  4. ވިސްނާ

    ނާށިގަނޑު ހިފައިގެން ސަލާންޖެހުމަށްވުރެ ރަގަޅީ އަބުުރުވެރީ ލޯނުނެގުން ނަޝީދަށް ކަމުދަނީ
    ކަންނޭގެ ނާށިގަނޑުހިފައިގެން ރައްޔިތުން ސަލާންޖެހުން

  5. ގެރި ބޯ

    ރައްޔިތުންނެއްނޫން ޔާމީނުގެ ވެރިކަން ބަދަލުކުރީ، ފަހުން އަދި އެވާހަކަ ތިއަނގައިން ކިޔާދޭ އަޑު އަހަރުމެން އަހާނަން! މިވެރިކަން އަދި އިންޑިޔާއިން ވައްޓާލާތަން އަހަރުމެން ބަލާންމިތިބީ!

  6. Anonymous

    ޙާމާަ ރާނގާްޅުވާަހަކަެއެޢް!!!!!!!

  7. ފލހނ

    ލޯނުނެގެމާ އިދިކޮޅަށް ވާހަކަދައްކަމުންއާ ސަރުކާރު ވެރިކަމާހަވާލުވެ ދެވަނަދުވަހު އިންޑިޔާއިން 1ބިލިއަން ޑޮލަރުގެ ބޮޑުލޯނެއް ނަގައި ނުވިތާކަށް އެމީހުންދެއްކިހާ ޑޮކިއުމެންޓެއްގައި ޑިފެންސް މިނިނސްޓަރު ބަލާލުމެއްނެތި ސޮއިކުރެވުނީމާ އެޖެހުނީ ޖަޒީރާވަންތަ އިގްތިސާދީ މިނިވަން އިސްލާމީ ގައުމެއްގެސިފަތޯ؟ ލޮބުވެތިވި ދިވެހިސިފައިނަށް މިއަދުމިޖެހެނީ އެމީހުންކައިރީ ސްޓްރެޗަރ އުފުލާދިނުމާއި އެމީހުންނަށް ސެލިއުޓްކުރުން، މިއީ މިއަދު ހުރިހާދިވެހި ރައްޔިތުންގެ ކުރިމަތީ ފުލުހުންނާއި ސިފައިނަށް މަލާމާތްކުރުންފިޔަވައި ދެންކޮންކަމެއްތޯ؟، މިއަދުގެހަގީގަތަކީ ފުރިހަމަ މިނިވަންދިވެހިރާއްޖެެއެއްނެތްކަން އަދިިކުރިއަށްއޮތީ މިނިވަންކަމުގެ ކަޅު އަނދިރި ދުވަސްތަކެއްކަން.

  8. އިދުރީހު

    މިގައުމުގެ މިނިވަންކަން ނަގާލަން ކަލެއާއި ކަލޭގެ އާއިލާ ކުރިވަރުގެ މަސައްކަތެއް ކުރި އެހެންބަޔަކުނޫޅެނެ މިހާރުވެސް އިންޑިއާ އާއި ގުޅިގެން އެޖަރީމާ ހިންގަން މަސައްކަތް ކުރަމުން ތިދަނީ އެކަންއޮއްބަން އެހެންމީހުންގެ ބޮލުގަބަދުނާމު އަޅުވަމުން ތިދުވަނީ ކަލޭތީ ލާދީނީ މީހެއް

  9. އޭ ނަޝީދޫ

    ވާ ވާ ... ނަޝީދު ބުނި ޗައިނާ އިން ސިފައިން އާދެއޭ އެބަ. އެކަމު ކަންވީ ދިމާ އިދިކޮޅަށް. ސިފައިން އައީ އިންޑިޔާއިން. ނަޝީދޫ ކަލޭ ރައީސް ޔާމީން ބޮލަށް ކަނޑާލި ހުރިހާ ކަމެއް ކަލޭ ތިޔަދަނީ ކުރަމުން. އެކަމު ކަލޭ ރަޢީސް ޔާމީން ބޭޒާރުކުރަނީ... ކަން ކުރަނީ ކަލޭގެ. ހަމަ ކަލޭގެ ނަޝީދޫ.

  10. ގޮހޮރު

    ޢަންނީި..،، އައްޗީޑި... ކަލޭމެންގެ ސަރުކާރުގަ ތިޔަ ފައިސާ ނަގަނީ ވަޅަކުންތަ؟؟ ޤައުމް ހިންގަން ނޭނގިގެންގޮސް އިންޑިޔާގައި ރޮއި ހޭރި އިންޑިޔާ ބޭނުންވި ހުރިހާ ހޮތަކަށް އެއްބސްވެގެން ތިޔަ އަތުލަނީ ރަންތަ މިހިރަ ބީތާ!! ޤައުމްގެ ސިފައިން މިހާރު އެތިބަ ބާކީ ވަނީ..އިންޑިޔާ މީހުންނަށް ސެލިއުޓް ކޮށް އިންޑިޔާ މީހުންގެ ކޮމާންޑް ދަށުގައި މިގާއުމްގައި މަސައްކަތް ކުރަން ޖެހުނީމަ މި ދިވެހި ގައުމް އޮތީ ކޮންބައެއްގެ އަތްދަށުގަ ކަން އެނބަ އެގޭ އަހަރުމެންނަށް . ޙަމައިގަ ނުހުންނަ ބީތާ އަކަށް ނޭގުނަސް. ޢިރާދަ ކުރެއްވިޔާ މިސާރުކާރު ވެއްޓޭނީ ތި ސަބަބާހެދި ރައްޔިތުން ނުކުމެ.

    6
    1
  11. ދެރަކަލޯ

    ސައީދު ބުނެދީބަލަ ލޯނާ ނާށިގަނޑުގެ ތަފާތު