ހިޔާ މަޝްރޫޢާއި އެނޫންވެސް ގެދޮރުވެރިކަމުގެ މަޝްރޫޢުތަކުގައި އެކި ފަރާތްތަކަށް ފްލެޓް ލިބިފައިވާ ގޮތް ބެލުމަށްޓަކައި، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އަންނަ ހަފްތާ ތެރޭގައި ހުޅުވާލާނެކަމަށް، ފްލެޓް ދިން ގޮތް ބެލުމަށް ރައީސް އުފެއްދެވި ކޮމިޓީން ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ކޮމިޓީގެ މެންބަރު އަހުމަދު ތޮލާލް ވިދާޅުވީ ޝަކުވާ ހުށަހެޅުމުން، ފްލެޓް ދިން ފަރާތްތަކުގެ ޝަރުތު ހަމަވޭތޯ ނުވަތަ ނޫންތޯ އެނގޭނެކަމަށެވެ. ހަމައެހެންމެ، މިންގަނޑުތަކުގެ ތެރެއިން ޝަކުވާ ތަކާ ގުޅިގެން ފޯމުތައް ބެލުމުން ފްލެޓް ދިނީ ހައްގުވާ ފަރާތަކަށްތޯ ނުވަތަ ނޫންތޯވެސް އެނގިގެންދާނެކަމަށެވެ.

"މި އަންނަ ހަފްތާގައި އެބަ ހުޅުވާލަން އާއްމުންނަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު. އޭގެ މާނައަކީ މިހާރު އަޅުގަނޑުމެން މި ބަލާ ގޮތުން އެނގޭނީ މިސާލަކަށް މީހަކު ޝަރުތު ހަމަވޭތޯ ނޫންތޯ. މި ބަލާ މިންގަނޑުތަކުގެ ތެރެއިން. އެހެންނަމަވެސް، ޝަކުވާ ހުށަހެޅިގެން އެ ޓްރައިންގިއުލޭޓް ކުރެވުނީމާ އަޅުގަނޑުމެންނަށް ފުދޭވަރެއްގެ ޔަގީންކަމާއެކީ ބުނަން އެނގޭނެ މިސާލަކަށް މިވެނި ފަރާތަކަށް ހައްގެއް ނޫނޭ ނުވަތަ ހައްގުވާ ފަރާތެކޭ، ޝަކުވާ ހުށަހަޅާއިރު އަޅުގަނޑުމެން މި އެންޓިސިޕޭޓް ކުރަނީ މިސާލަކަށް ފްލެޓަށް ފޯމު ހުށަހެޅި މީހެއް ތިމަންނައަށް މިވެނި މާކްސްއެކޭ ލިބުނީ ތިމަންނައަށް ފްލެޓެއް ނުލިބެޔޭ. އެހެން ހުށަހަޅައިފިނަމަ އެހެން ހުށަހަޅާ ފަރާތެއްގެ ފޯމު އަލުން އެސެސް ކުރާނީ. ކޮށްފަ އޭރުން އަޅުގަނޑުމެންނަށް އެނގޭނެ ނިމޭއިރުގަ ޝަކުވާ ހުށަހެޅި ފަރާތްތަކަށް." އޭނާ ވިދާޅުވިއެވެ.

ތޮލާލް އިތުރަށް ވިދާޅުވީ ވަކި ވަކި ފޯމުތައް ބަލައިގެން އެއްޗެއް ސާފު ނުވާނެކަމަށާއި ހައްގުވާ ފަރާތްތަކަށް ފްލެޓް ނުލިބިވާކަން ސާފު ކުރެވޭނީ ޝަކުވާ ހުށަހަޅާ ފަރާތްތަކުގެ މާކްސްތަކާއި އެފަރާތްތައް ދައްކާ ވާހަކަ އަޅާ ކިޔައިގެންކަމަށެވެ.

"ޤަބޫލުކުރައްވާ އެހުރިހާ ފޯމެއް ވަކިން ބަލައިގެން އަޅުގަނޑުމެންނަށް އެއްވެސް ސެންސެއް މޭކެއް ނުކުރާނެ. އެކަމަކު އެނގޭނީ ލިބިފަ ހުރި ފަރާތްތަކަށް ލިބިފަ ހުރި މާކްސްތަކާ އެ ހައްގުވޭތޯއާއި ޝަކުވާ އެހުށަހަޅާ ފަރާތްތަކުން ދައްކާ ވާހަކައާ ޓެލީ ވޭތޯއާއި، ވާ ކަމަށް ވަންޏާ އެބޭފުޅުންނަށް އެހައްގުވާ ފްލެޓްތައް ނުލިބި ހުރިތޯ އަޅުގަނޑުމެންނަށް ދެން ހަމަ ޔަގީނާ ގާތަށް ކަށަވަރު ކުރަން މަސައްކަތް ކުރާނަން." ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ޝަކުވާތައް ހުށަހެޅުމުން، އެކަންކަން އެސެސް ކުރުމަށްފަހު ފައިނަލް ރިޕޯޓު ރައީސް އަށް އަރުވާނެކަމަށާއި، މި ރިޕޯޓުގައި ނުހައްގުން ފްލެޓް ދީފައިވާނަމަ، އެ އަދަދުތައް ބަޔާން ކުރާނެކަމަށެވެ.

"ދެން ޝަކުވާ ހުށަހެޅީމާ އެ އެސެސް ކޮށްފައި ފައިނަލް ރިޕޯޓުގައި ރައީސުލްޖުމްހޫރިއްޔާ އަށް އަރުވާ ރިޕޯޓުގައި މަސައްކަތް މި ކުރަނީ މިވެނި އަދަދަކަށް ނުހައްގުން ފްލެޓް ލިބިފަ އެބަ ހުއްޓޭ، އޭގެ ބަދަލުގައި އަޅުގަނޑުމެންނަށް ހުށަހެޅުނު ޝަކުވާތަކުން އެބަ ފާހަގަ ކުރެވެޔޭ މިވެނި މިވެނި އަދަދެއްގެ ފަރާތްތަކަކީ ފްލެޓް ލިބެން ހައްގުވާ އެކަމަކު އެމީހުންނަށް ފްލެޓް ލިބިފައިނުވާ ފަރާތްތައްކަން" އޭނާ އިތުރަށް ވިދާޅުވިއެވެ.

އެހެންނަމަވެސް، ހައްގު ނުވާ ފަރާތްތަކުގެ އަތުން ފްލެޓް ނަގާނެކަން ނުވަތަ ނޫންކަން ބަޔާން ކުރައްވާފައި ނުވެއެވެ. އަދި ކޮމިޓީގެ މަސައްކަތްތައް ބިނާވެފައިވަނީ ދެން ހިންގާ މިފަދަ މަޝްރޫޢުތަކުގެ ކަންކަން ރަނގަޅު ކުރުމަށްކަމަށްވެސް ކޮމިޓީގެ މެންބަރުން ފާހަގަކުރެއްވިއެވެ.

މީގެކުރިންވެސް، ހިޔާ ފްލެޓް ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލާ، އެކަންކަން ބެލުމަށްފަހު ދާއިމީ ލިސްޓުވެސް ނެރެފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބަކުރުބެ

    ކޮބާތޯ ކުންފުނިތަކުން އަޅަންބުނި ފްލެޓް ތައް؟ ޢެވާހަކަ ދައްކާނެ މީހަކު ހަމަ ނެތްތަ؟ ކިހާ ދެރަކަމެތް ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ ޑައުންޕޭމަންޓަށް އެތައްބައިވަރު ރުފިޔާ ތަކެއްނަގާފަ މިހާރު މަސައްކަތެތް ކުރާކަންވެސްް ނޭންގެ ކުންފުންޏަކުން ވާނުވާ އެންގޭ މީހަކު ނެތް ހުރި ހިތާމަ އެއްގެ ބޮޑުކަމާ.

  2. ޒާ

    އެހެންވީމާ ތީވެސް ރިޕޯރޓް ތައްޔާރު ކުރާ ކޮމެޓީއެއްދޯ؟ ތިޔަކަމުން ކޮބާ ރައްޔިތަކަށް ވާނެ ފައިދާއެއް؟ އަނެއްކާވެސް އަނެއް ވަގުތާއި ކަރުދާސް ބޭކާރުތިކުރަނީ؟

  3. ނާނަ

    ދެން ތި ފްލެޓްގެ ކަންތައް އަދިވެސް ނިމޭކަށް ނުވޭތަ؟ މިހާރު ކިހާ ދުވަހެއްތަ ފްލެޓް ދޭން ދޭން ކިޔާތާ.