ޒާތީ މައުލޫމާތުތައް ހިމެނޭ ގޮތައް ފްލެޓް ލިބުނު މީހުންގެ ލިސްްޓް އާއްމު ކުރަން ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމެޓީން ނިންމައިފިއެވެ.

ކުރީ ސަރުކާރުން ފްލެޓް ލިސްޓް އާއްމު ކުރިއިރު ގެޒެޓް ކޮށްފައި ވަނީ ފޯމްގައި ޖަހާފައި އޮންނަ ނަމްބަރު އެކަންޏެވެ. ނަމަވެސް މިއަދު ފްލެޓް ކޮމެޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ފްލެޓް ލިބުނު މީހުންގެ ހުރިހާ މައުލޫމާތެއް އާއްމު ކުރަން ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އާއްމުންގެ ޝަކުވާއަށް ހުޅުވާލާނަން ކުރިއަށް އޮތް ހަފްތާތެރޭގައި އިރާދަކުރެއްވިއްޔާމުން. އަދި ހުޅުވާލާއިރު މިހާތަނަށް ހިޔާ އަދި ގެދޮރުވެރިކަމުގެ މަޝްރޫޢުގައި ފްލެޓް ލިބިވަޑައިގެންނެވި ފަރާތްތަކުގެ ލިސްޓުވެސް އާއްމު ކުރާގޮތަށް އަޅުގަނޑުމެން ވިސްނާފައި މި ހުރީ." ކޮމިޓީގެ މެންބަރު ވިދާޅުވިއެވެ.

މީގެއިތުރުންވެސް، ކޮމިޓީގެ މެމްބަރު ރަޝީދާ ވިދާޅުވީ ލިސްޓުތައް އާއްކުރާއިރު، ފްލެޓް ލިބުނު ފަރާތްތަކުގެ ނަމާއި އެޑްރެހާ މި ހުރިހާ މައުލޫމާތެއް ލިސްޓުން ފެންނަން ހުންނާނެކަމަށެވެ.

"އަޅުގަނޑުމެންނަށް ލިބުނު ލިސްޓުގައި މި އިންނަނީ ފޯމު ނަންބަރު ނުޖަހަ. އެއީ ކޮން ފަރާތެއްކަން އައިޑެންޓިފައި ކުރުމަށްފަހު އަޅުގަނޑުމެން ލިސްޓު ހާމަކުރާނީ އާއްމުންނަށްވެސް އެލިބިވަޑައިގަތީ ކޮން ބޭފުޅެއްކަން ނަމާއި އެޑްރެހާ، މި ހުރިހާ މައުލޫމާތުތަކާ އެއްކޮށް އަޅުގަނޑުމެން އެލިސްޓުތައް ހާމަކުރާނީ" ރަޝީދާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ސަންތި

    އެބަރަނގަޅުވޭ

  2. ނަފާ

    ތި އުޅެނީ ރައްޔިތުންނަ ޖެއްސުންކުރަން. ތީތަންދޮރުނުދައްނަ މީހުންނައް ވެރިކަން ލިބުނީމަ ވާނޭގޮތް.

    1
    3
  3. ނިކަމެތި ރައްޔިތުމީހާ

    ކުރީގެ ރައީސް އަބްދު ﷲ ޔާމީންގެ ސަރުކާރުން ހިންގެވި ހިޔާ މަޝްރޫއުގެ ފްލެޓްތައް ލިބުނު މީހުންގެ ނަންތައް ޒާތީ މައުލޫމާތު ހިމެނޭގޮތުން ޢާއްމު ކުރުމުގެ ކުރިން ކުރީގެ ނަޝީދުގެ ވެރިކަމުގައި"ވެށިފަހިމާލެ"މި ނަމުގައި ހުޅުމާލެއިން ގޯތި ބެހި މީހުންގެ ލިސްޓުތައްވެސް ހާމަކުރާށެވެ. ރައީސް ސާލިހެވެ. ކުރިއަށް އޮތީ މަޖިލިސް އިންތިހާބެވެ. ނިކަން ރީތި ފަޟީހަތަކުން މަނިކުފާނުގެ ޕާޓީ ފަޟީހަތްވާތަން މި ނިކަމެތި ރައްޔިތުން ދެކޭނަމެވެ.އިންޝާ ﷲ މަޖިލީހުން ކަލޭމެން ހުއްޓުވާނަމެވެ. ބަލަންތިބޭށެވެ.

    5
    2
  4. ސާގަރު

    މިއުޅެނީ ރައްޔިތުންނާ ރައްޔިތުން ޖައްސަން

    4
    1
  5. އެދުވަސް

    އައި.ޑީ ކާރޑް ނަންބަރުން އިގޭނެ ތިހުރިހާ މައިލޫމާތު ކޮން ފޭކް ގޭމެއް ތިޖައްސަނީ

    ހެެހެ ތިއުޅެނީ މިހާރު މުޖުތަމައުގައި އޮތް މަސްލަހަތު ގެއްލުވާލުން

    2
    1
  6. ސަލީމް

    އެގޮތައް 2008-2012 އައް ދޫކޮއްފަ ހުރި ފަޅުރަށްތައްވެސް އާންމު ކޮއްލައްޗޭ

    1
    1
  7. ޒާހިދު

    މީ ވަރަށް ރަނގަޅު ނިންމުމެއް. ޒާތީ މައުލޫމާތު ހިމާޔަތް ކުރަންކަމަށް ބުނެ ހަމަ އެކަނި ފޯމް ނަމްބަރު އިއުލާންގައި އޮތުމުން އެއީ ކާކުކަމެއް ނޭގޭ. މިހެން ވުމުގެ ސަބަބުން ބޯހިޔާވަހިކަން އެންމެ ބޮޑަށް ބޭނުންޖެހިފައި ތިބި މީހުންނަށް ފްލެޓް ނުލިބި ވަކަ ބަޔަކަށް ފްލެޓް ދިނުމަށް މަގުފަހިވޭ. ވީމާ ދެފުށް ފެންނަ ގޮތަކީ ނަމާއި އެޑްރެސް އެނގެން އޮތުން!

    3
    2
  8. ޕޮއިންޓު

    ނަމާއި އެޑްރެސް އަދި ލިބުނު ޕޮއިންޓްގެ އަދަދު ވެސް ހާމަ ކުރާތި!

    2
    1
  9. Anonymous

    ހިޔާ ފުލެޓްގެ ކުރިން ދިން 700 ފުލެޓްގެ ލިސްޓްވެސް ހާމަ ކުރަންވާނެ. ޢެހެންނޫނީ އިންސާފެއް ނުވާނެ

  10. ޗިއްލޫ

    އެމްޑީޕީ ވެރިކަމުގަ އެޅި ފުލެޓްތައް ދިންގޮތް ބަލަންކެރޭނެތޯ؟؟؟

    1
    2
  11. ޥިންދު

    ފޯމުތައް ވިއްސިވިހާލިކޮށްލީ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންނެއްނޫންތޯ. ދެން އެއީ އެމުވައްޒަފުންގެ ފަރުވާކުޑަކަން ނޫންތޯ. ހަަމަ އެމުވައްޒަފުންނެއް ނޫންތޯ. ތިތާތިބީ.
    މީހެއްގެ ޢާމްދަނީއަށް 85 ހާސްރުފިޔާ ލިބުން އެއީ ފްލެޓް ޙައްޤުވުމުގެ ޝަރުޠު އުނިވާކަމެެއް ނޫން. މަސައްކަތްކޮށްގެން ކޮންމެ މީހަކުވެސް 85ނޫން އެއަށްވުރެ އިތުރަށްވެސް ފައިސާ ހޯދަންވީ.
    ބަލަންޖެހޭނީ އެމީހަކީ ފްލެޓް ހުޅުވާލިއިރު ބުނާ ޝަރުޠު ހަމަވާ ފަރާތެއްތޯ.
    ފްލެޓްކޮމެޓީއަކީ ކަމުގެ ޤާބިލުކަން ނެތްބައެއްކަން އެނގެނީ. މުސާރަ ކުޑަވެ ބޮޑުވުންނޫން މައްސަލައަކަށްވާނެޖެހޭނީ ޝަރުޠުތައް ހަމަވާ މަތީ މާކްސްލިބުނު މީހެއްތޯ.
    މީހެއްގެ މަޤާމެއް ނޫން. މުސާރައެއްނޫން. ނަމެއްވެސް ނޫން. ފްލެޓަށް އިޢްލާނުކުރިއިރު ބުނާ ޝަރުޠުތައްހަމަވޭތޯ ބަލަންޖެހޭނީ.

    2
    1
  12. ބުއްރާސްކުކުޅު

    އަންނި ވެރިކަމުގަ ފުލެޓްފޯމް މައުލޫމާތުގަ 25000 ހާސް އައްވުރެ ގިނައިން މުސާރަ.ލިބޭ މީހަކައް 100 ޕޮއިންޓް ލިބޭގޮތައް އޮތުމުން އެ މުސާރަ ލިބޭކަމައް ރައްޓެހިމީހާގެ ކުންފުނިން ދޮގު ލިޔުން ހޯދި މީހުންނައްވެސް ފުލެޓްދީފަހުރީ ތެދެއްތޯވެސް ބަލާނުލާ. އޭރުން އެމީހަކައް ފުލެޓް ޔަގީންވީ. މިމައްސަލަތަްްވެސް ބަލާދޭށޭ.

  13. ޅޮސްބެ

    ޕީޕީ އެމް އިން ނުހައްގުން ފުލެޓް ދިން މީހުންތައް ވަރަށް ތެޅޭނެ މިޙާރު. ޢައްޑޫ ގޫބައްޑާސް އެންޑް ޔާމީނަށް ސަނާކީ ބައިގަނޑު

  14. ރެކިފުތާ

    މާލެ ސަރަހައްދު ތޮއްޖައްސަން ރަށްރަށުގެ މީހުންނަށް ފްލެޓް ދޭނެކަމެއްނެތް. އެބަޔަކު އުފަން ރަށަށް ދިރިއުޅުން ބަދަލުކުރަންވީ. މާލޭ މީހުންނަށް މިވަނީ ބޮޑު މުސީބާތަކަށް މިކަންވެފައި.

  15. އިބިލީސް

    މާލޭ ގައި މުޅި އުމުރު ހޭދަކުރި މީހުންނަށް ނުލިބި 2 ތިން އަހަރު މާލޭގައި އުޅުން ޓީޗަރުން ނަށް ލިބުން އެއީ ކޮން އިންސާފެއް

  16. ޭެއަޅުގަނޑު

    ތީސިޔާސީ ކޮމިޓީއެއްކަންމިހާރު ގަބޫލުކުރެވިއްޖެ، މީހުންގެޒާތީމައުލޫމާތު އާއްމުކުރުމުގެ ބަދަލުގަ ހަމަތިކޮމިޓީއަށް ލިސްޓުގައިހުރި މައްސަލަތައްވެސް އާއްމުކުރެވުނީސް. އަދިބަދަލެއްގެންނަންޖެހޭކަންތައްތަކެއް ފާހަގަކުރެވޭނަމަ ހަމައެކަންވެސް ފާހަގަކުރެވުނީސް.

    1
    1