ޕްރޮސެކިއުޓަރ ޖެނެރަލް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކްރިމިނަލް ކޯޓުގައި އުފުލައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މއ.ކާމިނީހުޅަގުގެ، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް މަނީ ލޯންޑަރިންގ ގެ ދަޢުވާ އުފުލައި ކްރިމިނަލް ކޯޓަށް ހުށަހަޅައިފިން ކަމަށެވެ.

ޔާމީންގެ މައްޗަށް މިމައްސަލައިގައި ދައުވާ އުފުލި ނަމަވެސް ކުރީގެ މިނިސްޓަރ އާޒިމާ ޝުކުރޫގެ މައްސަލަ އަދި ކްރިމިނަލް ކޯޓަށް ފޮނުވިކަމެއް ޕްރޮސެކިއުޓަރ ޖެނެރަލް ކަށަވަރު ކޮށެއް ނުދެއްވައެވެ.

މަނީ ލޯންޑްރިން ކުރުމުގެ ތުހުމަތު ޔާމީންގެ މައްޗަށް ފުލުހުން ކޮށްފައި ވަނީ އެމްއެމްއެޕީއާރްސީގެ ފައިސާ އެންމެ ގިނައިން ބޭނުން ކުރި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފްގެ ކުންފުނިން ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއްމިލިއަން ޑޮލަރު އޭސީސީ އާއި ހަވާލު ނުކުރިކަމަށް ބުނެއެވެ. އެސްއޯއެފް އިން ޖަމާކުރި އެއް މިލިއަން ޑޮލަރުގެ ބަދަލުގައި ޔާމީން އޭސީސީ އާއި އެކު ހުޅުވި އެކައުންޓަށް ޖަމާކޮށްފައި ވަނީ ކުރީގެ ޓްއަރިޒަމް މިނިސްޓަރ މޫސާ ޒަމީރުގެ އަތުން ނެންގެވި ފައިސާއެވެ.

ފުލުހުން ވިދާޅުވީ، އެ މައްސަލާގެ ތަހުގީގަށް ފުލުހުން ހޯދި މައުލޫމާތުތަކާއި، ހެއްކާއި ގަރީނާ އިން ފާހަގަކުރެވުނުގޮތުގައި އެމްއެމްޕީއާރްސީގެ ފައިސާއަށް ހިޔާނަތްތެރިވި ފަރާތްތަކުން އެ ފައިސާތަކުގެ ތެރެއިން އެއް މިލިއަން ޑޮލަރު އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން ޔާމީންގެ އެކައުންޓަށް ޖަމާ ކުރި ފައިސާ އިން އެމަނިކުފާނު ވަނީ މާލީ މަންފާތަކެއް ލިބޭ މުއާމަލާތްތަކެއް ހިންގަވާފައެވެ.

ޔާމީން ވެސް ވަނީ އެސްއޯއެފް އިން ޖަމާކުރި ފައިސާ އިން މާލީ މުއާމަލާތްތައް ހިންގެވި ކަމަށް އެއްބަސްވެވަޑައިގެންފައެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ އެސްއޯއެފްގެ ފައިސާ އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރިއިރު އެއީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލަތަކާއި ގުޅުން ހުރި ކުންފުންޏެއްކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ޔާމީންގެ އެކައުންޓަށް އެއް މިލިއަން އެމެރިކާ ޑޮލަރު އެސްއޯއެފް އިން ޖަމާކުރި މައްސަލައިގައި އެމަނިކުފާނު ފުލުހަށް ފުރަތަމަ ހާޒިރު ކުރީ މިދިޔަ ޑިސެމްބަރ މަހުގެ 15 ވަނަ ދުވަހު އެވެ. މައްސަލައިގައި ޔާމީންގެ ބަޔާންތައް ނިންމާ ބަޔާންތަކުގައި ސޮއި ކުރުވާފައި ވަނީ މިދިޔަ ޖަނަވަރީ މަހުގެ 08 ވަނަ ދުވަހު އެވެ. މިއަދު މައްސަލަ ޕީޖީއަށް ފޮނުވާފައި މިވަނީ އޭގެ މަހެއްހާ ދުވަސް ފަހުންނެވެ.

މަނީ ލޯންޑްރިންގެ ދައުވާ ޔާމީންގެ މައްޗަށް ކުރަން ކްރިމިނަލް ކޯޓަށް ޕްރޮސެކިއުޓަރ ޖެނެރަލް މައްސަލަ ފޮނުވި ނަމަވެސް ދައުވާ ކުރާ ޤާނޫނުގެ މާއްދާ އަދި ހާމަކުރައްވާފައެއް ނުވެއެވެ. އެހެންކަމުން އެމަނިކުފާނުގެ މައްޗަށް އަތުވެދާނެ ޙުކުމުގެ ބޮޑު ކުޑަމިން ލަފާކުރާކަށް އަދި ނޭނގެއެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ބޮކި

    ކޮބާތަ ޕޕޕޕޕ އެންޑް އަދުރޭ ޕާޓީ ކުދިންކޮޅުތަ ! ތަމެންނަށް ފެނޭތަ ފެނޭދޯ ފެނޭތޭ
    މިހާރު ތަމެން ތިބޭނީ ރަގަޅަވެސް ރާކަނިމަސް ކެވެފަ.....

  2. އަލްޖިބްރާ

    މާލަސްވެއްޖެ ! ހުކުމް ކަޑައަޅާފަ މުޅިއުމުރަށް ޖަލަށްލާ !

  3. ސޫފި

    ކުރީގަ މިނޫހުގަ ހުންނަނީ "ވައްކަންކުރިމީހާއަށް ދައުވާކޮށްފި"، "މީހަކު މެރިމީހާއަށް ދައުވާކޮށްފި"، "ރިޝްވަތު ނެގިމީހާއަށް ދައުވާކޮށްފި".... މިކަހަލަ ގޮތަކަށް މިހަބަރު ނުޖަހަނީ ކީއްވެގެންތޯ؟

  4. އަލީ އަހުމަދު

    ކޮބައި ތޯ މީގެކުތިން މާލީ މަންފާ ހޯދި އޑޕ ކުދިން
    ހަމަހަމަކަމާއެކު އަމަލްކޮގެން ސޯލިހުގެ ވެރިކަން ދެމެހެއްޓޭނީ!!!!!!!

  5. ލޮލް

    ދެން ކަމުދާނެ ސަރުކާރުން އެއްކަމެއް ނުކޮށްދިނަސް ރައްޔިތުންނަށް. ވެރިކަމަސް އެރި ބޭނުން ތިއޮތީ ފުދިފައި

  6. ހުސޭނުބޭ

    ކަލޭމެންގެ ކޯޓުތައް! ކަލޭމެންގެ ވެރިކަން! ކަލޭމެންގެ މިނިވަން މުއައްސަސާތައް! އަންނަ ރުޅީގައި ފެންފޮދަކާ ލައިގެން ޔާމީން ގުންކިޔާފައި ދިރުވާލާ!

  7. މަސްވެރިޔާ

    150 މީހުންގެ އެކައުންޓަށް ތިޔަ ރަންފައިސާ ވަންކަމަށްބުނާއިރު ހަމަ އެކަނި ރ.ޔާމިނަށް ދައުވާ އަވަސް އަރުވާލައިގެން އޭނާ ޖަލަށްނުލެވި ތިއުޅުއްވަނީ 96052 މީހުން ސަޕޯޓަރުންތިބި ސިޔާސީ ލީޑަރަކަށްވީމަ ދުވަސް ދުއްވާލަންތޯ. ރައްޔިތުންގެ މަށްޗަށް ހުރިހާ ސަރުކާރެއްގަވެސް ދައުވާ އުފުލާ ޕީޖީ ހަމައިންސާފްތޯ. ޕީޖީގެ މަށްޗަށް އިތުބާރުނެތްކަމުގެ ވޯޓެއްނަގާ ވަކިކުރަންވީ. މިއީ ރައްޔިތުން ބޭނުންވާގޮތް.

  8. ޒާ

    ސޯލިހު ކިތަންމެ ރީތިކޮށް އުޅުނަސް ވަގުތު ޖެހޭނެކަން ވިސްނާތި.

  9. ޝާހިދު

    ކޮބާތޯ ކުރީގެ އެމްޑީޕީ ސަރުކާރުގައި ކުރި ހިޔާނާތްތައް ކޮބާތޯ އެފައިސާ ކޮބައިތޯ އެއްކަލަ ހަރުމުދާ ވީގޮތްބަލަން ކޮމިޝަން އަވަހަން އުފައްދަވާ އޭރުން ސާލިހު ވެރިކަމެއްކުރެވޭނީ.

  10. އާދަމްބެ

    ޒަމާނީ ތަރައްގީގެބާނީ ރ ޔާމީން. ސާބިތުވެ ތިބޭނަން. ރ ޔާމީނާއެކު. ވީއެއްޗެއްވާން މިތިބީ .

  11. Anonymous

    900 މިލިއަން ޑޮލަރުން ރައީސް ޔާމީން އެންމެ 1 މިލިއަން ނެންގެވީ؟ އަނެއް 899 މިލިއަން އެސްއޯއެފްއަށްހަދިޔާކުރީ. ފައްކާ ދެކޮޅުނުޖެހޭ ދޮގުވާހަކަ. ރައީސް ޔާމީނަކީ ތެދުވެރިއް. ނަޝީދު ޖަލަށް ލީމަ ބަދަލުހިމަށް ކުރާކަމެއްތީ. ކޯޓުތަކުން ޔިމައްސަލަ ނިކަން ރަނގަޅަށް ބަލާ ނިންމާތި. ފަނޑިޔާރުންނަށް ބިރުދައްކަމުން މިހާރު އެގެންދަނީ މިމައްސަލަ މިވެރިން ބޭނުންގޮތަށް ނިންމުމަށް. ލޭންދޭން ހަދަންބުނަން. އެކަމަކު ކޯޓުތަކުން ޔަގީން ކުރަންޖެހޭ މިބައިގަނޑު ތެދެއް ނުހަދާނެކަން

  12. މުޖާހިދު

    ޔާމީނު ޖަލަށް ލިޔަސް ރީނދޫ މީހުން ބޭނުންވާ އަސްލު ކަންތައް މި ޤައުމުގަ ނުކުރޭވޭނެ. އެއީ، އިންޑިއާގެ ބާރުގެ ދަށަށް ޤައުމު ގެނައުމާއި، ބޭނުން ބަޔަކަށް ދީން ބަދަލުކޮށް ބޭނުން ދީނަކަށް މިތާ އުޅުމުގެ މަގު ފަހިކުރުން. އަހަރެމެން ހައްދުފަހަނައެޅި ގުރޫޕް މިތިބީ ވަރަށް ހުށިޔާރުވެގެން

  13. ތަކުރު

    މިސަރުކާރުން ފައިސާކަނީ އިންޑިއާއަށް މިގައުމު ވިއްކާލައިގެން. ބޭރުގަ ހުޅުވާފަތިބި މިމީހުންގެ އެކައުންޓްތައް ފުރިގެން ބަންދުންވަނީ

  14. ސާބިތު

    ޣައިރުމުސްލިމުންގެހިމާޔަތްހޮދައިގެންގޮނޑިދުއްވާކަށްނުދާނެ انشاالله

  15. ތޯބެ

    ސާލިހް ގެ އެކައުންޓަށް ވެސް މީހަކަށް ލާރި ޖަމާ ކުރެވިދާނެ! ޢަދި އެމީހަކަށް ނޭގި ބޭނުންވެސް ކުރެވިދާނެ! ގަސްދުގައި މީހާކު މެރުމާއި މީހަކު ގައިގައި ޖެހި ވެއްޓޭގޮތަކުން މީހަކު މަރުބުމާއި ތަފާތު! ޢެހްންވީމަ ޔާމީން ތި ކަމުގައި ކުއްވެރި ވެގެން ނުވާނެ. ޚުއްވެރި ވާންވީ ތިޔަ ފައިސާ އޭނަގެ އެކައުންޓަށް ލީ މީހާ!!އެމީހާގެ މައްސަލަ ނުބަލާ އެ ފައިސާ ޖަމާވި އެހެން މީހުންވެސް ގާނުން ކުރިމައްޗަށް ނުގެނެސް ތިޔަ އުޅެނީ އެހެން ސަކަރޭތެއް ޖަހަން ދޯ؟ ފައިސާ ޖަމާވީ މީހުންގެ ތެރޭގައި ޕާޓި މީހުން ހިމެނޭ ދޮތަ؟؟ ޢިޚްލާސްތެރިކަމެއް ނެތޭ ސާލިހްގެ ވެރިކަމުގަ!! ޢަކުރު ނުދަންނަ ވާނުވާ ނޭގެ މީހަކަށް ކޮން އިޚްލާސްތެރި ވެރިކަމެއް ކުރެވޭނީ!! ޜައްޔިތުން އެމް ޑީ ÷ޕީގެ ލާދީނީ ޖަމާއަތަށް ވޯޓް ނުދީ!! މިހާރުވެސް މިއުޅެނީ ވޯޓް ދެވުނު މޮޔަ ހީވެހެން. ޢެއްވެސް ހަރުދަނާ ކަމެއް ސަރުކާރުގަ ނެތޭ!! ކޮންމެ ކަމެއް ޖެހުނީމަގޮސް އިންޑިޔާ ބަބުރުވަސް ދުވާމީހުންގެ ކައިރީގަ މި ރޮނީ ގަމާރުންތައް !!

  16. ރަައްޔިތު މީހާ

    އުސް ގަޑަކަށް ފަހު އަޑިގަޑެއް އަންނާނެ

    ދެރައީ ދިވެހީންނަށް އެހާ ވަރު ވެސް އަމިއްލަ ސިކުނޑިން ދެނަނުގަނެވޭ ކަން

  17. ްއަސްރަފު

    ޖާނާމާލުންޥެސް ގުރުބާން ވާނަން ރޔާމީނަށްޓަކާ.

  18. އަހުމަދު އަދީބު

    ޔާމީން އާއި ނުކުޅެއްޗޭ ވަރަށް މަސްލަހަތު ގޯސްވެދާނެ... ތީހާދަ ބަޔަކަށް އުންމީދުތަކެއް ގެނެސްދެއްވި ރައީސެކޭ..ކޮމެޓީ ރައީސް ވަރަށް ވިސްނަވައްޗޭ ކަންކަން ކުރުމުގެ ކުރިން

  19. ބުރިޓޯ

    ހަމައިން ނެއްޓި ނަހަމަ ގޮތްތައް އިޚްތިޔާރު ކޮށްފިނަމަ އޭގަ ހުރީކިހާހިތި ނަތީޖާއެއްކަން ދަންނަންވާނެ. މިރާއްޖޭގެ ހަގީގީ ތަރައްގީގެ ބާނީއަކީ ހަމަރައީސްޔާމީން. އަދިވެސް އުންމީދަކީހަމަރައީސްޔާމީން. ވީމަހަމަކޮށްލެވޭ ޝަރީއަތަކުން އެމަނިކުފާނުހައްޔަރުކޮށްގެން ތިބެވޭނެހަަމައެއްގޮތްވެސްނޯންނާނެ
    އެއީމައިބަދަރައީސްއެއްނޫން. އެކަމަކުހަމަ ޔަގީންވާއެއްކަމަކީ ތިޔައުޅެވެނީ ފޫނެތްފަޔައްފެންފުރަންކަން.

  20. thofi

    Yameen ge verikamkee enme fahkaa verikan

  21. މުގުރާން

    ގޮތްހުސްވެ ކަމެއްނުކުރެވިގެން ފަނޑިޔާރު ބަދަލުކޮށް ހިލާލަނީ ކަލޯ ނުކުޅެވޭނެ އެއީފިސާރި މީހެއް ގައުމީ ބަތޮލެއް ކޮށްދެއްވި އަގުހުރި މަސައްކަތް މިގައުމުން ފުހެނުލެވޭނެ؟؟؟ ދެންތިއޮތީ މަޖިލިސް ރަނގަޅަށް ލިބިފައި

  22. ބުރޯ

    ޖީއެމްއާރަށް އެއާޕޯޓް ދިނުމަށް ސޮއިކުރި އެގްރީމަންޓަކީ ގައުމަށް ވެވުނު ބޮޑު ހިޔާނާތަކަށް ވާންޖެހެނީ ސަބަބުތަކެއްނެތިގެންނޫން .ފުރަތަމާ އެ 1 އެގްރިމަންޓްއާކީ ސޮއިކުރަން އެކަށިގެން ވާ އެއްޗެއްނޫންކަމަށް ވިދާޅުވި އެއާޕޯޓް ކޮމްޕެނީގެ އެމްޑީ މަގާމުންވަކިކުރުން ، 2ގާނޫނުއަސާސީގަ ބުނާވާހަކަތައް ގާނޫނަކަށް ގެނެސް ފާސްކޮށް ތަސްދީގު ކުރަން ފޮނުވާފަ އޮއްވާ އެ ތަސްދީގު ނުކޮށް އެގްރީމަންޓް ގާ ސޮއިކުރުން. 3 އެއާޕޯޓް ކޮމްޕެނީއަށް އަލަށް އައްޔަން ކުރި އެމްޑިއާ ބޯޑް މެމްބަރުންނަށް އެގްރީމަން ކިޔާލުމުގެ ފުރުސަތު ނުދީ ސޮއިކުރުވުން. 4 ޖީއެމްއާރަށް އެއާޕޯޓް ދިން އެގްރީމެންޓްގެ ސަބަބުން ދަވްލަތަށް ބޮޑެތި ގެއްލުންވާނެ ފެށުމުން އެގްރީމަންޓް ބާތިލް ކުރުމުން ޖީއެމްއާރަށް ދޭންޖެހުނު ފައިސާ ދަވްލަތަށް އަބުރާ ހޯދަންޖެހޭކަން ގާނޫނުއަސާސީގާ ގާނޫނުތަކުން ސާބިތުވާން ހުރުން .މިފަދަ އިން ގާނޫނީ ކަންކަން ހުރި އިރު އެ ޒިންމާ ނަގަންޖެހޭ ގަ.ކެނެރީގެ މުހަންމަދު ނަސީދު ގެ މައްޗަށް މިހާތަނަށްވެސް ދައުވާ ނުކުރެވި އޮތުމަކީ ވަރަށް ބޮޑު އިހުމާލެއްކަމްށް ދެކެން.

  23. ބުރޯ

    ޑިޒާސް މެނޭޖް މަންޓް ންގެއްލުނު 60 މިލިއަން ރުފިޔާ އަކީ ކަންނެލި ދޯނިފަހަރުގަ ނަސީދު ދަތުރުކުރައްވާފަ ދޯނިތަކަށް ދޭން ނެގ ފައިސާއައްކަމަށް ތުހުމަތު ކުރެވޭއިރު ފުރިހަމަތަހުގީގެއްނުހިންގާ އެފައިސާގެ މައްސަލަ ކޮޅެއްގާ ނުޖައްސާ ބޭއްވުމަކީ ވަރަށް ބޮޑު އިހުމާލަކަށް ނުވޭތޯ ؟ ދަވްލަތަށް ލިބުނު އާމްދަނީގެ ޑޮލަރުތައް ބްލެކްމާކެޓަށް ނެރުއްވައިގެން ނަސިދު ވިއްކެވިކަމަށް ތުހުމަތު ކުރވޭއިރު މިހާތަނަށްވެސް އެމައްސަލަ ތަހުގީގު ކުރެވިފައި ނެތުމަކީ ވަރަށް ބޮޑު އިހުމާލެއްކަމަށް ދެކެން.