މޫނު ބުރުގާ އަޅައިގެން ވަޒީފާއިން ވަކިކުރުމުން ޝަކުވާ ހުށަހެޅި ހުރިހާ ޓީޗަރުންނަށް ވެސް މިހާރު ވަޒީފާ އިޔާދަކޮށް ދީފައިވާ ކަމަށް ވިދާޅުވެ އެޑިއުކޭޝަން މިނިސްޓަރު ޑރ.އާއިޝަތު އަލީ ހެއްދެވީ އިތުރުފުޅެއް ކަން ހާމަވެއްޖެއެވެ.

މޫނު ބުރުގާ އަޅާތީ ކުރީ ސަރުކާރުގައި ވަޒީފާ އިން ވަކިކުރި ހުރިހާ ޓީޗަރުންނަށް މިސަރުކާރުން ވަޒީފާ ދީފައި ވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވުމުން ވަޒީފާ އިން ކުރިން ވަކިކޮށް، ނަމަވެސް އަދި މިހާތަނަށް ވަޒިފާ ލިބިފައި ނުވާ ބައެއް ޓީޗަރުން ވަނީ "ވަގުތު" އާއި މައުލޫމާތު ހިއްސާކޮށްފައެވެ.

ކުރީގެ ސަރުކާރުގައި ވަޒީފާ އިން ވަކިކުރި ނ.އަތޮޅު ކުޑަފަރީ ޤުރުއާން ޓީޗަރުގެ މައުލޫމާތު އެނގޭ މީހަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ސަރުކާރު ބަދަލުވުމުން އަލުން ވަޒީފާ ހޯދަން އޭނާ އެދުނު ކަމަށެވެ. ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން ނިންމީ އޭނާ އަށް ވަޒީފާ ދިނުމުގެ ބަދަލުގައި އަލުން ކުޑަފަރީ ޤުރުއާން ޓީޗަރެއްގެ ވަޒީފާ އަށް އިއުލާން ކުރާށެވެ.

"އަލުން ވަޒީފާއަށް އިއުލާން ކުރުމުން ވެސް އޭނާ ކުރިމަތިލި. ނަމަވެސް ވަޒީފާ ދިނީ އެހެން މީހަކަށް. ވަޒީފާ ދީފައި ވަނީ މޫނުބުރުގާ ނާޅާ މީހަކަށް." މައުލޫމާތު ދިން ފަރާތުން ބުންޏެވެ.

ނަން ހާމަ ނުކުރާ ގޮތައް "ވަގުތު" އާއި މިއަދު ވާހަކަދެއްކި އިތުރު މީހަކު ވެސް ބުނީ އޭނާ އަކީ ވެސް މޫނު ބުރުގާ އަޅާތީ ކުރީ ސަރުކާރުން ވަޒީފާ އިން ވަކިކުރި ޓީޗަރެއް ކަމަށެވެ. ސަރުކާރު ބަދަލު ވުމުން އަލުން ވަޒީފާ ހޯދަން އެދިފައި ވާނެ ކަމަށާއި ނަމަވެސް އަދި ވަޒީފާ ނުލިބޭ ކަމަށް އޭނާ ބުންޏެވެ.

"ރައީސް އަށް ވެސް އެޑިއުކޭޝަން މިނިސްޓަރަށް ވެސް އަދި އަޅުގަނޑު މަސައްކަތް ކުރި ސްކޫލަށް ވެސް ސީޓީ ފޮނުވާފައި ވާނީ. ސިޓީތައް ފޮނުވިތާ މަހަކަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު އަދި އެއްވެސް ސިޓީއެއްގެ ޖަވާބެއް ނުލިބޭ. ވަޒިފާ ވެސް ހަމަޖައްސައެއް ނުދެއްވާ." އޭނާ ބުންޏެވެ.

މޫނު ބުރުގާ އަޅާ ޓީޗަރުންނަށް ވަޒީފާ ގެއްލުނީ ސިވިލް ސާވިސްގެ ވަޒިފާ އަދާކުރާ މީހުންނަކީ ކާކުކަން އެނގެން ޖެހޭނެ ކަމަށް ބުނާ މާއްދާއެއް ސިވިލް ސާވިސްގެ ޤަވައިދުގައި އޮންނާތީއެވެ. ސަރުކާރު ބަދަލުވި ނަމަވެސް ސިވިލް ސާވިސްގެ ޤަވައިދަށް އިސްލާހެއް ގެނެސްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. Anonymous

    މިއީ ފައްކާ މޑޕ މީހެއް. ބިރަކާ ނުލާ ދޮގުހަދާލަން އެބަކެރޭ.

  2. Anonymous

    ދެންވެސް ތި ސިވިލް ސަރވިސްގެ ޤަވައިދު ބަދަލުކޮށްފަ ވަޒީފާ ދީބަލަ..ޢެހެންބަޔަކަށް މައްސަލަ ޖައްސަން ފުރުސަތު ނުލިބޭނީ އެހެން ހެދީމަ..ތި ޤަވާއިދާ ޚިލާފަށް ދޯ މިހާރުވެސް ތި ވަޒީފާތަށް އަނބުރާ ތި ދެވުނީ.

  3. މިގޭ

    ކަލޯ ރީދު ކުއްޖަކު ތެދެއް ނުހަދާނެ.

  4. މިގޭ

    ތެދެއް ހެދެން އޮތަސް ހަދާނީ ދޮގު. ތީ ކޮން ބައެއް.

  5. ހުސޭނުބޭ

    މުނާފިގުން ތެދުބުނޭތަ؟ ކުރިކަމެއްވެސް އެ ކުރީ ދެއްކުންތެރިކަމަށް! އަޑިފޮރުވަން!

  6. ކަލޯ

    * އިތުރު 10 ސްކޫލް އަޅާނެކަމަކަށް ނުބުނަން
    * މޫނު ބުރުގާ އަޅާތީ ވަކިކުރި ޓީޗަރުންނަށް އަލުން ވަޒީފާ ދީފިން
    އިތުރުފުޅު.........

  7. ދިވެހިބަހުގެ އެ ކަޑަ

    އެމްޑީޕީ.. މި ނަމަކީ ދޮގުހެދުމާ، މަކަރު ހެދުމާ، އަމިއްލަ ފައިދާއަށް ކުރެވެންހުރި ކޮންމެކަމެއް ކުރުމާ، ވަޢުދެއް އަޙްދެއް ވެއްޖެނަމަ އެޔާ ޚިލާފުވުން ކަހަލަ މުނާފިޤު ދެފުށްކެހެރި ނުލަފާ ހުރިހާކަމެއް އެއްކޮށްލައި ކިޔާ އެކުވިނަމެއް...

  8. އަހްމަދު

    އެޑިޔުކޭޝަން މިނިސްޓަރު ކޮންމެ ކަމެއްގައިވެސް ހަދަނީދޮގު.

  9. ޗިއްލޫ

    އެޑިއުކޭޝަން މިނިސްޓަރަކީ ފުރަތަމަ އައުރަނިވާކުރަން ލަދުގަންނަމީހެއް ދެން މީނަޔަަށް ކޮންމޫނު ބުރުގަލެއް އޮންނާނީ؟؟؟؟ ހަގީގަތުގަ ކާކުކަން ނޭގޭގޮތައް މޫނުބުރުގާ އަޅައިގެން ސްކޫލަށްދިއުން އެއްގޮތަކަށްވެސް ރަނގަޅެއްނޫން، ދަރިވަރުންނަކަށް ކާކުކަން ނޭގި ސްކޫލްގެ އެހެން ޓީޗަރުންނަށާއި ޕްރިންސިޕަލަށް މިއަދު ސްކޫލަށްގޮސް ކިވައެދެނީ ކާކުކަން ނޭގެންނާ އޭގެއިން ވަރަށް ނުރަގަޅު ނަތީޖާއެއްނީކުންނާނީ!!!!

  10. ސައްތާރު

    ކޮންމެ ކުއްޖަކަށް ހެދުނުގެ ނަސްތާވެސް އެބަދެއޭބުނާނީ، ކަރަންޓްވެސް އަގުހެޔޮކޮށްފިދޯ؟؟؟ އިންޑިޔާގެ އަޅުވެތި މިގައުމު ފޮނުވާލަން ރާވައި ތިނަގާ ލޯނުތަކުން ކުރާހާވެސްކަމަކީ މާލޭ ރައްޔިތުންނަށް ކަންކަން ކުރަނީ، މާލޭގެ ސްކޫލް ދަރިވަރުން އަތަކުން ބަހަކަށް ފީއަށްނުދޭ، ހެދުނުގެ ނާސްތާއެއްނުދޭ، އެކަމަކު ރާއްޖެތެރެ ވީމާ ބަެލެނި ވެރިންގެ އަތުން މިހުރިހާ އެއްޗެއް ދޭންއެބަޖެހޭ، ހާދަހާވާ ހަމަހަމަކަން ބޮޑު ސަރުކާރަކޭދޯ؟؟؟؟؟؟؟

  11. Anonymous

    މަގާމުގަ ތިބި މީހުން ތި ދޮގުތަށް ހެދި ވަރަކަށް ރައްޔިތުންނަށް ހީވާނީ ތެދުހެން.

  12. އާޝޯޙު

    މޫނު ބުރުގާ އަޅާ ކުދިން ވަޒީފާތަކުން ނުކަނޑާކަން ޔަޤީން.

  13. ކިނިކްސް

    މޫނުބުރުގާ އަޅައިގެން ކުލާހުގައި ކިޔަވައި ދިނުމާއި އަހަރެން ދެކޮޅު.

  14. ގޮދާ އައިސަ

    ކޮންމެ ސަރުކާރަކުން ކުރިޔަސް ރަނގަޅު ކަމެއް ވާނީ ރަނގަޅު ކަމަކައް މޫނުބުރުގާ އަޅައިގެން ގޭގަ ތިބެބަލަ މޫނުބުރުގާ އަޅަން ޖެހޭ ބާ

  15. އައިސްތު

    "މޫނު ބުރުގާ އަޅާތީ ކުރީ ސަރުކާރުގައި ވަޒީފާ އިން ވަކިކުރި ހުރިހާ ޓީޗަރުންނަށް މިސަރުކާރުން ވަޒީފާ ދީފައި ވާނެ ކަމަށް ނުބުނަން. އަހަރެން ދެއްކި ވާގަކައިގެ ތަރުޖަމާ މާދަމާ ނެރޭނަން."

  16. ވިސްނާ

    މޫނު ބުރުގާ އަޅައިގެން އިން ޑޮކްޓަރަކަށް ދައްކަން ކެރިދާނެތަ؟

  17. ފަޔާ

    ތެދު އަބަދުވެސް ހަދާނީ

  18. ތާނިޔާ

    ރީދޫ ކުދިން ކޮޅައް އެކަނި ވަޒީފާ ދިނީ ?