އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އިސްމާއިލް ހަބީބުގެ ދައުރު ހަމަވާތީ، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން މިއަދު ކުރި އިއުލާނުގައި ބުނެފައި ވަނީ އީސީގެ މެމްބަރު ކަމަށް ފުރުޞަތު ހުޅުވާލައްވައިފައި ވަނީ މިއަދުން ފެށިގެން މިމަހުގެ 20 ވާ ބުދަ ދުވަހުގެ 10:00 އަށް ކަމަށެވެ. އީސީގެ މެމްބަރެއްގެ ދައުރުގެ ދިގުމިނަކީ ފަސް އަހަރު ކަމަށްވާ އިރު، އެ ކޮމިޝަންގެ މެމްބަރު ހަބީބުގެ ދައުރު ހަމަވާނީ އަންނަ މަހަށެވެ.

ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުގައި ކޮމިޝަނަށް ކުރިމަތި ލެވޭނީ ކޮމިޝަނުގެ މަސައްކަތް ކުރެވޭ ވަރުގެ ތައުލީމާއި ގާބިލްކަން ހުރި މީހުންނެވެ. ސިޔާސީ ޕާޓީއެއްގެ ދަފްތަރުގައި ހިމެނޭ މީހަކަށް، ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމައްޗެއް ނުލެވޭނެއެވެ.

ހަބީބަށްވެސް އަލުން ކުރިމަތިލެއްވުމުގެ ފުރުސަތު ވެސް އެބައޮތެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނުރަބޯ

    މިހާރުދެން ހައްބެ އިތުރަށް ކުރިމަތި ނުލިޔަސް ވާވަރަށް ޖީބު ހުންނާނީ ތަނަވަސްވެފަ.