އިންސާފުވެރި ޝަރީއަތަކާ ނުލައި، ހަމައެކަނި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު އަބްދުލް ޣަފޫރު ޖަލުގައި ބެހެއްޓެވުމަކީ، އަދި އެމަނިކުފާނުގެ ޞިއްޙީ ޙައްޤުތައް ނިގުޅައިގަތުމަކީ ނާއިންސާފު ކަމެއްކަމަށް، އަދީބުގެ އަނބިކަނބަލުން، މަރިޔަމް ނަޝްވާ ވިދާޅުވެއްޖެއެވެ.

ނަޝްވާ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އަދީބަށް ޙައްޤުތައް ހޯދަދެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ނަޝްވާ މިއަދު ކުރެއްވި ޓްވީޓުގައިވެސް ހޯމް މިނިސްޓަރު އައްޝައިޚް އިމްރާން އަބްދުﷲ ޓެގު ކުރައްވާފައިވެއެވެ. ހަމައެހެންމެ، އިންސާނީ ޙައްޤުތަކަށް މަސައްކަތް ކުރާ ރާއްޖޭގެ އަދި ބައިނަލްއަޤުވާމީ ފަރާތްތައްވެސް ޓެގު ކުރައްވާފައިވެއެވެ.

އެގޮތުން، ރާއްޖޭގައި ހުންނަވާ އދ.ގެ ރެޒިޑެންޓް ކޯޑިނޭޓަރ އަދި ޔޫއެންޑީޕީގެ ރެޒިޑެންޓް ރެޕްރަޒެންޓޭޓިވް، ޝޯކޯ ނޯޑާ، އިންސާނީ ހައްޤުތަކަށް މަސައްކަތް ކުރާ ބައިނަލްއަޤުވާމީ ޖަމިއްޔާ، އެމްނެސްޓީ އިންޓަނޭޝަނަލް، ވިލާތު އިއްތިޙާދު (އީޔޫ) ގެ ލަންކާ ޑެލިގޭޝަން، އދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ އޮފީސް، ބައިނަލްއަޤުވާމީ ޖަމިއްޔާއެއްކަމުގައިވާ ހިއުމަން ރައިޓްސް ވޮޗް އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ޓެގު ކުރައްވާފައިވެއެވެ.

އަދީބުއާ އެއް ދައުވާތަކެއް ކޮށްފައިވާ އަބްދުﷲ ޒިޔަތު ވަނީ ދާދިފަހުން ގޭބަންދަށް ބަދަލުކޮށްފައެވެ. އެހެންނަމަވެސް، ޞިއްޙީ ޙާލަތަށް ރިއާޔަތްކޮށް އަދީބު ގޭބަންދަށް ބަދަލު ކުރަން އެދުމުންވެސް އެކަން ކޮށްދީފައި ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ދައުލަތުގެ ލާރިގަނޑު ބަނޑުއަޅާލިއިރު އެއީ އިންސާފުތަ؟

  2. ކެޔޮޅު

    ނަސްވާ އައް ފެނިލެއްވީ އިންސާފް ޕޭޕަރގެ އެއްފުއް ދެއްތޮ އަނެއްފަރާތްވެސް ކިއުއްވާލައްވާ އިންސާފު އެނގިލައްވާނީ!!

  3. އިހްރާމް

    ދިވެހި ދައުލަތުގެ ޙަޒާނާއިން ޚިޔާނާތް ތެރިވުމަކީ ނާއިންސާފު ކަމެއް

  4. ާއަލީ

    ނަޝްވާ އެބައުޅެންތަދުނިޔޭގަ ފަލަސުރުހީއެއްގަ ނުފެންނަތާ ދުވަސްކިޅެއްވެއްޖެ

  5. ނަސީދު

    ދުލެއް އޮތީމާ ދެން ކޮންމެއްޗެއްވެސް ކިޔަނީ ، ކޮބައިތޯ ރައްއިތުންގެ ވަގައް ނެގި ލާރިތައް

  6. ނުރަބޯ

    ބޮޑުވެއްޖެ ކަމެއްތާދޯ މިއޮތީ. ބަލަގަ ތިޔަބުނާ އަދީބަށް މީހަކު ހެޔޮކޮށްހިތާ ކުރުމުއްދަތެއްގެ ތެރޭގައި އޭނާ ހީވެސް ނުކުރާފަދަ ވަރުގަދަ މަގާމަކަށް އުފުލާ އޮފުދާރު ކުރުމުން އެންމެބޮޑެތި ބަތާޙަރާމީން ކަންތައްކުރާބީދައިން އެއްކަލަ ހެޔޮކޮށް ކަންތައްކޮށްދިން މީހާއަށް ވަރުގަދަ ތެޔޮހަމެއްދީ އެފަކީރު ދުނިޔެއިން ވަކިކޮށްލަން މަސައްކަތްކޮށް ދައުލަތުގެ މާލިއްޔާއިން ބައެއް ކަށްވާލިއިރު އެއީ އޭނާއަށް ޙައްގު އެއްޗެއްތޯ ބެލިތަ މިއަންހެންމީހާ؟ އަޖައިބުވޭ....!!!

  7. މުހަންމަދު.

    ކޮއްކޯ ނަޝްވާ، މިހާރު ތިއަޑު އިވޭނެ މީހެއް، ކަމަނާއި އެކުސައިބޯލާނެ އަންހެނަކު ނުހުންނާނެ، ކެޔޮގަޑު ކަޑާލީމަ ގަހުގެ ބޭނުމެއް ނޯންނާނެ ކަން އެގި ވަޑައި ނުގަންނަވަނީތޯ؟ އަދީބު އަމިއްލަ ޕާޓީއެއް ނަހަދާ، ޒިޔަތު ހެދިހެން މައުމޫނު ކެމްޕޭނަށް ނުވަތަ އެމް،ޑީ.ޕީ ކެމްޕޭނަށް ފައިސާގަޑު ޚަރަދު ކުރިނަމަ އަދީބަށްވެސް ގޭގަ ހުރެވޭނެ.

  8. ލޮލް

    ދެ މީހުން ކޭ ދިވެހި ރައްޔަތުންގެ ލާރި އިންސާފު ތޯ.