ރައްޔިތުންގެ މަޖިލީހަކީ ވިޔަފާރި ކުރާ ތަނަކަށް ހެދިޔަ ނުދިނުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

މިއަދު ނޫސްވެރިންނާއި ވާހަކަދައްކަވަމުން އެމްއާރުއެމްގެ މަޖިލިސް ކެމްޕޭންގެ ތަރުޖަމާނު ތަޒުމީލް އަބްދުއްސަމަދު ވިދާޅުވީ، އަންނަ އޭޕްރިލް މަހުގެ ހަވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތާއީދާއެކު މިހާތަނަށް 24 ދާއިރާއަކަށް ވާދަކުރަން ނިންމާފައިވާކަަމަށާއި، މި އަދަދު އިތުރުވެގެން ދާނެ ކަމަށެވެ. ތަޒްމީލް ވިދާޅުވީ، ރައީސް މައުމޫންގެ ފަރާތުން މަޖިލީސް ތަމްސީލް ކުރައްވާ ބޭފުޅުންނާއި މައުމޫން ބައްދަލުކުރައްވާފައިވާކަމަށެވެ.

"މީގެ ދެރޭ ކުރިން އެމަނިކުފާނުގެ ފަރާތުން މަޖިލީސް ތަމްސީލް ކުރުމަށްޓަކައި އިންތިހާބު ކުރާ މެންބަރުންނާއި ބައްދަލުކުރެއްވި، އެ ބައްދަލުކުރެއްވުމުގައި އެމަނިކުފާނު އެންމެ އިސް ވާޖިބެއްގެ ގޮތުގައި ދެކިގެން އިޝާރާތް ކުރެއްވީ ރައްޔިތުންގެ މަޖިލީހަކީ ވިޔަފާރި ކުރާ ތަނަކަށް ހެދިޔަ ނުދިނުމަށް މަސައްކަތް ކޮށްދިނުމަށް". ތަޒުމީލް ވިދާޅުވިއެވެ.

ތަޒްމީލް ވިދާޅުވީ، އެރޭ ރައީސް މައުމޫން ދެއްކި ވާހަކަފުޅުގައި މަޖިލީހަކީ މެންބަރުން ވިޔަފާރި ކުރައްވަން ވަޑައިގަންނަވާ ތަނަކަށް ނަހައްދަވައި،ރައްޔިތުންގެ ހައްގުގައު މަސައްކަތް ކުރައްވާ، ރަނގަޅު ގާނޫނީ،އިސްލާހީ މަސައްކަތްތަކެއް ކުރެވޭތަނެއްގެ ގޮތުގައި ހެއްދުމަށް އެދިވަޑައިގަތް ކަމަށެވެ.

އަދި ކޮރަޕްޝަން ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް މަޖިލީސްގެ ތެރެއިންވެސްކޮށްދެއްވުމަށް ރައީސް މައުމޫން އެދިވަޑައިގެންފައިވާކަމަށް ތަޒްމީލް ވިދާޅުވިއެވެ.

އަދި އެމްއާރްއެމްގެ ޓިކެޓުގައި އިންތިހާބުވާ މެންބަރުންނަކީ ނަމޫނާ މެންބަރުންގެ ގޮތުގައި މަސައްކަތް ކުރާނެކަމަށްވެސް މައުމޫން ވިދާޅުވިކަމަށް ތަޒްމީލް ވިދާޅުވިއެވެ.

އިތުރަށް ތަޒުމީލު ވިދާޅުވީ، މަޖިލީހުގެ އެގާރަ ދާއިރާއަކަށް އެމްއާރްއެމްއިން ވާދަ ނުކުރައްވަން ރައީސް މައުމޫން ނިންމަވާފައިވާކަމަށެވެ. އަދި އެގާރަ ދާއިރާއަކީ ކޯލިޝަނުގެ އެހެން ޕާޓީތަކަށް ވަރަށް މުހިންމު ދާއިރާތަކެއްކަން ފާހަގަކުރިއެވެ.

މައުމޫންގެ ފަރާތުން މަޖިލީހަށް ކުރިމަތިލާ ފަރާތްތަކުގެ ކެމްޕެއިން ރަސްމީކޮށް ލޯންޗްކުރުމުގެ ރަސްމިއްޔާތުވެސް ވަރަށް އަވަހަށް ބޭއްވުމަށް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ގޮޅާބޫ

    ބަލަ މަޖިލިސް ވިޔަފާރި ކުރާ ތަނަކަށް ވީތީ ތަ ކަލޭމެން އެތަނުގެ ވިޔަފާރި ކުރީ ދަރިންލައްވާ ނުވި ތާކަށް ކޯޓުތަކުގައިވެސް އިގުއަޅުވާފަ އެނެރުނު އެއްޗެއް ނެރުނީ. މިއަދު ކަލޭމެންގެ އާއިލާ މިނިވަންކޮށް ތިޔަ ހުރެވެނީވެސް މަޖިލިހަކީ ވިޔަފާރި ގެއަކަށް ވީތީ. އިސްލާމީ ޝަރީއާ ހިނގާނަމަ ތިޔަ އާއިލާގެ އަދި ނައްޓުގެ އާއިލާގެ މީގެއްގެ ގުނަންތަކެއް ހަމަޔަކަށް ނުހުރީސް

  2. ސޯކާބެ

    ތިޔަވާހަކަދަށްކަވާކަށް ރީއްޗެއްނޫން މިގައުމުގައި ކޮރޕްޝަނާ ހުރިހާކަމެއް މިގައުމުގައި ފެއްޓުނީ ތިމާމީހާގެ އިހްމާލުން މުޅިމަޖްލިސް ހިސޯރްކޮއްގެން ކިތަށްއަހަރު އުޅުއްވީ ހަނދާން ނެތުނީތޯ އެއްމެމްބަރަކު 3؛ 4؛ މުއައްސަސާގެ ހައިސިއްޔަތުން ޖަވާބްދާރީވީތަން ދެކެފައި މިތިބީ މިއަދުކޮންވާހަކައެއްތޯ ތިޔަދަށްކަވަނީ އެދުވަހުއިސްލާގުކުރިނަމަ މިއަދު މިގައުމަކުން ތިކަމެށް ނުފެނުނީސް މިގައުމުގައި ޑުރަގްވެސް ސްކޫލްތަކުގައި އިސްތިހާރު ކުރިކުވަރުން މަދުައާއިލާތަކެއް ނޫނީސަލާމަތެއްނުވޭ ދޭތުރުދުރުކުރީވެސް ނިކަމެތިއާއިލާއަކުން ސޯލިހުދރިޔަކު ވެރިކަންކޮއްފާނެތީ އެކަމަކު މާތްﷲގެ އިރާދަފުޅާއެކު ތިމާމީހާގެ ތާއީދާއެކު އާދައިގެ ދަރިފަސްކޮޅެެއްގެ ބޭފުޅަކު މިއަދުވެރިކަމުގައި އެހެރީ މިއަދުވަޒީފާއަދާކުރާނެމީހަކުނެތް އާއިލާ ރޭވިގޮތުން މާތްﷲގެ ނިއުމަތަށް ޝުކުރުވެރިނުވެވުނީ 2ކުދިންނަށްވުރެ ގިނަކޮއްފިއްޔާ ކާކަށް ބޯކަށްނުދެވޭނޭކިޔާފާ

    1
    1
  3. މަޖުނުނު

    ހުރިހާ ކަމެއް ވިޔަފާރި އުޞޫލުންކޮށް ވަގުހީމައި ޖަލަށްގޮސް މިހާރު ރައްޔިތުން މަޖިލިސް ވިފާރި ގެއަކަށް ނުހަދަން ގޮވަނީތާ!

  4. މައިނާ

    މުޅިދައުލަތް ދިރުވާލައިގެން 30 އަހަރު ބައްކޮށްގެން މަޖިލީސް ހަލާކުކުރީ ކަލޭގެ ދަރިޔާ ކަލޭ. ލުއްޗާ. ގޮދައެއްގެ ފިލިކާލައިގެން ކުރެވިންބޭރަށް ނިކުމެ ދެބަނޑުކޮލީގަ ޓަކިޖަހާލަ ޖަހާލަ ތުބުން ފުންމާލަ ފުންމާލަ މިހުންނަނީ. އަދި ދުވަހެއްފެނިފަކަންނޭންގެ ގެންދަވާނީ.