ބޭންކިންގ އެންޑް ފައިނޭންސްގެ ދާއިރާއިން މަތީ ތަޢުލީމް ހާސިލު ކުރުމަށް ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށް "ބީއެމްއެމްއެލް ރިވެލި" ނަމުގައި ޕްރޮގްރާމެއް ބޭންކް އޮފް މޯލްޑިވްސް އިން އިފްތިތާހްކޮށްފިއެވެ.

މި ޕްރޮގްރާމަކީ ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަދި ވިލާ ކޮލެޖާ ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ދަށުން ބޭންކުން ފުރަތަމަ ތަޢާރަފް ކޮށްފައިވަނީ ޑިޕްލޮމާ އިން ބޭންކިންގ އެންޑް ފައިނޭންސްގެ ކޯހެކެވެ. މި ކޯހުގެ މަގްސަދަކީ ޒުވާނުންނާއި އަދި ބޭންކިންގ ދާއިރާއިން ކުރިށްދާން ބޭނުންވާ ފަރާތްތަކަށް، އެ ދާއިރާއިން ކުރިއަށް ދިޔުމަށް ބޭނުންވާ ތަޢުލީމާއި ހުނަރު ދަސްކޮށްދީ އަދި ރާއްޖޭގެ ބޭންކިންގ ޞިނާއަތަށް ބޭނުންވާ ތައުލީމީ ގާބިލް ޒުވާނުން އުފެއްދުން ކަމަށް ބޭންކުން ބުންޏެވެ.

ބީއެމްއެލް ރިވެލި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ވިލާ ކޮލެޖާއި ބޭންކާ ދެމެދު މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެެވެ. ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފެވެ. ވިލާ ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ ރެކްޓާ ޑރ. އަހުމަދު އަންވަރެވެ.

ކޯސް ކުރިއަށް ގެންދިޔުމުގައި އުގަންނައިދިނުމުގެ ގޮތުން ވިލާ ކޮލެޖަށް ލިބިފައިވާ ތަޖުރިބާގެ އިތުރުން ދާއިރާއާ ގުޅޭ ޕްރޮފެޝަނަލް އެހީތެރިކަން ބޭންކުގެ ފަރާތުން ދިނުމަށްވަނީ ހަމަޖެހިފައެވެ. މި ގޮތުން ބޭންކިން ދާއިރާގައި ތަޖުރިބާހުރި ބީއެމްއެލްގެ މުވައްޒަފުން މި ކޯހުގައި ކިޔަވައިދޭނެއެވެ. މީގެ އިތުރުން ގެސްޓް ސްޕީކަރުންގެ ގޮތުގައިވެސް ބޭންކިން ދާއިރާގެ ތަޖުރިބާކާރުން ކިޔަވައިދެއްވާނެއެވެ.

މި ޕްރޮގްރާމަކީ ބޭންކުގެ މުވައްޒަފުންގެ އިތުރުން ބޭންކިންއާއި ފައިނޭންސްގެ ދާއިރާއިން މަތީ ތައުލީމް ހާސިލުކުރުމަށް ބޭނުންވާ ފަރާތްތަކަށް އޮތް ފަހި ފުރުސަތެއް ކަމަށް ބީއެމްއެލްއިން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު