އޭޕްރީލް ހަތްވަނަ ދުވަހު އޮންނަ މަޖިލިސް އިންތިހާބުގައި 39 ރެސޯޓެއްގައި ވޯޓުފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އެގޮތަށް އިލެކްޝަންސްއިން ނިންމާފައިވާ އިރު، މިފަހަރުގެ އިންތިހާބުގައި ވޯޓު ފޮށި ބަހައްޓާނެ ރިސޯޓުތަކުގެ ތަފްސީލު އަދި ހާމަކޮށްފައެއް ނުވެއެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގައި އިލެކްޝަންސް ކޮމިޝަނުން ފުރަތަމަ ނިންމީ އެންމެ ހަތް ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓުމަށެވެ. އެ ނިންމުމަށް ގިނަ އަދަދެއްގެ ބަޔަކު ފާޑުކިޔުމާކު ފަހުން ވަނީ 100 މީހުން ރަޖިސްޓްރީގައި ތިބި ރިސޯޓުތަކަށް ވޯޓުލުމަށް ފޮށި ބެހެއްޓުމަށް ނިންމާފައެވެ. ރިޔާސީ އިންތިހާބުގައި އީސީން ވަނީ 41 ރެސޯޓެއްގައި ވޯޓު ފޮށި ބަހައްޓާފައެވެ.

އިލެކްޝަންއިން ހާމަކޮށްފައި ވަނީ މިފަހަރުވެސް ރީ ރެޖިސްޓްރޭޝަން މުއްދަތުގައި 50 މީހުންނަށްވުރެ ގިނަ މީހުން ވޯޓުލާން ރެޖިސްޓްރީ ކޮށްފައިވާ ރިސޯޓުތަކުގައި ވޯޓު ފޮށި ބަހައްޓާނެ ކަމަށެވެ. އަދި މިހާރު ބަހައްޓަން ނިންމާފައިވާ ރަށްތަކުގެ ތެރެއިންވެސް އެ އަދަދަށް މީހުން ރަޖިސްޓްރީ ނުވާ ރަށްތައް ލިސްޓުން އުނިވާނެ ކަމަށްވެސް އިލެކްޝަންސްއިން ހާމަކުރައްވައެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި 452 ވޯޓު ފޮށި ބަހައްޓާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހާދީ

    ކުދިންނޭ ހޭއަރާ ތިބޭތި ރީނދޫ ޕާޓީގެ ކުދިން ކޮޅާއެކު އީސީ ޝަރީފް ހުރިވަގުތެއް ރިސޯޓް ތަކުގައި ކުރިންވެސް (2009) ގައި ފޮށި ތައް ބަހައްޓައިގެން ވަރަށް ސަކަރާތް ޖެހި 25 މެމްބަރުން ރީނދޫ ޕާޓީއަށް ހަމަވީ ވެސް އެޖެހި ސަކާރާތަކުން ނޫންނަމަ ލިބޭނީ އެންމެ 18 ގޮޑި މިފަހަރު އެކަން ތަކުރާރު ވިޔަ ނުދޭށެވެ. މިތިބީ ދެލޯ ދަމައިގަންނަ ވަރުގެ . ވ. ން މީލައްކަ ގިނަވާހަކަ ވ ސަލާމް