ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން އިސްތިހާރު ކުރުމަށް "ވަގުތު" އިން ކޮށްފައިވާ އިއުލާނާއި އެއްގޮތައް ފޭދޫ ދާއިރާގެ ކެންޑިޑޭޓެއްގެ ގޮތުގައި އިބްރާހިމް ދީދީ (އައިބީ) ހަމަޖައްސާ އޭނާ އާއި އެކު އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.

މިހާރު ވެސް ފޭދޫ ދާއިރާގެ މެންބަރު ކަން ކުރައްވަމުން ގެންދަވާ އައިބީ އަކީ ޕީޕީއެމްގެ ވެރިކަމުގައި ސަރުކާރާއި ރައީސް ޔާމީންގެ ދިފާޢުގައި އެންމެ ވަރުގަދައަށް މަސައްކަތް ކުރެއްވި އެއް މެންބަރެވެ. ނަމަވެސް އޭނާ މިފަހަރު މަޖިލިސް އިންތިޚާބުގައި ވާދަކުރައްވަނީ މިނިވަން މެންބަރެއްގެ ގޮތުގައެވެ.

"ވަގުތު" އިން އައިބީ އާއި އެކު އެއްބަސްވުމުގައި ސޮއި ކުރުން – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
"ވަގުތު" އިން އައިބީ އާއި އެކު އެއްބަސްވުމުގައި ސޮއި ކުރުން – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

މިހާތަނަށް ކެންޑިޑޭޓުން "ވަގުތު" ގައި އިސްތިހާރު ކުރުމުގެ ޕެކޭޖް ނަންގަވާފައި ނުވާ ދާއިރާތަކުގެ ކެންޑިޑޭޓުންނަށް އަދިވެސް "ވަގުތު" ގައި އިސްތިހާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. "ވަގުތު" ގައި އިސްތިހާރު ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ގުޅުއްވާނީ 9974666 ނުވަތަ 9152162 އަށެވެ.

މިހާތަނަށް މާފަންނު ހުޅަނގު ދާއިރާ، ހެންވޭރު އުތުރު ދާއިރާ، ހެންވޭރު ހުޅަނގު ދާއިރާ، ހިތަދޫ މެދު ދާއިރާ، ހިތަދޫ އުތުރު ދާއިރާ، ފޭދޫ ދާއިރާ، ކިނބިދޫ ދާއިރާ، މަތިވެރި ދާއިރާ، އުނގޫފާރު ދާއިރާ، ކާށިދޫ ދާއިރާ، ނައިފަރު ދާއިރާ، ދިއްދޫ ދާއިރާ، ތިނަދޫ ދެކުނު ދާއިރާ، ގަމު ދާއިރާ، ހެންވޭރު ދެކުނު ދާއިރާ، މަޑުއްވަރީ ދާއިރާ އަދި މައްޗަންގޯޅީ މެދު ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން "ވަގުތު" ގައި އިސްތިހާރު ކުރާނެ ކެންޑިޑޭޓުން މިހާރު ވަނީ ނިންމާފައެވެ.

އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން އިލެކްޝަންސް ކޮމިޝަނުން ތަރުތީބު ކުރުމުގެ ކުރިން ވެސް "ވަގުތު" މެދުވެރިކޮށް އިސްތިހާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.