އއ.މަތިވެރީ އެސްޓީއޯ ބޭސްފިހާރަ ތިޖުރީ ވަގަށް ނަގައިގެން ދެމީހަކު ފިލަން އުޅެނިކޮށް ފުލުހުންނަށް ފެނުމުން ތިޖޫރި ދޫކޮށްލުމަށް ފަހު ދެ ވަގުން ފިލައިފިއެވެ. ދެވަގުން ތިޖޫރި ދޫކޮށްލުމަށް ފަހު ފިލުމުން ތިޖޫރި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ފުލުހުން ވިދާޅުވީ ބުދަ ދުވަހުގެ ދަންވަރު 02:50 ހާއިރު މަތިވެރި ޕެޓްރޯލް ކުރަން ހަރަކާތްތެރިވި ފުލުހުންނަށް ދެ މީހަކު ތިޖޫރީއެއް ހިފައިގެން އުޅެނިކޮށް، ފެނިގެން މަޑުކުރަން އެންގުމުން ތިޖޫރީ އެއްލާލުމަށް ފަހު ފިލާފައިވާ ކަމަށެވެ.

އެކަމާއި ގުޅިގެން ރަށުގެ ހުރިހާ ފިހާރައެއް އަދި އޮފީސްތައް ބެލިބެލުމުން އެސްޓީއޯ ބޭސް ފިހާރައިގެ ތިޖޫރީ ފަޅާލާފައިވާ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ތިޖޫރީ މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައިވާ ކަމަށާއި މައްސަލައިގެ އިތުރު ތަފްސީލު ހަމާކުރާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ. ތިޖޫރީގައި ހުރީ ކިހާ އަދަދެއްގެ ފައިސާކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.

ފަހަކަށް އައިސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ތިޖޫރި ވަގަށް ނެގުން ވަނީ ވަރަށް ބޮޑަށް އިތުރު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މުހައްމަދު

    ފުލުހުންނޭ ، ހަހަހަހަ ، އަޅުގަޑުމެން އެއްވެސް އިތުބާރު ކުރާބައެއްނުން..

  2. މަނަދޫ ސޭކުބޭ

    މިލާދީނީ ސަރުކާރުގެ ލާދީނީކަމުންގޮސް އއ.މަތިވެރީ އެސްޓީއޯ ބޭސްފިހާރަ ތިޖުރީ ވަގަށް ނަގައިގެން ދެމީހަކު ފިލަން އުޅެނިކޮށް ފުލުހުންނަށް ފެނުމުން ތިޖޫރި ދޫކޮށްލުމަށް ފަހު ދެ ވަގުން ފިލައިފިއެވެ. މިސަރުކާރުގެ ލާދީނީކަމުން ފަހަކަށް އައިސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ތިޖޫރި ވަގަށް ނެގުން ވަނީ ވަރަށް ބޮޑަށް އިތުރު ވެފައެވެ. ލާދީނީސަރުކާރު؟؟؟

  3. ސޯލި

    މީ ތިޖޫރީ ސަރުކާރު ސާބަހޭ އިބޫ ތިޖޫރީ ހުރިތާވަޅުގަނޑުވެސްނެތް ވަށްކަން ޔާހަބޭސް....

  4. އަހުމަދު

    ފުލުހުން ތީ ބޮޑު އެރެކްނަޓެއް އެއްވެސް ތާކުން ތާކުޖެހޭބައެއް ނޫން