އިންޑިއާ ސިފައިން ރާއްޖޭގައި ދުއްވާ ހެލިކޮޕްޓަރުގައި ބަލި މީހަކު މިއަދު ހެނދުނު މާލެ ގެނެސްފިއެވެ.

އެމްއެންޑީއެފް އިންމިއަދު ވިދާޅުވީ އއ.ތޮއްޑޫ ހެލްތު ސެންޓަރުގައި ފަރުވާދެމުންދިޔަ ހާލުބޮޑު ބަލި މީހަކު ހެލިކޮޕްޓަރުގައި މިއަދު މާލެ ގެނެސްދީފިއައިވާ ކަމަށެވެ.

"އެމްއެންޑީއެފް މާލޭ އޭރިއާގެ އެހީތެރިކަމާއެކު މިއަދު ހެނދުނު 08:30 ހާއިރު މާލެ ގެނެސްދީފައިވަނީ އުމުރުން 59 އަހަރުގެ އަންހެނެކެވެ." އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އޭނާ މާލެ ގެނެސްދީފައި ވަނީ ޞިއްޙީ އިތުރު އަވަސް ފަރުވާއަށް މާލެ ގެންދިއުމަށް އއ.ތޮއްޑޫ ހެލްތު ސެންޓަރުން އެ މީހާ ބެއްލެވި ޑޮކްޓަރުން ލަފާ ދެއްވުމުން ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.

އޭނާ މިހާރު ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މާރިއާ

    ކޮބާ ހީވޭ. ދެން އަހަރެމެން ރުއްސަން ތިޔަ ހެލިކޮޕްޓަރުން ވަރަށް ބައިވަރު ދަތުރު ކޮށްދޭނެ. ހަމަ ރީނދޫ ގަމާރުންތައް ތިކަމަށް ހެއްލި ދެބަންދިހާރަވެފަ ތިބޭނީ.????

    2
    2
  2. ބަރާބަރު

    ވަގުތު ހަބަރަށް ޟުކުރު އަދާކުރަން.ހަގީގަތާ އެއްގޮތަށް އޮލުވާލުމެއްނެތި ހަބަރުތައް ގެނެސްދޭތީ.

  3. މުޙައްމަދު

    އިނދިއާ ހެލިކޮޕް ޓަރެއް ރާއްޖޭގައި ނުއޮންނާނެ. މޮޔަވީތަ. އެއީ ރާއްޖެއަށް ހަދިޔާކޮށްފައި ވާއެއްޗެއް. ރާްްޖެއަށް ގެނެސްފައި ތިބި ބޭރުގެ ސިފައިން ޕްރެކްޓިސް ކުރަން ދުއްވާއެއްޗެއް.