ދިވެހިރާއްޖޭގައި ހުންނަ އދ.ގެ ޕޮޕިއުލޭޝަން ފަންޑް ނުވަތަ ޔުނައިޓެޑް ނޭޝަންސް ފަންޑް ފޯ ޕޮޕިއުލޭޝަން އެކްޓިވިޓީސް (ޔޫއެންއެފްޕީއޭ) ގެ ދިވެހިރާއްޖެއަށް ހާއްސަ ފޭސްބުކް ޕޭޖުން އެއް ޖިންސުން ޖިންސީ ގުޅުން ހިންގުން ޕްރޮމޯޓް ކޮށްފިއެވެ.
އެއް ޖިންސުން ޖިންސީ ގުޅުން ހިންގާ އިރު ވެސް ސަމާލުކަން ދޭން ޖެހޭ ކަންކަން ބަޔާންކޮށް ޔޫއެންޑީޕީ އިން ޕޯސްޓް ކޮށްފައިވާ ފޮޓޯއެއް ޔޫއެންއެފްޕީއޭގެ ދިވެހިރާއްޖޭގެ އޮފީހުން ވަނީ ޝެއާ ކޮށްފައެވެ. އެފޮޓޯގައި ފެންނަނީ ދެފިރިހެނަކު ޖިންސީ އަމަލެއް ހިންގަން ތައްޔާރު ވެގެން ތިބި މަންޒަރެވެ.
ރާއްޖޭގެ ޔޫއެންއެފްޕީއޭ އޮފީހުން، އެއް ޖިންސުން ޖިންސީ ގުޅުން ހިންގުން ޕްރޮމޯޓް ކޮށްފައި މިވަނީ ރާއްޖޭގައި ޖަރުމަންވިލާތުގެ ދެއަންހެނުން ކައިވެނި ކުރިތާ 24 ގަޑިއިރު ވެސް ނުވަނީސް ކަން ފާހަގަ ކޮށްލެވެއެވެ.
ރާއްޖޭގެ ޔޫއެންއެފްޕީއޭ އޮފީހުން، އެއް ޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރިއިރު އެއްވެސް ބައެއްގެ ދީނާއި އާދަކާދަތާއި ހިލާފު އެއްވެސް އަމަލެއް އެއްވެސް ގައުމެއްގައި ހިންގުމަކީ އދ.ގެ ޗާޓަރުތަކުގެ ދަށުން އެޖަމިއްޔާގެ ދަށުން ހިންގާ އެއްވެސް ޖަމިއްޔާއަކަށް ވެސް އަދި މުވައްޒަފަކަށް ވެސް ހުއްދަ ކަމެއް ނޫނެވެ.
އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމަކީ އިސްލާމްދީނާއި ދިވެހިންގެ ސަގާފަތާއި މުޅިން ހިލާފު ކަމެކެވެ. އެއް ޖިންސުން ކައިވެނި ކުރުމަށް ހިތްވަރު ލިބޭ އެއްވެސް އެއްޗެއް ޕްރޮމޯޓް ކުރުމަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ ދަށުން މަނާ ވެސް ކަމެކެވެ.
ފަހަކަށް އައިސް އިސްލާމްދީނު އުސޫލުތަކާއި ހިލާފު ވާހަކަދެއްކުމާއި، އިސްލާމްދީނާއި ހިލާފު ކަންކަން ފެތުރުން ރާއްޖޭގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ނަމަވެސް އެކަންކަން ހުއްޓުވަން ސަރުކާރުން އެއްވެސް މަަސައްކަތެއް ކުރާ މަންޒަރެއް ނުފެނެއެވެ.
އަހަރުމެނަށް ކުރެވޭނެ. ކުރާތަންވެސް ފެންނާނެ.
ސާބަހޭ ސޯލިހުބެ ތިކުރައްވާ ބުރަމަސައްކަތަށް. ވަގުތު ޖެހެން ކައިރިވަނީއެވެ. މަމެން މިހެންނެއް ނުތިބޭނަން.
ކޮބާތަ އިޔާޒު އާއި އިމްރާނާއި އިލިޔާސް؟؟
މީތަ ކަލޭމެން ގެނެސްދިން ހެޔޮ ވެރިކަން؟
މަށެއް ނުހިންގަން އެއްޖިންސަކުން ގުޅުމެއް. މަ ނުވެސް އިންނާނަން. އެކަމަކު ތުބުޅިލާފަވެސް އެބަތިބި އެގުޅުން ހިންގާމީހުން. ބުރުގާ އަޅައިގެންވެސް އެބަ ތިބި އެކަހަލަ ބަޔަކު. ދޮގެކޭ ބުނެބަލަ.
ތިދައްކަނީ އިންސާނުންގެ ވާހަކަތަ ނުވަތަ މަލާއިކަތުންގެ ވާހަކަތަ؟!
މިއޮތީ ނުކުރެވިގެން މަރުދަންޖެހުނު ކަންތައް ފަށާފަ.
މިސަރުކާރު ހޮވިމީހުން ނަކީ ވަރައް ގަމާރު މީހުން. ދެރަ ކަމެއްމީ.
ބަޔަކު ކުރިއްޔާ އެކަން ދެން ތިބި އެންމެން ކުރަންޖެހޭތަ؟ އަހަރުމެން ދީނުގަ ފިރިހެނަކު ހަތަރު އަންހެނުންނާ އިންނާތީ އެކަމާ އެމީހުން މައްސަލަ އެއް ނުޖައްސާ؟ އަހަރުމެން ކީއްވެގެން މިއުޅެނީ؟
ޜާއްޖެއިން އެކަން ޕްރޮމޯޓު ކުރީމަ މައްސަލައަކީ. ނުޖެހޭ ޕްރޮމޯޓު ކުރާކަށް!!!!
އެމީހުން މައްސަލައެއް ނުޖައްސާ. ބޮޑެތި ކެމްޕޭން ހިންގަނީ ޕޮލިގެމީ އާއި ދެކޮޅަށް. އެމީހުން ދެކޭގޮތުގައި ކައިވެނި ކުރެވެން ޖެހޭނީ އެންމެ މީހަކާ. ދެން ހެޔޮ އިތުރަށް ކިތަންމެ ބަޔަކާ ގުޅުން ހިންގިޔަސް އެކަކާ އިނދެގެން އުޅެންޏާ. ޔޫރަޕުގެ ގިނަ ގައުމުތަކުގައި ކައިވެންޏަކީ ކުރާ ވެސް އެއްޗެއް ނޫން މިހާރު. އެކަމުގެ އެންމެ ބޮޑު ސަބަބަކީ ދެމަފިރިން ވަރިވެއްޖެ ނަމަ މުދާ ބެހުމުހެ ކަންތަކާ ޖިންސީ ހަމަހަމަކަމުގެ ނަމުގައި ހަދާފައިވާ ބޭއިންސާފު ޤާނޫނުތައް. 80 ގެ އަހަރުތަކުން ފެށިގެން ޔޫރަޕާއި އެމެރިކާގައި އުފަންވެފައިވާ ގިނަ މީހުންނަކީ ކައިވެނިން ބޭރުން ބަލިވެ އިނދެ ވިހާފައިވާ މީހުން.
ދެންވެސް ދަންނަން ވެއްޖެއެއްނު ކިތަންމެ މަޖްބޫރެއް ކުރިޔަސް އެންމެންނެއް މާތްވެގެންވާ އިސްލާމް ދީނަކު ނުތިބޭނެ. ހުރިހާ އެންމެންގެ ބޯ ގަމާރެއްވެސް ނުވާނެ ދޯ؟
ކަލޭމެން ބުނި ވިޔަކަ ނުދޭނަމޭ. އެކުރީނު؟ އަދިވެސް ކުރާނެ. ބޮޑު ކަނޑާނީ! ބޯ ކެނޑިދާނެ. ނުހުއްޓުވޭނެ. އެންމެން އަބަދަކު ގަމާރެއް ނުވާނެ.
ޖަޒީރާރާއްޖެ! އެއްޖިންސުން ކައިވެނިކުރުން އިސްތިހާރުކޮށް ތަޢާރަފްވެއްޖެ! އެއްޖިންސުން ގުޅުންހިންގުން އިސްތިހާރުކޮށްފި! އިސްލމްދީނަށް ބަދުބަސްބުނެ މަލާމާތްކުރުން އިތުރުވެއްޖެ! ފާޅުގައި އިސްލާމްދީނަށް ހަޖޫޖެހުން ގިނަވެއްޖެ! އީޔޫ އިން ފައިސާ ޚަރަދުކުރީ މިކަންކަމަށް ޝަރުޠުކޮށްފައެވެ. އަދި ކުރިޔަށްއޮތްތަނުގައި ބޮޑަތި ކަންތައްތައް ފެނިގެންދާނެއެވެ.
އެއި ހާދަ މަޖާ ކުޅިއަކަށް ވާނޭ. ޙަހަހަހ
ކޯލިޝަނަށް މެޖޯރިޓީ ހޯދަންމިއުޅެނީ މިކަހަލަ ކަންކަމަށް ގާނޫނުގެ ތެރެއިން ހުއްދަދިނުމަށް ދިވެހި ރައްޔިތުންނޭ ވިސްނަވާ މިކަންކަމުގަ މަތިއަޅަންވެގެން ކުރީގެ ވެރިމީހާ ކޯޓަށްދަމަނީ ؟؟
ޖަޒީރާ ގުޅުން
މިއިން ކޮންމެ މީހަކު 4 އަނބިންނާ އިނީމަ އަހުން އިންނާން ހުންނާނީ ކާކު؟ ފިރިހެނެއް ވެސް ނުވާނެ. ބަންގާޅު މީހުން އައުންވެސް އެއުޅެނީ ހުއްޓުވަން.
ކޮބާތަ އެމްޑީޕީއަށް ސަނާކިޔާ ޝޭހުންތައް. ނިކަން ކެރެންޏާ އެއްޗެކޭ ބުނެބަލަ!
ދިވެހިން ވިސްނާކަށް ބޭނުމެއް ވެސްނުވާނެ ހުރިހާކުދިން ލޯމަރާލައިގެން ތިބޭ.. އޯކޭވާނެ....
މިގައުމު ހަލަާކު ވެއްޖެ.
ރާއްޖެއަށް ރަންގަޅީ ސެކިއުލަރިޒަަމް
މިއީ ލާދީނީ ރީނދޫ ސަރުކާރުން ރާވައިގެން ހިންގާ ކަންކަން. މީގެކުރިންވެސް ޔޫއެންއެފްޕީއޭ އޮތެއްނު؟ ތިޔަ ކަހަލަ ކަމެއް ނުފެނޭނު؟ އެކަމަކު ރީނދޫ ލާދީނީ ބައިގަނޑުގެ ވެރިކަން ހަމަފެށޭއިރަށް ފިލި ޖަހާލީމާ މަސް އައިން ތިލަވާހެން މިދަނީ ފެންނަމުންނެވެ. މާތްﷲ މި ނުބައި ބައިގަނޑުގެ ކިބައިން މިގައުމު ސަލާމަތްކޮށްދެއްވާ، އިސްލާމްދީނަށް މިބިންމަތީގައި ގަދަކަން ދެއްވަވާ ފާނދޭވެ.
????????????????????????
ޕްރޮމޯޓްކޮއްފަ އެއޮތީ! ދެންކިޔެއް ކުރެވޭނީ. ދެންހަމަ ގަޅިންތައް ތިބެންޖެހޭނީ އެއްޗެހި ގޮވަގޮވާ.
ތިކައިވެނި ކުރިރަށުގެ މުވައްޒަފުންވެސް އެކަން އެނގިތިބެ ކަމާބެހޭ ފަރާތަށް ނެއެންގުމުން ސުވާލު ކުރެވެންޖެހޭ.
ޤައުމުގައި ހުރިހާ ނުބައެއް ފަތުރަނީ މިބައިގަނޑު. ޒިނޭ ފަތުރަނީ، ލިވާތު ފަތުރަނީ. މިމީހުން މިޤައުމުން ބޭރު ކުރޭ.
ކޮބާ ފުލުހުން މިމައްސަލަ ބަލާބަލަ.
ޖަޒީރާވަންތަ ސަރުކާރުން ދީން ވިއްކައިގެން ހަރާން ލާރިން ކެންޕޭންކުރާނެކަން މާ ކުރިންވެސް އެނގޭ. މިކަހަލައެއްޗެއް ފެނިގެން ހައިރާނެއްނުވަން
މާމެން ހަލަކުވެއްޖޭ