އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ބެހި އެސްއޯއެފް ކުންފުނިން ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކަށް އެއްލައްކަ އެމެރިކާ ޑޮލަރު (1.5 މިލިއަން ދިވެހި ރުފިޔާ) ދީފައިވާ ކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު އާއްމު ކުރި ރިޕޯޓުގައި ވިދާޅުވެއްޖެއެވެ.

އޭސީސީ އިން އާއްމު ކޮށްފައިވާ ރިޕޯޓްގައި ރީކޯ މޫސައަށް އެއްލައްކަ ޑޮލަރު އެސްއޯއެފް އިން ދީފައިވާކަން ބުނެފައި ވީނަމަވެސް އިތުރު ތަފްސީލެއް ހިމަނާފައެއް ނުވެއެވެ.

ކުރިން އެމްޑީޕީގައި އިސްކޮށް ހަރަކާތްތެރިވި މޫސަ، ރައީސް ޔާމީންގެ ވެރިކަމުގެ ވަރަށް ކުރީކޮޅުން ފެށިގެން ސަރުކާރަށް ތާއިދު ކުރައްވަން ފެއްޓެވިއެވެ. އޭނާ އެމްޑީޕީ އިން ވަކިވި ފަހުން އެދުވަސްވަރު ޕީޕީއެމްއަށް ސޮއި ކުރައްވަން އުޅުއްވާ ޚަބަރު ވެސް ފެތުރުނެވެ. ނަމަވެސް މޫސަ ޕީޕީއެމް އަށް ސޮއި ކުރެއްވީ ރައީސް މައުމޫން ޕީޕީއެމް ދޫކުރައްވާ ވަޑައިގެންނެވި ފަހުންނެވެ.

މޫސަގެ އިތުރުން ވެސް މަޝްހޫރު އެތައް ބަޔަަކަށް އެމްއެމްޕީއާރްސީ ފައިސާ އިން ވަނީ ބައި އަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޖަަގަ

    ރިޕޓްކޮބާ ލިންކުދީބަލަ

  2. އަހަރެން

    ތި ރިޕޯރޓުގައިވައި އެއްވެސް މީހަކު މހސަރުކާރުގެ ވަޒީފާއެއްގަ ހުރިނަމަ ވަގުތުން ބޭރުކޮއްލުމައް ގޮވާލަން.

    1
    1
  3. Anonymous

    ޗަމްޕާ ބްރަދަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަކ މ.ޗަމްޕާ ހެވަން، މުޙައްމަދު މޫސާގެ ޢާއިލ ޙިއްޞާ އޮންނަ ކުންފުންޏެކެވެ.
    އެމް.އެމް.ޕ .އާރ.ސ އަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ޖުމްލަ 352000 ތިން މިލިއަން ފަސްލައްކަ ވިހިހާސް

    ޗަންޕާގެމައްޗަށް ވެސް ހިމެނޭގޮތަށް އެންމެންގެ މައްޗަަށް ވެސް ދައުވާކުރޭ! އަދި ދައުލަތަށް އެފައިސާ ހޯދާ.. ނޫނީ އެސެޓް ހިފަހައްޓާ!

  4. މަސްވެރިޔާ

    ރިޕޯޓްގައިހުރި ފުރިހަމަ މައުލޫމާތު ރައްޔިތުންނަށް މީހުންގެ ނަމާއި އެއްކޮށް ހާމަކޮށްދިނުމުގައި ވަގުތުގެ ޓީމުން ކުރާ މަސައްކަތަށް ސާބަސް. ގިނަ މުއާމަލާތްހުރީ ކުންފުނިތަކުގެ ނަމުގަވީމަ ޑިރެކްޓަރުންގެ މައުލޫމާތު އެގިގެން ނޫނީ ވީނުވީއެއް ރައްޔިތުންނަށް ނޭގޭނެ. މިހަރާމް ޖަރީމާގެ ތެރެއިން ފައިސާ ލިބުނު އެއްވެސް މީހަކު މަގާމުގައި ހުރެގެން ނުވާނެ. ކުރިމަތިލާންޖެހޭނީ އަދަބާއި. 1 ޑޮލަރ އެކޭ 1 މިލިއަން އެކޭ ޚިޔާނަތުގައި ތަފާތެއްނެތް. ރައްޔިތުންގެ މައާފް ކުރުމެއްނެތް. ޝަރީއަތާއި ކުރިމަތިލާން ޖެހޭނީ.

  5. އިދުރީހު

    މިކަން ފަޅާއަރާފާނެތީ އަވަހައް އިބޫއާއި އެއްކޮޅައް އެރީ ޔާމީނު ކަމުނުދިޔައީ ކިތައްލައްކަ މީހުންގެ ހައްގުތި ދިރުވާލީ މިއާލާތުންނައް އެންމެ ހަރުކަށި އަދަބުދިނުމައް ގޮވާލަން

  6. ނޫޑުލްސް

    ހެވީ ލޯޑް އައް ޑީލް ސަރުކާރު ތެރޭން ހެދި މީހާ ހުރީ އެކަމުގަ ބެދި ޖަލުގަ. އެކަމަކު ލާރިގަނޑު ނެގި ވަގުންތައް ރިސޯޓު ހުޅުވަނީ. ދިވެހިންނޭ ހޭލަބަލަ. މިކަހަލަ ވަގުން ހަމަ ދޫކޮއްލަންވީތަ؟؟؟

  7. ގާދިރު

    ހެވީލޯޑައްވީވަރެއްދަމައިގަނެފަޔާމީނުޖަލައްލާފައަޝްވާޑުބޮލައްކަނޑަލީމަސަލާމަތްވެވިދާނެކަމައްތަހީކުރަނީ