އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތައް ލިބުނު ފައިސާ އެސްއޯއެފް މެދުވެރިކޮށް އެތައް ބަޔަކަށް ބަހާލި ޖަރީމާ އާއި ގުޅޭ ތަޙްޤީޤު ރިޕޯޓް މިއަދު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އާއްމު ކޮށްފިއެވެ.

ކުރިން ހީކުރެވިފައި އޮތް ގޮތުގައި އެމްއެމްޕީއާރްސީގެ ގިނަ ފައިސާ ލިބިފައި ވާނީ އޭރު ސަރުކާރުގައި ނުފޫޒުގަދަ ކޮށް އުޅުއްވި ބޭފުޅުންނަށެވެ. ނަމަވެސް މިއަދު ރިޕޯޓް އާއްމު ކުރުމުން ކަށަވަރު ވެފައި ވަނީ ގިނަ އަދަދެއްގެ ފައިސާ އޭރު ސަރުކާރާއި ދެކޮޅު މިހާރު ސަރުކާރުގެ މަތީ ފަންތީގައި ތިބި ފަރާތްތަކަށް ލިބިފައިވާކަމެވެ.

00:45 - ރައީސްގެ ސުވާލު: އޭސީސީގެ ރިޕޯޓް އާއްމު ކުރުން ލަސްކުރީ ކީއްވެ؟

 

00:46 - މަޙުލޫފް އަދީބަށް: ކެންޕެއިންނަށް ދީފައިހުރި ލާރި ދޭކަށް ނުޖެހޭނެ

23:04

އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތައް ލިބެން ޖެހޭ ފައިސާގެ ތެރެއިން އެސްއޯއެފް މެދުވެރިކޮށް ބަހާލި ފައިސާ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހުގެ ހިއްސާ އޮތް މެރިން ޑިޒައިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށްވެސް ލިބިފައިވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ތަހުގީގު ރިޕޯޓުގައި ބުނެފިއެވެ. އެކުންފުންޏަށް ވަނީ 80000 ޑޮލަރު ލިބިފައެވެ.

 

22:30

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އެކައުންޓަށް ވަން މައްސަލާގައި މިނިސްޓަރ މަހްލޫފާއި ސްޓޭޓް މިނިސްޓަރ އަކްރަމް ގޭގައި މަޑުކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އެންގުވުމުން އެމަނިކުފާނުގެ ހިތްވަރު ގަދަކަން ހާމަވެގެން ގޮސްފައިވާ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

22:00 -

އެސްއޯއެފް އިން ޖަމާކުރީ ޑޮލަރު ގަތް ފައިސާ ކަމަށް ވިލާ ޓްރެވެލްސް އިން ބުނެފިއެވެ.

21:45 -

ގޭގައި މަޑުކުރަން އެންގުމުން ގޭންގްތަކުން މަލާމާތް ކުރަން ފަށައިފި ކަމަށް ޔޫތު މިނިސްޓަރ މަހްލޫފް ވިދާޅުވެއްޖެއެވެ.

21:12 -

21:11 -

20:09 - ޑރ. އިޔާޒްގެ ގޭގައި ދިރިއުޅޭ މީހެއްގެ އެކައުންޓަށް އެސްއޯއެފްއިން 40 ހާސް ޑޮލަރު ޖަމާކޮށްފައިވޭ.

19:45 - އޭސީސީގެ ރިޕޯޓް ޤަބޫލެއް ނުކުރާނަން - ޝުނާނާ

 

19:30 - ރިޕޯޓް ނެރުނަސް މުޒާހަރާ ކުރަނީ

 

19:08 - އެކައުންޓަށް ޖަމާކޮށްފައިވާ ޑޮލަރުތަކަކީ ވިޔަފާރިއަށް ގަތް ޑޮލަރު - މެގަޗިޕް

18:50 އެސްއޯއެފްގެ މުއާމަލާތް އޭރުގެ ގަވަނަރުގެ ސަމާލުކަމަށް ގެނެވުނު - އޭސީސީ ރިޕޯޓު

18:49 - އަކުރަމް ކަމާލުއްދީންވެސް ގޭގައި މަޑުކުރައްވަން ރައީސް އަންގަވައިފި.

18:48 - މަހުލޫފު ގޭގައި މަޑުކުރައްވަން ރައީސް އަންގަވައިފި.

18:35 - ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަދުން ހުސައިންގެ ކުންފުންނަށް 105 ހާސް ޑޮލަރު ދީފައިވޭ.

17:29 - އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި ސްކޯސް އޮފް ފްލެއާ (އެސްއޯއެފް) މެދުވެރިކޮށް، ފައިސާތައް ބަހާލި ޖަރީމާގައި އައިލެންޑް އޭވިއޭޝަންގެ ބޯޑު މެމްބަރެއް ކަމަށްވާ އަބްދުﷲ އާޒިމްގެ އެކައުންޓަށް 50 ހާސް ޑޮލަރު ޖަމާވެފައިވާކަން އޭސީސީން މިއަދު ނެރުނު ބަޔާނުން ހާމަވެއްޖެ.

17:08 - ސްޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރަން މަޖިލިސް މެމްބަރުންނަށް 10 މިލިއަން ރުފިޔާ ދީފައިވޭ.

16:30 - އެސްއޯއެފްއިން އަޅުގަނޑަށް އެއްވެސް ފައިސާއެއް ދީފައި ނޯންނާނެ - ރިޔާޒް

16:24 - އެސްއޯއެފް އިން އަނދުން ފަޔާޒަށް 5 ލައްކަ ފަންސާސް ހަތްހާސް ޑޮލަރު ދީފައިވޭ.

15:37 - ބޮޑު ހިޔާނާތުގައި ވިލާ ޓްރެވެލްސްއަށް ހަތް ލައްކަ ޑޮލަރު ދީފައި ވާކަންވެސް އޭސީސީ ރިޕޯޓުން އެނގިއްޖެ.

 

15:33 - އެމްއެމްޕީއާރު ސީ ފައިސާއިން ހަވާ އަރުވާ، އާއަހަރުގެ ޝޯ ބާއްވަން ފަންނާނުން ގެންނަން އެއް މިލިއަން ޑޮލަރު.

15:03 - ސްކޯސް އޮފް ފްލެއާސް (އެސްއޯއެފް) ކުންފުނީގެ އެކައުންޓުން ތ. ގުރައިދޫ ދާއިރާގެ މެމްބަރު ހުސައިން މަނިކު ދޮންމަނިކުގެ އެކައުންޓަށް 250،000 (3862500 ރުފިޔާ) ޑޮލަރު ޖަމާކޮށްފައިވާކަން އޭސީސީން މިއަދު ނެރުނު ރިޕޯޓުން އެނގިއްޖެ.

14:55 - ސްކޯސް އޮފް ފްލެއަރ (އެސްއޯއެފް) އިން ފައިސާ ޖަމާކުރިކަން އެނގުނީ ދާދިފަހުން ކަމަށް ޔޫތް މިނިސްޓަރ އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެ.

14:51 - ގޯހެއް އުޅޭނަމަ އިސްތިޢުފާ ދެއްވާނެ ކަމަށް ޔޫތް މިނިސްޓަރ އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެ.

14:32 - ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގައި އައްޑޫ ސިޓީ ހުޅުދޫ ދާއިރާއަށް އެމްޑީޕީ ޓިކެޓްގައި ވާދަކުރައްވާ އިލްޔާސް ލަބީބުގެ އާއިލީއަށް ނިސްބަތްވާ މެގަޗިޕް ކުންފުނީގެ އެކަންޓަށް 9000 ޑޮލަރު ވަދެފައިވާކަން މިއަދު އޭސީސީން ހާމަކުރި ރިޕޯޓުން އެނގިއްޖެ.

 

14:17 - އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ޖަމާކޮށްފައިވާ އެސްއޯއެފްގެ އެކައުންޓަކުން، ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދަށް 424255 އެމެރިކާ ޑޮލަރު ޖަމާކުރިން ހާމަވެއްޖެއެވެ.

13:48 - އެސްއޯއެފް އިން އެފްއޭއެމްގެ ރައީސް ބައްސާމްގެ އެކައުންޓަށް 29 ހާސް ޑޮލަރު ޖަމާ ކުރިކަން ހާމަވެއްޖެ.

 

 

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ހޯރަ

    ލިސްޓެއްގޮތަށް، ކޮންބަޔެއް ކަމާއި ލިބުނުވަރު ބުނެލަދީފިއްޔާ ވަރަށް ފަސޭހަވާނެ

  2. ވަގު ފުލުސް

    ވަގުތުން ތިޔަ ވަގުންގެ ލިސްޓު ހާމަ ކޮށްދޭ ކަމަށްޓަކައި ޝުކުރިއްޔާ

  3. ބަނޑޭރި

    ހުސް ވަގުން!!

  4. މޫސާ މަނިކު

    ޢަޒީމާ އަށް އެނގޭ. އޭރު އެތާ އަދީބު ކާރު އޮވޭ ކޮންމެ ދުވަހަކު ހަވީރު.. އޭގެ އިނާމެއް ގެ ގޮތުން ފިރިކަލުންނަށް ވަޒީފާ ޔޫ އެން އިން ދިނީ... ދެން މިހާރު ހުރި ގަވަރުނަރާށް އިންތިހާބު ތެޜޭ ޔާމިން އެކައުންޓަށް 100000 ޑޮލަރު ވަން ކަޏް އެންގި މުވައްޒިފަށް ފިޔަވަޅު އެޅީ ޔާމިން ގުޅާއިރަށް ... މިއީ މުވައްޒިފެއް

  5. ވަރަށް ވާހަކަމީ

    ޕްލެންކްޓަން އިންވެސްޓްމެންޓް ގެ ވާހަކަ ވެސް ވަރަށް މުހިއްމު (70000). ސަބަބަކީ އެކުންފުންޏަކީ މީގެ ދުވަސްކޮޅެއް ކުރިން، މިހާރުގެ ވައިކަރަދޫ ދާއިރާގެ މެމްބަރ މުހައްމަދު ނާޒިމް، 7903678 ގެ 33.33 ހިއްސާ އޮތް ކުންފުންޏެއް. އެކަމަކު ފަހުން ނާޒިމްގެ ހިއްސާވަނީ އެއްކޮށް އެކުންފުނީގެ އަނެއް ދެ ޑިރެކްޓަރުން ކަމަށްވާ އިބްރާހިމް އާތިފް، 7773514 އަށާއި އަހްމަދު މަރުސޫމް، 7787408 އަށް ވިއްކާލާފަ. މީ 100% ތެދުމައުލޫމާތު. އިތުރަށް ސާފުކުރަން ބޭނުން ނަމަ ޕްލެންކްޓަން އޮފީހަށް ގުޅާ. 3303678، ނޫނީ އޮފީހަށް ޖައްސާލާ. ޕްލެންކްޓަން އޮފީސް އިންނާނީ ކުރީގެ ސޮނީހާރޑްވެއަރ ކުރިމަތިން ހ.ތޮނާޑާ 1 ވަނަ ފްލޯރ.

    • ކުރުކޮށް ފޮނިކޮށް

      ހީވަނީ ވަރަށް ބޮޑަށް މިކުންފުންޏާއި ޖެހިފަހުރި މީހެއްގެ ކޮމެންޓެއްހެން. އެއްކުންފުނިން އަނެއް ކުންފުންޏަށް ޑޮލަރު މާރު ކުރުމަކީ ވަރަށް އާންމު ކަމެއް. މިއީ ދައުލަތުގެ ކުންފުނިތަކުގައިވެސް އާއްމުކޮށް ކޮށްއުޅޭކަމެއް. އޭސީސީ އިން މިކަން އިތުރަށް ތަޙްޤީޤުކޮށް ރިޕޯޓް ނެރެން ޖެހޭ. ކުންފުންޏެއްގެ ބޭންކް ސްޓޭޓްމެންޓަކަށް ބިނާކޮށް އެތަކެއް (ހިޔާނާތުގައި ބައިވެރިނުވާ) ކުންފުންޏެއްގެ އަގު ވައްޓާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. ރަނގަޅު ތަހްޤީޤެއްކޮށް ހިޔާނާތުގައި ބައިވެރިވި ޙަޤީޤީ މުޖުރިމުން ހޯދުމަށް ގޮވާލަން.

  6. ރައްޔިތުމީހާ

    ކެޔޮ ކޭވަރު މި އެނގެނީ ބިތުފަންގެ ނެގީމާ، އަދި އެއަށްވުރެ ބޮޑަށް ޙައިރާންކަން މި ލިބުނީ މި ފައިސާތަށް ކެއީ ކޮންބައެއްކަން ހާމަވަމުންދާތީ. މަވާ ހީކުރި ގޮތަކަށްނޫން މިކަން މިދަނީކީ.
    ސުބުޙާނަﷲ! މިއޮތީވާ ޤައުމެއް.

  7. އަވަސްކުރޭ

    އެހެންވީމާ ރައީސުލް ޖުމްހޫރިއްޔާ އަވަހަށް އިސްތިއުފާ ދެއްވާފައި އަލުން މިނިވަން ރިޔާސީ އިންތިޚާބެއް ބާއްވަން ފެނޭ. ވަގު ފައިސާ ޚަރަދުކޮށްގެން ކުރާ ކެމްޕޭނަކުން އިންތިޚާބުވާ ރައީސުލްޖުމްހޫރިއްޔާއެއް ޞައްޙައެއް ނުވާނެ. އަވަހިއްޔާ އަވަސް.

    4
    2
  8. ކައްދާދި

    މިއީދޯ ރައްޔިތުންގެ މަޖިލީހުގެ ކޯރަމް ހަމަނުވެގެން އުޅޭކަމަކީ ހެ ހެ

  9. !!!!!!

    މި މަޅީގަ މަހުލޫފްވެސް

    • އާދަނު

      ތީ މަޅިއެއް ނޫނެއްނު؟ ތިއޮތީ ލާރިގަނޑު ކައިފަ.

      3
      2
    • ރީނދޫ ވަގު

      ވެސްއޭ؟ އެއީ މަޝްހޫރު ރަތް ލާ ޖެހި ރީލޯޑޭ ކަމެއް ނޭނގޭތަ؟ އަދި ލާރި ގޯނި މަޖިލިސް ތެރޭ އުޅުނީ ރީނދުސްތާނިންނަށް ބަހަންކަން ކުޑަކުއްޖާއަށްވެސް ވިސްނޭނެ. އަހަރުންނަށް ކުރިންވެސް އެނގޭ އެތާ ތިބީ ހުސް ވަގުންކަން. ބާރަށް ހަޅޭއް ލެވީމަ ވަގު ފައިސާ ހުދުވާ ގޮތެއް އޮވޭތަ؟ ރީނދޫ ބައިގަނޑު ކޮބާތަ؟ ތަންތަބަށް ވަދެ ބޮނދައިފި އާލާތުން.

  10. އަލީރާޖާ

    ގަބޫލުކުރިޔަސް ނުކުރިޔަސް، އެސްއޯއެފްގެ އެކައުންޓު ސްޓޭޓްމަންޓަކުން އަސްލު ވަގުންނެއް ނޭގޭނެ. އޭގައި ފެންނަން އެއޮތް މީހުންގެ ތެރެއިން %90 އަކީ ޑޮލަރުގަތް މީހުން. ވަގު ފައިސާ ބެހީ ސީދާ ކޭޝް އިން. އެއީ ފަޅާއެރިޔަ ނުދޭން އަދީބު އެކަން ކުރި ގޮތް. އެކަން ހޯދުމަކީ ވަރަށް އުދަގޫ ކަމަކަށް ވާނެ.

  11. މަސްވެރިޔާ

    އަވަސްގެ ހީވާގި ޓީމަށް ޝުކުރިއްޔާ. ނޫސްވެރިންނަށް އެންމެފަސޭހަވާނީ މިފަދަ މައުލޫމާތު ލިބިގަންނަން. އަސްލު ތިހުރިހާ ފައިސާއެއް ޚަރަދުކޮށްފަ ހުންނާނީ ވީޑިއޯ ކޮށްފަ ވީމާ މިހުރިހާ މައުލޫމާތެއް ރައްޔިތުންނަށް ހާމަކޮށްދީ.

    2
    1
  12. ދީދާ

    މަހޭ އެބުނީނު ޑޮލަރ ގަނެ ވިއްކު މުގެ ހުއްދަ އޮންނަ ބަޔެކޭ އެއީ އެހެން ކަމަށްވާނަމަ ތިބުނާ ވިޔަފާރި ވެރިން އެމީހުން އަތުން ޑޮލަރ ގަތީކަމަށްވެސް ވެދާނެއެއްނު ތިޔަ ރިޕޯރޓްގަ ވެސް އޮތީ ހަމައެކަނި ޑޮލަރ ޓްރާންސްފަރ ކުރި ފަރާތް ތައް އެސްއޯއެފަށް ދިވެހި ފައިސާ ޓްރާންސްފަރ ކޮއްފަ ހުރިތޯ ބެލީ މަތާ ވާނުވާ އެނގޭނީ

    1
    1
  13. ތޮއްތޮފާ

    ތިމަރަފުށީ މުސްތޮފާ ސާފުތަ؟؟ބުރޯގެ މީހެއް އެއީ..ކުރިމަތި ނުލާތި ތިމަރަފުށީ ދާއިރާއަށް..ވަރިހަމަ ސަރުކާރުން އެއްކަމެއް ނުކޮށްދިނަސް..ޚިޔާނާތްތެރިވި އެކަކަށްވެސް މަޖިލީސްކުރާ ގެއަށް ވަދެވިގެން ނުވާނެ..ރިޕޯޓްގައި ކޮރަޕްޓް މީހުންގެ ފަހަތަށް އިއްޒަތްތެރި ނުލިޔާތި ވަގުތުފުޅު....

  14. ނުރައްކަލޭ

    މަހްލޫފާއި އަކްރަމް ކަމާލުއްދީން ގޭގައި މަޑުކުރައްވަން އަންގައިފި ނަމަ އެ އެންގީ ހެއްކާއި ގަރީނާ ފެނިގެންނޭ އެއަށް ވުރެން ބޮޑު ޚިޔާނާތެއް ނުހުންނާނެއޭ މަމެން ހީކުރަމޭ ރައީސް މައުމޫނުގެ ވެރިކަމުގައި އޭނާ އިއްލިބެ ފައިސާ ފޮށިގަނޑު ހިފައިގެން ފިލީއޭ ކިޔާ ފަސްމާމުލު ފަސްވަގަށް އިއްލިބެ އަށް ގުޅާ އޭގެ އެއް އަހަރު ފަހުން އިއްލިބެ ގެނެސް އޭނާ އަށް މިނިސްޓަރު ކަން ދިނުން އެގޮތަށް ކަން ނުކުރާނޭ ކަމަށް އެއީއޭ ގޮޅާބޯ ސްޓޭންޑަރޑަށް ވެރިކަން ކުރުމަކީ ނުރައްކާ އާލާތް ގަނޑެކޭ ދޯ ނުރައްކަލޭ ނުރައްކަލޭ ނުރައްކަލޭ..

  15. އެލެކްސް

    ރައީސް ސޯލިހު ގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭ. އެމްޑީޕީ އަދި އެމްޔޫއޯ އަށް އަދީބު އަތުގައި ހުރި ފައިސާއަކީ އެމްއެމްޕީއާރުސީގެ ފައިސާ ކަންނޭގިތޯ އޭނާލައްވާ ހަރަދު ކުރުވީ؟ ސޯލިހުގެ ޓީމުގެ ސޯލިހުކަން ގެއްލިއްޖެ އެންމެ ބާރަށް އަޑުގަދަ ކުރި މީހުންވެސް ސޯލިހު ނޫންކަން ފަޅާއަރައިފި، ރިޕޯޓު ފުރިހަމަ ނަމަ އާންމު ކޮށް އެންމެން ކިޔަމުންދިޔަ އަދީބުގެ ފައިސާގައި ނުޖެހި ވަނީ މަޖިލިހުން 2 މެމްބަރެކޭ ބާކީ ޖެހުނު ކަމަށް، އަދި މައުމޫނުން ފެށިގެން ދެންތިބި ސިޔާސީ ލީޑަރުންނަށްވެސް ފައިސާތަކުން ލޯނުތައް އަދާ ކުރުމުން ފެށިގެން 65 އަހަރުގެ ވޯޓާއި އަދީބު ނައިބު ރައީސް ކަމަށް ގެންނަން ކޮންމެވެސް ސޯލިހަކު ފައިސާ ތަކެއް ބޭނުން ކުރި ކަމަށް ބުނޭ އެސޯލިހު ހޯދާ ހޯދާ އަދި ނުފެނޭ. ހަމައުފެދޭ ސުވާލަކީ ނާޖާއިޒް ފައިސާތަކެއް ހަރަދު ކޮށްގެން ގެނައި ސަރުކާރެއްގެ ޖާއިޒުކަން ކަށަވަރު ކުރެވިދާނެ ބާވައޭ. ސަރުކާރުގަަ ވެސް ސަރުކާރުން ބޭރުގަ ވެސް ތިބީ ނަޒާހަތްތެރިންތޯ އަހާލާ ހިތްވަނީ.

  16. ދދދދދދ

    "ގޯހެއް އުޅޭނަމަ އިސްތިޢުފާ ދެއްވާނެ ކަމަށް ޔޫތް މިނިސްޓަރ އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެ" ކަދު ކޮބާ! ވަގު ފައިސާ ކައިކައި ހުރެ ހުރިގާ ފލމއް ފލނީ؟ ތިމާ ގެންގުޅޭ ގޭންގްތަކުން ތިމާއަށް މަލާމާތް ކުރާވަރު ދެރައީ. ކެކެކެ ތީގެ ތެރޭ ތިތިބީ ހުސް ވަގުން.