އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ޖަމާކޮށްފައިވާ އެސްއޯއެފްގެ އެކައުންޓަކުން، ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދަށް 424255 އެމެރިކާ ޑޮލަރު ޖަމާކުރިން ހާމަވެއްޖެއެވެ.

މިކަން ހާމަވީ މިއަދު އޭސީސީން ނެރުނު ރިޕޯޓުންނެވެ.

ދިވެހި ރުފިޔާއިން ބަލާކަމުގައިވާނަމަ، ރިޔާޒުގެ އެކައުންޓަށް ޖަމާކޮށްފައިވަނީ 6554739 )ހަ މިލިޔަން ފަސްސަތޭކަ ފަންސާސް ހަތަރުހާސް ހަތްސަތޭކަ، ތިރީސް ނުވަ( ރުފިޔާއެވެ.

ރިޔާޒްވެސް އެސްއޯއެފް އިން ފައިސާ ލިބުނު 150 އަށް ވުރެ މީހުންގެ ތެރޭގައެވެ. ރިޕޯޓްގައި ވިދާޅުވެފައިވާ ގޮތުގައި އެސްއޯއެފް އިން ވަނީ 54 މިލިއަން ޑޮލަރު އެކި ފަރާތްތަކަށް ބަހާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. 3ވަނަވިސްނުން

    ދީނަންޓަކައި،ގައުމައްޓަކައި، ދަރީންގެ ދަރީންނައްޓަކައި، އަވަހަން ތިފައިސާ ހަވާލުކޮށްދީ އަބުރާ؟ އަބިމީހާ އަށާއި ދަރިން ނަން ހަލާލު ނޫން ތަކެތި ދީގެން ސަލާމަތެއްނެތް؟ކަލޯ ކޮންމެފަދަ ގޮތެއްވެސް ވެދާނެ ؟އަވަސްކުރޭ ގެދޮރާއި ސައިކަލާ ،ކާރާ ތިޔައަރާމުގައި މީހުންގެ ލާރި ބޭނުންކޮންގެން، ބަލި ދުޢާ ޖެހުނީމަ ވޭނަކަން ބަދަލުވާނެ ؟ކަލޯ އަވަސްކުރޭ!