އެކި ދާއިރާތަަކަށް ހާއްސަ ސިފައިންގ ވަޒީފާއަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

އެމްއެންޑީއެފް އިން މިއަދު ކުރި އެ އިއުލާނުގައި ބުނެފައި ވަނީ، އެކި ދާއިރާތަކުގައި މަސައްކަތް ކުރާނެ ސިފައިން ބޭނުންވާ ކަމަށާއި، އެކަމަށް އެދި ކުރިމަތިލުމަށް މިއަދު ހުޅުވާލާކަމަށެވެ.

  • މެރިންކޯރ
  • ސްޕެޝަލް ފޯސަސް
  • ފަޔަރ އެންޑް ރެސްކިއު ސަރވިސް
  • ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް
  • ކޯސްޓްގާރޑް
  • މިލިޓަރީ ޕޮލިސް
  • މެޑިކަލް ސަރވިސް
  • މިލިޓަރީ އިންޖީނިއަރސް
  • އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖީނިއަރސް
  • ސަޕޯޓް ސަރވިސް

އެ އިއުލާނުގައި ބުނެފައިވަނީ، އެކަމަށް އެދި، ކޮންމެ ދިވެހި ރައްޔިތަކަށްވެސް ކުރިމަތިލެވޭނެ ކަމަށެވެ. އަދި އެ މީހާ ވާން ޖެހޭނީ.ދަށްވެގެން ޖީ.ސީ.އީ އޯލެވެލް ފެންވަރު ހުރުން ނުވަތަ އެފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތް މީކަމަށް ކަމަށާއި، އުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައިވާން ޖެހޭނެކަމަށް ބުނެފައިވެއެވެ.

އަދި ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުމާއި، ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ނުވުމާއި، އިސްކޮޅު (ފިރިހެން: 5 ފޫޓް 5 އިންޗި، އަންހެން: 5 ފޫޓް 3 އިންޗި) ހުންނަ، އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރެއްކަމުގައި ނުވުންވެސް އެ ވަޒީފާއަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގައި ވެއެވެ.

ސިފައިންގެ ވަޒީފާއަށްއެދޭ ފޯމާއި ކުށުގެ ރެކޯޑް ފޯމް ރަސްމީގަޑީގައި އެ މިނިސްޓްރީގެ ކައުންޓަރުން ލިބޭނެއެވެ. އަދި އެމް.އެން.ޑީ.އެފްގެ ވެބްސައިޓުން މި ފޯމްތައް ޑައުންލޯޑްވެސް ކުރެވޭނެއެވެ.

ވަޒީފާ އަށް އެދޭ ފޯމް ދޫކުރުމާއި، ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން ފެބްރުއަރީ 24 ވަނަ ދުވަހުގެ 14:00 އަށެވެ.

މި ވަޒީފާތަކާއި ގުޅޭ އިތުރު މައުލޫމާތު ލި ލިންކް މެދުވެރިކޮށް ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު