ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގައި އައްޑޫ ސިޓީ ހުޅުދޫ ދާއިރާއަށް އެމްޑީޕީ ޓިކެޓްގައި ވާދަކުރައްވާ އިލްޔާސް ލަބީބުގެ އާއިލީއަށް ނިސްބަތްވާ މެގަޗިޕް ކުންފުނީގެ އެކައުންޓަށް 9000 ޑޮލަރު ވަދެފައިވާކަން މިއަދު އޭސީސީން ހާމަކުރި އެމްއެމްޕީއާރްސީ ހިޔާނާތުގެ ރިޕޯޓުން އެނގިއްޖެއެވެ.

އެ ރިޕޯޓްގައި ބުނެފައިވާގޮތުގައި، މެގަޗިޕް ކުންފުނީގެ އެކައުންޓަށް ފައިސާ ވަދެފައިވާކަމަށް ބުނެފައިވާއިރު، އިތުރު ގިނަކުންފުނިތަކަކަށްވެސް ވަނީ އެ ފައިސާތައް ވަދެފައެެވެ.

އޭގެ ތެރޭގައި، ރާއްޖޭގެ ބައެއް މަޝްހޫރު ވިޔަފާރިވެރިންގެ ކުންފުނިތައްވެސް ހިމެނެއެވެ.

އެ ހިޔާނާތުގެ ރިޕޯޓްގައި ބުނެފައިވާގޮތުގައި، އެ ފައިސާތައް ލިބުނު މީހުންގެ އަދަދު 150 އަށް ވުރެ މައްޗަށް އަރައެޗެ. އަދި ރިޕޯޓްގައިވާގޮތުގައި، ގޮތުގައި އެސްއޯއެފް އިން ވަނީ 54 މިލިއަން ޑޮލަރު އެކި ފަރާތްތަކަށް ބަހާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފުރޭތަ

    އެ ނުވެދާނެދ އިލިޔާސް ގެ ކަމަކައް