އަވައްޓެރި ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގެ ކިރުލައްޕަނާ އޭރިއާ ސަރަހައްދުގެ ލޯކަލް ކައުންސިލްގެ މެންބަރު ކަމަށް ދިވެއްސަކު އިންތިޚާބު ވެއްޖެއެވެ.
ކިރުލައްޕަނާ އޭރިއާ ސަރަހައްދުގެ ލޯކަލް ކައުންސިލްގެ މެންބަރު ކަމަށް އިންތިޚާބުވެ ވަޑައިގެންނެވީ މާލޭ ދަފުތަރު އަހްމަދު އަބްދުﷲ ރަނަވަކަ ސަންތައެވެ.
އަހްމަދު އަބްދުﷲ އަކީ ދިވެހި އަންހެނަކާއި ލަންކާ ފިރިހެނަކަށް ލިބިފައިވާ ބޭފުޅެކެވެ.
ކައުންސިލަށް އިންތިޚާބުވެ ވަޑައިގެންނެވި އަހްމަދު އަބްދުﷲ ދިރިއުޅުއްވަނީ ލަންކާ ބޭކަނބަލަކާއި ކައިވެނި ބައްލަވައިގަނެގެން އެގައުމުގައެވެ. އޭނާގެ ދަރިން ވެސް ލަންކާގައި އެބަތިއްބެވިއެވެ. ނަމަވެސް އަދިވެސް އޭނާ ދިވެހި ރައްޔިތުކަން ދޫކޮށެއް ނުލައްވައެވެ.
މަރުހަބާ
ދެން ތިހެން ލިޔުނީމަ ލަންކާ ސަރުކާރުން އަނެއްކާ ގޮނޑި އަތުލަފާނޭ .. މާލޭ ދަފްތަރު ޖަހާފަ އަދި ދިވެއްސެއް ކަމަށް އިނީމަ. ?
މިތާ އޮތީ ޔާމީން ސަރުކާރެއްނޫނޭ ގޮނޑި އަތުލާކައް
ރާޖަޕަކްސަގެ ގޮނޑި އަތުލާފަ އެގޮނޑި މައިތިރިޕާލާ އަށް ދިނީ ޔާމީނުތާ؟
ކަލޯ ރާޖަޕަކްސަގެ ގޮނޑި ގެއްލުނީ ބަޤާވަތަކުން ނޫނޭ. އިންތިހާބަކުން. ފޭރިގަތީކީވެސް ނޫން. މިތާ މިހުންނަނީ ފޭރޭ މީހެކޭ!!!!!!!
އެހެންވެގެންތަ ކަލޭމެން ރީނދޫ ބާޣީން އުއްތަމަ ބެއްޔާ އަށް ރިޝްވަތު ދީގެން ވެރިކަން ފޭރިގަންނަން އުޅުނީ؟
ގަދަ!
ތިއީ އަސްލު ދިވެއްސެއް ނޫން. ތިއީ ލަންކާ ބައްޕައަކަށް ލިބިފައިވާ ލަންކާ މީހެއް. އޭނޭގެ ފަހަތު ނަންވެއް އެ އޮންނަނީ "ރަނަވަތަ ކައްލާ" ވެފައި. ސީދާ މައް ދިވެއްސަކަށް ލަންކާގެ ސިޔާސީ ގޮނޑިއެއް ލިބުމަކީ ވަރަށް ނާދިރު ކަމެއް. އެކަމަކު އަހްމަދު އަބްދުﷲ އަށް ކާމިޔާބީއަށް އެދެން. އަދި، މިހާރު އޮތް ސަރުކާރު ވައްޓާލުމަށްފަހު ލަންކާގެ ވެރިކަމަށްވެސް ވަޑައިގެންނެވޭނަކަމަށް އުންމީދު ކުރަމެވެ. އެދުވަހަކުން ރާއްޖެއާ ވަރަށް ބޮޑަށް ގުޅުން ބަދަހި ކޮށްލެވިދާނެއެވެ.
ކޮންމެވެސް އެއް ޤައުމެއްގެ ރައްޔިތަކަށް ވެބަލަ.
ދެން ރާއްޖޭގެ އިންތިޚާބެއްގައި ބައިވެރި އެއް ނުވެވޭނެ އެވެ.
މަރުހަބާ... އަވަހަށް ނަޝީދައް އަންގާލާ ޤާސިމާ، މާނުއާ، ދެންތިބި އަދާލަތު މުއްލާއިންނާ ގުޅިގެން އަންނާށޭ ސަރުކާރު ވައްޓަން... އެއީ އިސްތިއުފާ ދިނުމާއި ސަރުކާރު ވެއްޓުމުގެ އެންމެންމެ ޤާބިލު މީހުން މި ދުނިޔޭގަވެސް ތިބި
ތިކަމާ އެންމެ ދެރަވާނީ ސޮނިބެ
އަޅުގަނޑު ތިޔަކަމަކާ އެއްވެސް އުފަލެއްނުވޭ ކޮންމެ ޤައުމެއްގަވެސް ވެރިންނަށް ތިބެންވާނީ އެ'ޤައުމުގެ ރައްޔަތުންގެ ތެރެއިން ބޭފުޅަކު..
ތިހެންވިއްޔާ ވާނީ ރާއްޖެގެނެސް ހައްޔަރު ކުރަން!
ނަޝީދުވެސް މިހެން އުޅޭނަމައޭ ހިތަށްއަރާ. މިސާލަކަށް އިންޑިޔާގެ ލޯކް ސަބާއަށް ކުރިމަތިލައިގެން ފަހަރެއްގާ އޭނާ ހޮވިދާނެ.