ވައްކަމެއްކޮށްފައި ނޯންނާނެ ކަމަށާއި، އަދި މައްސަލަ ބެލުމަށްފަހު ގޯހެއް އުޅޭނަމަ އިސްތިޢުފާ ދެއްވާނެ ކަމަށް މިހާރުގެ ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހުލޫފް މިގޮތަށް ވިދާޅުވީ، އެމްއެމްޕީއާރްސީގެ ފައިސާތައް މީހުންގެ އެކައުންޓްތަކަށް ޖަމާކުރި އެސްއޯއެފް ކުންފުނިން މަހްލޫފްގެ އެކައުންޓަށް 33000 އެމެރިކާ ޑޮލަރު (ފަސް ލައްކަ އަށް ވުރެ ގިނަ ދިވެހި ރުފިޔާ) ޖަމާވިކަމަށް އޭސީސީގެ ރިޕޯޓްގައި ފާހަގަކޮށްފައިވާތީ ދިފާއުގައި މަހުލޫފް ނެރުނު ބަޔާނާއެކު ކުރެއްވި ޓްވީޓެއްގައެވެ.

މަހުލޫފް ވިދާޅުވީ، އެ ފައިސާތަކަކީ ސައްހަ ވިޔަފާރީގެ މުއާމަލާތެއްގެ ތެރެއިން އެކައުންޓަށް ވަދެފައިވާ ޑޮލަރު ކަމަށެވެ.

މަހުލޫފްގެ އެ ބަޔާނުގައި ބުނެފައި ވަނީ، އެސްއޯއެފްގެ ފައިސާ ޖަމާކުރި އެކައުންޓްތަކުގެ ތެރޭގައި، އޭނާގެ އެކައުންޓް ހިމެނޭކަން އެނގުނީ ވަރަށް ފަހުން ކަަމަށެވެ. އަދި އެކަން އޭނާއަށް އެނގުނު ހިސާބުން، ތަފްސީލާއެކު އޭސީސީއަށް އެ މުއާމަލާތާ ގުޅޭ މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

އަދި މި މުއާމަލާތް ހިންގާފައި ވަނީ 31 އޮގަސްޓް 2014 ވަނަ އަހަރު ކަމަށާއި، އެެއީ މީގެ ފަސް އަހަރުކަމުން އެކަމާއި މެދު ކުޑަވެސް ފަރުވާލެއް ބެހެއްޓިފައިނުވާކަމަށް މަހްލޫފް ވިދާޅުވިއެވެ.

މަހުލޫފް ވިދާޅުވީ، އެސްއޯއެފްއާއެކު ހިންގި މުއާމަލާތަކީ ނަގުދު ފައިސާ ދީގެން ޑޮލަރު ގަތުމަށް ހިންގާފައިވާ ސައްހަ ކަރަންސީ އެކްސްޗޭންޖް މުއާމަލާތެއް ކަމަށެވެ.

"އަދި އެ މުއާމަލާތަކީ އަޅުގަނޑުގެ އާއިލާއިން "ދަ ޖީންސް"ގެ ނަމުގައި ފިހާރައެއް ހިންގިއިރު، އަޅުގަނޑުގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަލީ މުބީން މެދުވެރިވެގެން ނަގުދު ފައިސާ ދީގެން ޑޮލަރު ގަތުމަށް ހިންގާފައިވާ ސައްހަ ކަރަންސީ އެކްސްޗޭންޖް މުއާމަލާތެކެވެ".

އަދި އޭނާގެ އެކައުންޓަށް އެ ފައިސާ ޖަމާކޮށްފައި ވަނީ، "ދަ ޖީންސް"ފިހާރައިގެ އެކައުންޓްގައި ޑޮލަރު ނެތިގެންކަމަށްވެސްއެ ބަޔާނުގައި ވެއެވެ.

މަހްލޫފް ވިދާޅުވީ، އެ ފައިސާތަކުގެ މައްސަލާގައި އޭނާއާ އެއްވެސް ސުވާލެއް އަދި އިޝާރާތެއްވެސްކޮށްފައިނުވާ ކަމަށެވެ.

މަހްލޫފް ވިދާޅުވީ،އޭނާއަކީ ކޮރަޕްޝަނާއި ދެކޮޅަށް މިދިޔަ ފަސް އަހަރު ދުވަހު މަސައްކަތް ކުރި މީހަކަށްވެފައި، މިވަގުތު ވަޒީފާ އަދާކުރަމުންދާ ވަޒީފާގެ ގޮތުން، އެކަން އެނގުނު ހިސާބުން ވަރަށް ބޮޑަށް ކަންބޮޑުވެފައިވާކަަމަށެވެ.

"ރައީސް ޔާމީންގެ އަނިޔާވެރި ސަރުކާރާއި ދެކޮޅަށް އަދި ކޮރަޕްޝަނާއި ދެކޮޅަށް ފާޅުގައި އަޅުގަނޑު މަސައްކަތް ކުރީ ވައްކަމެއްކޮށް އެފަދަ އެއްވެސް ޖަރީމާއެއް ހިންގާ އޭގެން ކަމެއްގައި އަޅުގަނޑު ބައިވެރިވެފައިނުވާނެތީއެވެ". މަހުލޫފްގެ ބަޔާނުގައި ވެއެވެ.

އިތުރަށް މަހްލޫފް ވިދާޅުވީ، އެސްއޯއެފް އެކައުންޓުން ފައިސާ ޖަމާވި ހުރިހާ ފަރާތްތަކަކީ "ވަގުންގެ"ގޮތުގައި މުޖުތަމައުގެ ބައެއް ފަރާތްތަކުން ސިފަކުރަމުންދާއިރު، މީގެ ތެރޭގައި ހިމެނޭ ސައްހަ މައާމަލާތްކޮށްފައިވާ ފަރާތްތަކުގެ ހައްގުތައް ނުގެއްލޭނެގޮތަށް ކަށަވަރުކޮށްދިނުމުގެ ގޮތުން އޭސީސީން އެ މައުލޫމާތު ރައްޔިތުންނަށް ސާފްކޮށްދިނުމަށް އެދޭ ކަމަށެވެ.

"އަދި އަޅުގަނޑު ހުށަހަޅާފައިވާ މައްސަލަ ވީހާވެސް އަވަހަށް އޭސީސީން އަދި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންއިން ތަހުގީގު ކުރުމަށްފަހު އެ މައުލޫމާތު ރައްޔިތުންނާއި ހިއްސާކުރެއްވުމަށް އެދޭ ކަމަށެވެ". އެ ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އަންތަރީސް

    މިހާރުން މިހާރަށް އިސްތިއުފާ ދީފަ އަހަރުންގެ ލާރިކޮޅު ޖަމަަކުރޭ، ޔާމިނަށް ބޮޑު ވަގު ކިޔާފަ ތިމާ އަމިއްލަ އަށް ހުދުކާފުރަށް ވެފަ ހުރިތަން ބަލަހައްތައިގެން މިއުޅެނީ،
    ދެން ގޮވާނީ މަހުލޫފު ތީ ހަމަ ބޮޑުވަގު، މުއްލާތީ، މި ރާއްޖެ ހަލާކުގެ ތެރެއަށް އެއްލާލުމަށް އެންމެ ފުރަތަމަ ނިކުތް މީހަކީ ތީ، ދެންދޭ ކާފަރުންގެ އަތުން ޓްރޮފީ ހޯދަން، ބޮޑުވަގު

  2. ޖަޒީރާ ފަލި

    ފައިސާ ޖަމާކުރިކަން އެނގުނީ ވަރަށްފަހުންނޭ. ދެންކީއްވެ އެނގުނު ހިސާބުން ރައްޔިތުންނަށް ހާމަނުކުރީ. ދެން ތިބުނީ އީސީސީ އަށް މައްސަލަ ހުށަހެޅިކަމަށް. ނަމުން ކަލޯ ބުނެވިދާނެ. ތީގެ ލިޔެކިޔުމެއް ހާމަކޮށްލަބަލަ ކެރެންޏާ. ވަގު ރީލޯޑު އިސްތިއުފާ

  3. ޔަހުޔާ

    ނޫނޭ ދަރިޔާ އެއްވެސް ގޯހެއް ނެތް { ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފްގެ އެކައުންޓަށް 33000 އެމެރިކާ ޑޮލަރު (ފަސް ލައްކަ އަށް ވުރެ ގިނަ ދިވެހި ރުފިޔާ)ގޯހެއް ނެތެއްނޫ ގޯހެއް އުޅޭނީ ނޫސްތަކުގައްޔާއި ރިޕޯޓް ހެދި މީހުންގެ

  4. ޓިނު ބިންތި އަދުރޭ

    ޢައްދޭ މިއޮތީ ބޮޑެވަގާ....

  5. ސޯދިގު

    އެސްއޯއެފްއިން މީހަކާ ބަޔަކާ ސައްހަ މުއާމަލާތެއް ކުރާނީ ކިހިނަކުން ތޯ؟ އުފެދުނު އިރުވެސް ވަގު ކުންފުންޏެއް އެއީ.

    • އަން

      ވަގު ކުންފުންޏަކާއެކު ސައްހަ މުއާމަލާތެއް ކުރިއިރު އެ ފައިސާ އެކައުންޓައް ވަދެފައިވާކަން އެކައުންޓުގެ ވެރިފަރާތައް މިއެގުނީ މުއާމަލާތް ކުރިތާ ފަސް އަހަރު ފަހުން. ހީހީ ހަލާކު

  6. މުހައްމަދު

    ހެހޭ ގޯހޭ އެކަމެއް ނުވާނެ ގޯހެއްވީކަމަށް ގަބޫލު ކުރެވެނީ ކިހާވަރެއްވީމަތޯ އިއްޒަތްތެރި ވަޒީރޫ މަނިކުފާނަކީ ދުވަހަކުވެސް ގޯހެއް ހަދާނެ ބޭކަލެއްކޭ ބުނާނީ ކިހިނެތްތޯ އެހުރީވިއްޔަ ހުރިހާކަމެއް ދިމާޔަށް ހާމަކޮށްފެންނަން އެންމެއިންސާފަށް ދެންބަށްބުނަން ހަވާލުކޮށްލާނީ މަނިކުފާނުގެ ރަނިކަމަނާޔާ އެކަމަނާ ވަރަށް ތެދުބަހުން މަނިކުފާނު ތިޔަކަމުން ދިފާއު ކޮންދޭނެ ރީލޯޑް މަނިކުފާނު ހެހެހޭ

  7. ސައިދު

    މަކްލޫފް ވަގު ބޮޑު ވަގު އިސްތިއުފާ ދީ...ބަލާބަލަ ރައްޔިތުންގެ ފައިސާ ޕަކަޅާކޮށްލައިގެން ދިދަ ޖެހި ކާރުގަ. ލަދު ހަޔާތްކޮބާ ވަގާ. ވަގާ ވަގު ކޮބައި؟

  8. ބުރޯ

    ހަމަ ގޯސް ޔާމީނަށް ކުރެވޭ ދައުވާ މަހުލޫފަށް ވެސް ކުރެވެންޖެހޭނެ ، ގާނޫނުއަސާސީގެ 17 ވަނަ މާއްދާގަ ބުނާ ހަމަހަމަ ކަން ގާއިމްކުރެވެންވާނެ

  9. އަބޯ

    މިކަލޭގެ ޔާމީނާ ދެކޮލަށް ނިކުތީ ދިން އަދަދު ކުޑަވެގެންނޭ އޭރުވެސް ކިޔާ ހެދި އެއީ ހަމަތެދުކަން މިއެގުނީ

  10. ޏ

    ތިއަށްވުރެ ބޮޑު ގޯހެއް އުޅޭނެހެން ހިޔެއް ނުވޭ. ރައްޔިތުންގެ ފައިސާއަށް ޙިޔާނާތްތެރިވުން..

  11. ޑޮންޑޮން

    ގޯހެއް އުޅޭކަމަށް ވާނީ ކިހާވަރެއްވީމަބާ؟ ރިޕޯޓުގައެއޮތީ މަހުލޫފު މިސްކިތުގަ ނަމާދުކުރަންހުރި ވާހަކަބާ؟ އެކައުންޓަށް ވަގުފައިސާ ޖަމާކޮށްފަ ތިހިރީ. މީހާ ފަލީހަތްވެ ނިމުނީ. އަދިވެސް އެހެންމީހުންނާ ދިމާއަށް ވަގަށްގޮވާ. ވަރިހަމަ ތިމާގެ ފަސްބައި ކިލާވެފައޮތަސް. ދެން އިސްތިއުފާދީފަ ގެއަށްދޭ. ލިބުނު ލަގަބަކުން ދެނެއް ސަލާމަތެއް ނުވެވޭނެ.

  12. ރަސީދު

    ގޯހެއް ނޫޅޭ ، ރ ޔާމިނު ގެ އެކައުންޓައް ޖަމާކުރި ފައިސާ އޭސީސީގަ މަހުލޫފު އެކައުންޓްޖަމާވި ފަސާ ވީތަނެްް ނޭގޭ