ސްކޯސް އޮފް ފްލެއަރ (އެސްއޯއެފް) އިން ފައިސާ ޖަމާކުރިކަން އެނގުނީ ދާދިފަހުން ކަމަށް ޔޫތް މިނިސްޓަރ އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

މަޙްލޫފް މިހެން ވިދާޅުވެފައިވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތައް ލިބުނު ފައިސާ އެސްއޯއެފް މެދުވެރިކޮށް އެތައް ބަޔަކަށް ބަހާލި ޖަރީމާ އާއި ގުޅޭ ތަޙްޤީޤު ރިޕޯޓް މިއަދު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އާއްމު ކުރި ރިޕޯޓްގައި މަޙްލޫފްގެ އެކައުންޓަށް ފައިސާ ވަތް ކަމަށް އޮތުމުން އެކަމާ ގުޅިގެން ނެރުއްވި ބަޔާނެއްގައެވެ.

މިބަޔާނުގައި މަޙްލޫފް ވިދާޅުވީ، އެސްއޯއެފްގެ ފައިސާ ޖަމާކުރި އެކައުންޓްތަކުގެ ތެރޭގައި، އޭނާގެ އެކައުންޓް ހިމެނޭކަން އެނގުނީ ވަރަށް ފަހުން ކަަމަށެވެ. އަދި އެކަން އޭނާއަށް އެނގުނު ހިސާބުން، ތަފްސީލާއެކު އޭސީސީއަށް އެ މުއާމަލާތާ ގުޅޭ މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށް މަހްލޫފް ވިދާޅުވިއެވެ. އަދި އެ މުޢާމަލާތަކީ މަޙްލޫފްގެ ޢާއިލާއިން އޭރު ހިންގަމުން އައި "ދަ ޖީންސް" ނަމުގައި ފިހާރައެއް ހިންގި އިރު، މަޙްލޫފްގެ ކޮއްކޮ މެދުވެރިވެގެން ނަގުދު ފައިސާ ދީގެން ޑޮލަރު ގަތުމަށް ހިންގާފައިވާ ސައްޙަ މުޢާމަލާތެއް ކަމުގައި އެބަޔާނުގައި ހާމަކޮށްފައިވެއެވެ. އަދި އެ މުޢާމަލާތުގެ ރަސީދުވެސް މަޙްލޫފްވަނީ އޭސީސީއަށް ސިޓީއާއެކު ފޮނުވާފައެވެ.

މަޙްލޫފްގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މިފަދަ ބޮޑު މައްސަލައެއްގައި ގިނަ ބަޔަކާ ސުވާލުކޮށް ތަޙްޤީޤްކޮށްފައިވާކަން ހާމަވާއިރު، އޭނާއާ މިކަމާ ގުޅިގެން ސުވާލުކޮށްފައިނުވާ ކަމަށެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން ނެރުނު ބަޔާނުގައި އެސްއޯއެފް ކުންފުނިން މިހާރުގެ ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފަށް 33000 އެމެރިކާ ޑޮލަރު (ފަސް ލައްކަ އަށް ވުރެ ގިނަ ދިވެހި ރުފިޔާ) ދިން ކަމަށް ބުނެފައިވެއެވެ. އެސްއޯއެފް އިން ފައިސާ ދިން ފަރާތްތަކުގެ ތެރޭގައި މަހްލޫފް ހިމެނިފައި ވިނަމަވެސް މަހްލޫފަށް ގިނަ އަދަދެއްގެ ޑޮލަރު ދީފައި ވަނީ ކީއްކުރަން ކަމެއް އޭސީސީގެ ރިޕޯޓްގައި ވިދާޅުވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އެދުވަސް

    ޖިންސް ފިހާރައަށް މުދާ ގަތުމަށް ޑޮލަރު ގަންނަން
    ކޮއްކޮ އެކަން ކުރީ މަށެއް ނޫން ، މަށާ ބެހޭ ކަމެއް ނޫން

    ދެން ލިބުން ފައިދާއިން ރާއްޖެއިން ބޭރަކަށް ވެސް ނުދަން ދުނިޔެ ބަލާކަށް

    ޔާމިން ކައިރީ ނުބުނަން ރުފިޔާ ދޭށެކޭވެސް

  2. Anonymous

    ރައީސް ޔާމީނަށް ދައުވާ ކުރިއްޔާ މި އެންމެނަށް ދައުވާކުރަންޖެހޭނެ. އަނިޔާވެރިކަން ފޮހެލާ އަޅުވެތިކަމަށްދާން ވެރިކަމަށް ގެނެސްއޮތް ސަރުކާރެއްމިހާރު މިއޮތީ. އަޅުވެތިވަީ ގައުމަކަށްވިއަސް ޝައިޠާނާއަށްވިޔަސް ދިވެހިންނަށް ހެޔޮ

  3. މިއުޅޭ

    މީ މިއުޅޭ ސިޔާސީ ހުރިހާމީހުގެވެސް ޙާލް ދޯ.. މިމީހުނަށް ތަބާވެގެން ނިކަމެތި ރައްޔިތު މީހުން މިހަނާވަނީ.. ކޮރަޕުސަނޭ މިމީހުން މިކިޔަނީ ކާނެވަރަކަށް ކައިފަ ދެން އެކާން ނުލިބުނީމަ ދޯ... ގައުމު ސަލާމަތް ކުރައްވާށި..

  4. ރުފިޔާ

    ޔާމީންއަށް އެކަނި ދައުވާކޮށްގެން ތިކަން ނިމޭކަށްނެތް.

  5. ޟިއާން

    އޭ ކޮން ވާހަކައެއްދައްކާކަށް އާދައިގެ މެމްބަރަކަށް ވެސް ނޫޅެވޭނެ ހާފެންވަރު މަތި ކޮށް އުޅެފަ އަބިމީހާ ގޮވައިގެން މެޅެޝިޔާގަ އައިފާ އެވޯޑްސް އައްވަދެ އެންމެހާ އަގުބޮޑު ލޭބަލް އެއްޗިގަނެ އެންމެ އަގުބޮޑު ހޮޓާ ތަކުގަ ހުރެފަ މާކަ ފޮންޏެއް ކޮއް އުޅެފަ ތިތިބީ އަހަރުމެންގެ ލާރިގަޑުންތާ.... ފައިބާ އިތުރުވާހަކަ ނުދައްކާ.

  6. ބުޚްތާން

    ޗަކޮއާ ބައްޕަ ކަށަވަރުތަ؟ ބައްޕަ ކަށަވަރުވާނަމަ ތިޔަފައިސާ ޖަމާކޮށްފަހުރިކަން ކުރިންވެސް އެނގޭނެ

  7. ލޮލް

    މަހޭ އެކައުންޓަށް ލާރި ޖަމާވިކަން އަޅުގަނޑުމެން ނަށް ވެސް މިއެނގުނީ ދެންމެ

  8. ފާރަޥެރިޔާ

    ފުޓސަލް ދަނޑު ތައް އަޅާފަި އެލާރިގަޑުން މަލީހު ގަނެފަ ހުރި ތަން ތަން ފަޅާ އަޜާނީ ކޮންދުވަހަކު ބާ ؟ ޑޮކްޓަރ ވަހީދު ގެ ވެރި ކަމުގަި ވެސް އަދީބު އާ މަލީހު އާ ދެމަީހުން އެތަން ދޮވުނީ ެފައިސާ އިން މަލީހު ޕލަޓިނަމް ިނ ޢެޕާޓްމަންޓް ގަތީ ރެޖިސްޓަރީ ކޮންމެ މީހަކު ގެ ނަމު ގަިއި ހުޓއްސް ދެނެވވޮޑިންވާ ފަރާތައް އޮޅުވައެއް ނުލެވޭނެ ވ ސަލާން

  9. މިގޭ

    ވަގު ކަލޭގެ ގޮވިއެއްޗިއްސާ ލެވި ހަޅޭ ކޮބާތަ! މަމެން ހަނދާން އެބަހުރި ވަގުން ދެންވެސްވާނީ ވަގުންނަށް. މި ވަކަރުގޭ ކަލޭ ތެޅުނުގޮތް މަމެން ތިބީ ބަލަން. ލިބުނުވަރު މަދުވެގެން ޔާމީނަށް ގޮވިއެތިވަރު ހަނދާން އެބަހުރި.