އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ބެހި ސްކޯސް އޮފް ފްލެއާސް (އެސްއޯއެފް) ކުންފުނީގެ އެކައުންޓުން ތ. ގުރައިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ހުސައިން މަނިކު ދޮންމަނިކުގެ އެކައުންޓަށް 250،000 (3862500 ރުފިޔާ) ޑޮލަރު ޖަމާކޮށްފައިވާކަން އޭސީސީން މިއަދު ނެރުނު ރިޕޯޓުން އެނގިއްޖެއެވެ.

އެސްއޯއެފްއިން ފައިސާ ޖަމާކުރި އެކައުންޓްތައް މިއަދު އޭސީސީން ހާމަކޮށްފައިވާ އިރު، ގުރައިދޫ ދާއިރާގެ މެމްބަރުގެ އިތުރުން ރީކޯ މޫސާ މަނިކް އަދި އޭރުގެ މެމްބަރު، މިހާރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު އެކައުންޓަށް ވަނީ ފައިސާ ވަދެފައެވެ.

އެ މައްސަލަތަކުގައި ފައިސާވަން ގުރައިދޫ ދާއިރާގެ މެމްބަރު ހުސައިން މަނިކު ދޮންމަނިކަކީ އޭރު ޕީޕީއެމް އަދި މިހާރު ޖޭޕީ މެމްބަރެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. We

    ???

  2. މުކޭ ވަގު މަނިކު ދެން ލަލަލާ

    މިސޮރު ދިޔަމިގިލީ މީހުން ގާތުގަބުނިކަމަށްވަނީ ތިމަންނަ އަތުގައި ކަލޭމެނަށް އެހީވާކަށް ލޯލާރިވެސް ނެތޭ .. އެކަމު މީނަވެސް ފަޅުރަށަކާ ޑޮލަރު ބަސްތާއެއް ކަޓްވައިލައިފި.. މިވަރު މީހުން މިތެޅެނީ އަދިވެސް އަހަރުމެންގެ ވޯޓްހޯދަން.. ދެން ލަލަލާ ވަގު ބުރޯ

  3. މަ

    މެންބަރުކަން ބޭނުން ވެގެން ހޭ ކެނޑެނީ އަދިވެސް ލާރި ގަނޑެއް ބޭނުންވެގެން ތާ

  4. ކެރޭ

    ޤައްސާންގެ ޑޮލަރު އެކަަައުންޓެއް ނުހުންނަކަމަށްވަނީ ?