އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތައް ލިބުނު ފައިސާ އެސްއޯއެފް މެދުވެރިކޮށް އެކި މީހުންގެ އެކައުންޓަށް ފައިސާ ބެހިއިރު އޭގެ ތެރެއިން އެއްވެސް ފައިސާއެއް ލިބިފައިނުވާ ކަމަށް ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދަށް ވިދާޅުވެއްޖެއެވެ.

ރިޔާޒް ރަޝީދު ކުރައްވާފައިވާ ޓްވީޓެއްގައި އޭނާ ވިދާޅުވީ، "ސޯއޯއެފް އިން އަޅުގަނޑަށް އެއްވެސް ފައިސާއެއް ދީފައިއެއް ނޯންނާނެ" މިހެންނެވެ.

ރިޔާޒް މިހެން ވިދާޅުވި ނަމަވެސް، އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތައް ލިބުނު ފައިސާ އެސްއޯއެފް މެދުވެރިކޮށް އެތައް ބަޔަކަށް ބަހާލި ޖަރީމާ އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އާއްމު ގުޅޭ ތަޙްޤީޤު ރިޕޯޓުގައި ބުނެފައިވަނީ ރިޔާޒު ރަޝީދުގެ އެކައުންޓަށް 424،255 ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ބަޔާންކޮށްފައިވެއެވެ.

އޭސީސީން ބުނެފައިވަނީ މި ތަހުގީގަށް 163 މީހެއްގެ 28،000 އަށްވުރެ ގިނަ ލިޔެކިޔުންތައް ބަލާ މުރާޖައާ ކޮށްފައިވާ ކަމަށެވެ. ނަމަވެސް ރިޔާޒު ރަޝީދު ޓުވިޓާގައި ވަނީ އޭނާއަށް އެސްއޯއެފުން އެއްވެސް ފައިސާއެއް ދީފައި ނޯންނާނެ ކަމަށެވެ. ރިޔާޒް ރަޝީދު އެސްއޯއެފް އިން ފައިސާ ލިބުނު 150 އަށް ވުރެ މީހުންގެ ތެރޭގައެވެ. ރިޕޯޓްގައި ވިދާޅުވެފައިވާ ގޮތުގައި އެސްއޯއެފް އިން ވަނީ 54 މިލިއަން ޑޮލަރު އެކި ފަރާތްތަކަށް ބަހާފައެވެ.