އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތައް ލިބުނު ފައިސާ، ސްކޯސް އޮފް ފްލެއަރ (އެސްއޯއެފް) މެދުވެރިކޮށް އެތައް ބަޔަކަށް ބަހާލި ޖަރީމާ އާއި ގުޅޭ ތަޙްޤީޤު ރިޕޯޓް މިއަދު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނެރުނު ރިޕޯޓުން ވިލާ ޓްރެވެލްސްއަށް 7 ލައްކަ ޑޮލަރު ލިބިފައިވާ ކަމަށް ހާމަވެއްޖެއެވެ.

ވިލާ ޓްރަވެލްސަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މަސްލަހަތު އޮންނަ ކުންފުންޏެއްކަން ފާހަގަކޮށްލެވެއެވެ. އެސްއޯއެފުން ވިލާ ޓްރަވެލްސަށް ދީފައިވާ 700،000 ޑޮލަރަކީ ކޮންކަމަކާއި ގުޅިގެން ދީފައިވާ ފައިސާއެއް ކަމެއް މިރިޕޯޓްގައި ބަޔާންކޮށްފައިއެއް ނުވެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގު ރިޕޯޓު ބުނާގޮތުން، އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިޔާނާތުގެ ގޮތުގައި އެސްއޯއެފަށް ދީފައިވާ ފައިސާ ތެރެއިން 54،505،000 ޑޮލަރު (840،467،100 ރުފިޔާ) އެސްއޯއެފް ނަމުގައި ބޭންކު އޮފް މޯލްޑިވްސްގެ ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށްފައިވެއެވެ. އަދި އެސްއޯއެފުގެ އެ އެކައުންޓުން އެކިއެކި މީސްމީހުންނަށާއި ބައެއް ކުންފުނިތަކުގެ އެކައުންޓްތަކަށް ފައިސާ ފޮނުވާފައިވާކަން ތަހުގީގު ރިޕޯޓުން ހާމަވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސޭޓް އަންހެނުން

    ސޭޓް ހައްޔަރެެއް ނުކުރެވޭނެ،ނުވެސް ކުރާނެ.

  2. ޙަޙަޙަ

    ނާށިގަނޑު ހިފައިގެން ދިޔައިމާ ލިބުނު ޑޮލަރުކޮޅު