ޓުއަރިޒަމް މިނިސްޓްރީގެ ހުއްދަ ނެތި ނ.އަތޮޅު ވެލިދޫގައި އިއްޔެ ދެ އަންހެން ފަތުރުވެރިން "ރަމްޒީ ކައިވެނި ކުރި މައްސަލަ އެ މިނިސްޓްރީން ބަލަން ފަށައިފިއެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ މިނިސްޓްރީގެ ހުއްދަނެތި ގަވާއިދާއި ހިލާފަށް ރަމްޒީ ކައިވެނީގެ ހަފްލާއެއް ބޭއްވިކަމުގެ މައުލޫމާތު މިނިސްޓްރީއަށް ލިބިފައިވާކަމަށާއި، އެކަން ބަލަމުން އަންނަ ކަމަށެވެ. އަދިމިނިސްޓްރީގެ ހުއްދަ ނެތި އެއްވެސް ތަނެއްގައި ރަމްޒީ ކައިވެނި ހަފްލާ ބާއްވައިގެން ނުވާނެކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ޓޫރިޒަމް މިނިސްޓްރީން ބަލަމުން ދަނީ ކޮން އިރަކު، އަދި ކޮންތަނެއްގައި ކުރިއަށް ދިޔަ ރަމްޒީ ކައިވެންޏެއް ކަމެއް ހާމަކޮށްފައި ނުވިނަމަވެސް، "ވަގުތު"އަށް އިނގޭގޮތުގައި އެ މިނިސްޓްރީން ބަލަމުން ދަނީ ވެލިދޫ ގެސްޓް ހައުސްގައި އެ ކައިވެނި ކުރި މައްސަލައެވެ.

އެ ކައިވެނީގެ ފޮޓޯތައް އިއްޔެ "ވަގުތު" އަށް ވަނީ ލިބިފައެވެ. އަދި "ވަގުތު"އިން އިއްޔެ ގެސްޓްހައުސްއަށް ގުޅުމުން ވަނީ އެއީ ފަތުރުވެރިން ބޭނުން ވެގެން ކުރި ކަމެއް ކަމަށް ބުނެފައެވެ. ގެސްޓްހައުސް އިން ބުނީ އެއީ ކައިވެނީގެ އިހްސާސް ފަތުރުވެރިންނަށް ކޮށްދިނުމަށް ކުރިކަމެއް ކަމަށެވެ.

ގެސްޓްހައުސްގެ އިންސްޓަގްރާމް އެކައުންޓްގައި ޖަރުމަންބަހުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ "ބިއަންސާ" އަދި "ޓްރޮއެލްސް" އެމީހުންގެ މެހެމާންދާރީ ހޯދައިފިކަމަށެވެ. އަލަށް ކައިވެނި ކުރި ދެމަފިރިންގެ ކައިވެނީގެ އުފަލުގައި ޕާޓީއެއް ބޭއްވި ކަމަށް ވެސް އެޕޯސްޓްގައި ބުނެފައި ވެއެވެ.

ރަމްޒީ ކައިވެނި ކުރުމާއި ބެހޭ ޤަވައިދަކަށް 2010 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި އަންނަނީ އަމަލު ކުރަމުންނެވެ. އެޤަވައިދުގައި ބުނެފައި އޮންނަ ގޮތުގައި ރަމްޒީ ކައިވެނީގެ ހަފްލާއެއް ބޭއްވުމުގެ ކުރިން ޓްއަރިޒަމް މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހޭނެއެވެ.

ރަމްޒީ ކައިވެނީގެ ހަފްލާގައި އިސްލާމްދީނާއި ދިވެހިރާއްޖޭގެ ސަގާފަތާއި ދިވެހި އާދަކާދައާއި ބެހޭގޮތުން އެއްވެސް ކަހަލަށް ދޮގު މައުލޫމާތެއް ދީގެން ނުވާނެ ކަމަށާއި ރަމްޒީ ކައިވެނީގެ ހަފްލާގައި އެއްވެސް ދީނަކަށް ނުވަތަ ދިވެހިރާއްޖޭގެ ސަގާފަތާއި ދިވެހި އާދަކާދައަށް ހުރުތުވާގޮތައް ނުވަތަ ފުރައްސާރަ ކުރާގޮތައް އެއްވެސް ކަމެއް އަމަލުން ވިޔަސް ނުވަތަ ބަހުން ވިޔަސް ހިންގައިގެން ނުވާނެ ކަމަށް ޤަވައިދުގައި ބުނެފައި އޮވެއެވެ.

އެ ޤަވައިދާއި ހިލާފަށް ރަމްޒީ ކައިވެނީގެ ހަފްލާއެއް ބާއްވައިފިނަމަ ކައިވެނި ހަފްލާ އިންތިޒާމް ކުރި ފަރާތެއް އެއް މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމުގެ ބާރު ޤަވައިދުގެ ދަށުން ޓްއަރިޒަމް މިނިސްޓްރީއަށް ލިބިގެން ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ސ

  ވަގުތުން ޖުރިމައިނާކުރޭ

  4
  1
 2. ޕޮއްހޯ

  “އެޖެންޑާ19” ގަހިމެނޭނެ ތިކަހަލަ ކަންތައް. ލާދީނީ މޑޕ!

  2
  1
 3. އަލްޖިބްރާ

  އެއްޖިންސުން ގުޅުން ހިންގުމަށް އެޅި ފުރަތަމަ ފިޔަވަޅު !

  2
  1
 4. Noos

  Nubalaane. Dhakka dhalha

  3
  1
 5. މާރިޔާ ބާރަށް

  އަވަހާ ކޮމެޓީ އެއްއުފައްދަވާ.

  2
  1
 6. ނޫނު

  ތިޔަ ގެސްޓު ހައުސްއެއް ހިންގާ މީހުން ފާޅުގައި ދީނަށް ކުރި ފުރައްސާރައެއްތީ! ލާރި އޮތީއާ ވާނެކަން އަންގަދޭން އުޅޭ ބައިގަނޑެއް. ތިކަންވެސް ފަނުފުލުން ނުދިޔައީއާ ރަނގަޅު. ތިބައިގަނޑު ހިންގާ ޖަރީމާތަކާ އެއްކޮށް މުޅި ރާއްޖެއަށް ފަލީހަތްވުން ދުޢާާ އަކީ!

 7. ފާޅުކުރޭ

  ޙޮޓަލުގެ ނަން ހާމަ ނުކުރީ ކީއްވެ؟

  2
  1
 8. ހހހހހހ

  ކޯޗެއް ބަލާކަށްތަ އަހަރުމެންގެ ގައުމު އަހަރުމެންނާ ހަވާލު ކޮށްފަ ރައްކާވާން އުޅެބަލަ. މިހާރު މިހިރީ ވަރަށް ރުޅި ގަދަވެފަ. ރީތިކޮށް ނުބުނެވޭނެ.

  1
  1
  • ޕޮޕް

   ލޮލް... އީޒީ ޓައިގާ!! ?

 9. ހަލާކް

  އެމް.ޑީ.ޕީ ބޯހަލާކް، ދެން ހަލާކު ކުރަނީ އަހަރަ މެންގެ ދީން/ގައުމު