ސްޕްރީމް ކޯޓުގެ ދެ ފަނޑުޔާރަކު ވަކިކުރަން މަޖިލިސް މެންބަރުންނަށް 10 މިލިޔަން ރުފިޔާ ދީފައިވާ ކަމަށް އޭސީސީގެ ރިޕޯޓުން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައިވަނީ އެމްޕީއާރްސީ މެދުވެރިކޮށް ދައުލަތައް ލިބުނު ފައިސާ އެސްއޯއެފް މެދުވެރިކޮށް އެތައް ބަޔަކަށް ބަހާލި ޖަރީމާ އާއި ގުޅޭ ތަޙްޤީޤު ރިޕޯޓް މިއަދު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އާއްމު ކުރި ރިޕޯޓުގައެވެ.

މިރިޕޯޓްގައިވާ ގޮތުން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރެއްގެ އިތުބާރު ނެތްކަމަށް 2014 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ވޯޓު ނެގި އިރު، ސުޕްރީމް ކޯޓުގެ އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިންއާއި ފަނޑިޔާރު މުއުތަސިމް އަދުނާން ވަކިކުރަން އެމްއެންޕީއާރސީގެ 10 މިލިޔަން ރުފިޔާ ބޭނުންކޮށްފައިވާ ކަމަށެވެ.

މަޖިލީހުން މިބޭފުޅުން މަޤާމުން ދުރުކުރަން ފާސްކުރީ 14 ޑިސެމްބަރު 2014 ވަނަ ދުވަހުއެވެ. އެ ދެ ފަނޑިޔާރުން މަގާމުން ވަކިކޮށްފައި ވަނީ 53 މެމްބަރުންގެ ވޯޓާއެކުއެވެ.

މެމްބަރުންނަށް ފައިސާ ހަވާލު ކުރުމަށްދިޔަ މއ. ޝޭޑީކެބިން އަބްދުﷲ ރާފިއު ދީފައިވާ ބަޔާނުގައި ބުނެފައި ވަނީ އެއް ދުވަހެއްގެ ރޭގަނޑު އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ގުޅުއްވައި އަނެއް ދުވަހުގެ ހެނދުނު ނުވައެއް ޖެހުމުގެ ކުރިން 10 މިލިއަން ރުފިޔާ ހޯދައިދޭން އެދުނު ކަމަށެވެ.

އަދި އެ ފައިސާ އަދީބު ބުނި ގޮތަށް ހަމަޖެއްސުމުން ފައިސާ ގެންގޮސް ފެންޓަސީ ކުރިމަތީގައި ހުރި އޮފީހެއްގެ ހަތްވަނަ ފަންފިލާގައި ހުރި މުހައްމަދު ހުސައިން (އޮއިއްޓޭ) އާ ހަވާލުކުރުމަށް އަދީބު އެންގިކަމަށް ރާފިއުގެ ބަޔާނުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. 3ވަނަވިސްނުން

    ދީނަންޓަކައި،ގައުމައްޓަކައި، ދަރީންގެ ދަރީންނައްޓަކައި، އަވަހަން ތިފައިސާ ހަވާލުކޮށްދީ އަބުރާ؟ އަބިމީހާ އަށާއި ދަރިން ނަން ހަލާލު ނޫން ތަކެތި ދީގެން ސަލާމަތެއްނެތް؟ކަލޯ ކޮންމެފަދަ ގޮތެއްވެސް ވެދާނެ ؟އަވަސްކުރޭ ގެދޮރާއި ސައިކަލާ ،ކާރާ ތިޔައަރާމު މީހުންގެ ލާރި ބަލި ދުޢާ ޖެހުނީމަ ވޭނަކަން ބަދަލުބާނެ ؟ކަލޯ އަވަސްކުރޭ!

  2. ކަލޭނޭ

    ލާރިގަޑު ޕަކަޅާލީ.އަމިއްލަ ބާލިހަށް ބަންޑާރަ ކަފަ ދޮތަ

  3. ؟

    ފައިސާ ދިން މެމްބަރުންގެ ނަންތައްވެސް ޢާއްމްކުރައްވާ ފައިސާ ހިފި މީހުން މަޖިލިސް އަށް މިފަހަރު ނޮހޮވާތި