އަންނަ އޭޕްރިލް މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހިތަދޫ މެދު ދާއިރާއަށް ވާދަކުރައްވާ ޒާހިރު ރަމީޒު ޕީޕީއެމް ޓިކެޓް ދޫކޮށްލާ އަމިއްލަ ގޮތުން ވާދަކުރަން ނިންމައިފިއެވެ.

ޒާހިދަށް މީގެ ކުރިން ޕީޕީއެމްގެ ޓިކެޓް ދިން ނަމަވެސް، އޭނާ ބުނެފައި ވަނީ އައްޑުއަށް ތަރައްގީ ގެނެސް، ބޭނުންވާ ވިޔަފާރީގެ އިންވެސްޓަށް ހޯދުމަށް ރައްޔިތުންގެ މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ހުރުން ވަރަށް މުހިއްމު ކަމަށެވެ.

އޭގެ އިތުރުން ޒާހިދު އިތުރަށް ވިދާޅުވީ އޭނާއަކ ސިޔާސީ ލީޑަރުންނާ ގުޅޭ އަދި ހުރިހާ ސިޔާސީ ފިކުރެއްގެ ރައްޔިތުންނާވެސް ގުޅޭ މީހަކަށްވުމުން ސަރުކާރާ ގުޅިގެން ތަރައްގީ ކަށަވަރު ކުރުމަށްޓަކައި ކުރަން ޖެހޭ ކަންކަން ކުރުމަށްވެސް ފުރުސަތު ފަހިވެގެންދާނީ މިނިވަން ކެނޑިޑޭޓެއްގައި ހުރެގެން ކަމަށް އޭނާ ދެކޭ ކަމަށެވެ.

ޒާހިދު އިތުރަށް ވިދާޅުވީ ލޮބުވެތި ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރު ކޮށްދިނުމަށް ސާބިތުކަމާއެކު ހުރެ ތަރައްގީއާއި އުފާފާގަތިކަން ހޯދައިދޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު