ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ގޭގައި މަޑުކުރައްވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަންގަވައިިފިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ވަން އެސްއޯއެފް ކުންފުންޏާ އެކު ކުރެއްވި ފައިސާގެ މުއާމަލާތާއި ގުޅިގެން އަކްރަމް ކަމާލުއްދީން ގޭގައި މަޑުކުރައްވަން އެންގެވީ މައްސަލަ ތަހުގީގު ކޮށް ނިމެންދެންކަމަށް މައުލޫމާތު ލިބެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ރިޕޯޓުގައި އަކްރަމް ކަމާލުއްދީންގެ އެކައުންޓަށް ވަނީ 30000 ޑޮލަރު ވަދެފައެވެ.

މިއަދު އާއްމުކުރި ރިޕޯޓްގައި، ހިޔާނާތްތެރިވި ފައިސާ ނެގުމަށް ފަހު ޖަމާކުރި އެސްއޯއެފް އެކައުންޓަށް ފައިސާ ޖަމާ ކުރިކަމަށް ވަނީ ބަޔާންކޮށްފައެެވެ. އަދި އެސްއޯއެފްގެ އެކައުންޓުން ފައިސާ ޖަމާކުރި އެކައުންޓުތަކުގެ މައުލޫމާތު ހިމަނާފައިވެއެވެ.

އަދި ރާއްޖޭގެ 57 ރަށެއް ނުއަގުގައި ގަވާއިދާއި ހިލާފަށް ވިއްކާފައިވާ ކަމަށްވެސް ބުނެފައިވާއިރު، އެ ރަށްތައް ދޫކުރުމަށް ފަހު އެކުއިޒިޝަން ފީގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭނެކަމަށް ބެލެވޭ 77 މިލިއަން ޑޮލަރުގެ ތެރެއިން ދައުލަތަށް ލިބިފައި ވަނީ 12 މިލިއަން ޑޮލަރެވެ

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. 3ވަނަވިސްނުން

    ދީނަންޓަކައި،ގައުމައްޓަކައި، ދަރީންގެ ދަރީންނައްޓަކައި، އަވަހަން ތިފައިސާ ހަވާލުކޮށްދީ އަބުރާ؟ އަބިމީހާ އަށާއި ދަރިން ނަން ހަލާލު ނޫން ތަކެތި ދީގެން ސަލާމަތެއްނެތް؟ކަލޯ ކޮންމެފަދަ ގޮތެއްވެސް ވެދާނެ ؟އަވަސްކުރޭ ގެދޮރާއި ސައިކަލާ ،ކާރާ ތިޔައަރާމުގައި މީހުންގެ ލާރި ބޭނުންކޮންގެން، ބަލި ދުޢާ ޖެހުނީމަ ވޭނަކަން ބަދަލުވާނެ ؟ކަލޯ އަވަސްކުރޭ!

  2. ސަޅިބައިސާ.

    ތަހުގީގު ކޮއްފަ ނޫންތޯ ރިޕޯރޓް ނެރެފަ އޮތީ.. ދެން ޕީޖީ އަކައް ނޫންތޯ ފޮނުވަންވީ..