އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ ރިޕޯޓު މިއަދު ނެރުނު ނަމަވެސް، މާދަމާ ބާއްވަން ނިންމާފައި އޮތް ކޮރަޕްޝަނާ ދެކޮޅު މުޒާހަރާ ބާއްވާނެކަމަށް އެ މުޒާހަރާ އިންތިޒާމުކުރާ ފަރާތުން ބުނެފިއެވެ.

މިދިޔަ ހަފްތާގައި މިފަދަ މުޒާހަރާއެއް ބާއްވާނެކަން އިޢުލާންކޮށްފައިވަނީ ބަންޑާރަ ނައިބު އޮފީހުގައި މީގެ ކުރިން މަސައްކަތްކުރެއްވި ގާނޫނީ ވަކީލާ މަރިޔަމް ޝުނާނާއެވެ.

މި މުޒާހަރާއާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ޝުނާނާ މިއަދު ވިދާޅުވީ، ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލާ މި މުޒާހަރާ ފުރަތަމަ އިއުލާން ކުރެއްވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފާއިސާ ޖަމާވި އެކައުންޓްތައް ހާމަކުރުމަށާއި ރައްޔިތުންގެ މަޖިލިސް މެމްބަރުންގެ ތެރެއިން މާލީ ބަޔާން ހާމަނުކުރާ މެމްބަރުންގެ މަލީ ބަޔާން ހާމަ ކުރުމަށް ގޮވާލަން ކަމަށެވެ. ނަމަވެސް މާދަމާ މުޒާހަރާ ކުރިޔަށް ދާނެ ކަމަށާއި މާދަމާ މުޒާހަރާ ކުރިއަށް ދާނީ ކޮރަޕްޝަނަށް ރައްޔިތުން ހޭލުންތެރިކޮށް، ކޮރަޕްޝަނާ ދެކޮޅަށް އަޑު އުފުލުމަށް ކަމަށް ޝުނާނާ ވިދާޅުވިއެވެ.

ޝުނާނާ އިތުރަށް ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރު ކޮރޮޕްޝަން އިންތިހާއަށް ގޮސްފައިވަނީ އޭސީސީއަށް އެމީހުންގެ މަސްޢޫލިއްޔަތު އަދާ ނުކުރެވުމުން ކަމަށެވެ. އަދި ކޮރޮޕްޝަންގެ ޢަމަލުތައް ހުއްޓުވުމަށް އަބަދުވެސް މަސައްކަތް ކުރަން ޖެހޭނެ ކަމަށާއި މިކަން ކުރަން ޖެހޭނީ ވަކި ބަޔަކު އެކަމަށް އަޑު އުފުލުމުން ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތަކީ ރާއްޖޭގެ މިހާތަނަށް އެންމެ ބޮޑު ހިޔާނާތްކަން ފާހަގަކުރައްވައި ޝުނާނާ ވިދާޅުވީ، އެ މައްސަލައިގައި އޭސީސީން އެކަށީގެންވާ ފިޔަވަޅެއް މިހާތަނަށް އެޅިފައި ނެތުމުން، އޭސިސީގެ ޒިންމާ އަދާނުކުރުމުން ރައްޔިތުންގެ މަޖިލީހުން އެމެމްބަރުންނާ މެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

މާދަމާގެ މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ ކާނިވާ ސަރަހައްދުން ހަވީރު 4 ޖަހާއިރުއެވެ. އަދި މަޖީދީމަގުން ހިނގާމުން އައިސް މުޒާހާރާ ނިންމާލާނީ ސޯޝަލް ސެންޓަރާ ހަމައަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. suhaana

    mashhooruvan kuraakame. mdp adeegaove hinqgaa thamseelu majuliha kurimathileema egidhaane hurivareves. vakimeehaku badhunaam kuran jehimalhi amilakolha vanee.

  2. ނަފާ

    ތި ޝުނާނާ ތިޔައީ މޮޔަވެގެން އުޅޭ އަންހެނެއް.. މާދެން މަ ބޮޑޭވެގެން..މީނާ އޭޖީގަ ހުރެ ހިންގި ޖަރީމާތައް ތަހުޤީޤުކޮށްލަބަލަ

  3. އަލީ

    ސާބަހޭ! ސުނާނާމެން ތިކުރާ މަސައްކަތަށް، ވައްކަމުގައި ބައިވެރިވި ހުރިިހާ އެއްމެންނައް ހައްގު އަދަބު ދޭންގެހޭ، އެއްމެން ވެސް ހާމަކުރަންޖެހޭ ޕަބްލިކައް

  4. މުހައްމަދު

    ސުނާނާއައް ސާބަހޭ! ތިގޮތުގައި ތިއްބަވާ ، ވަގުން ހައްޔަރު ކުރެވެންދެން،