ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާގެ ލިޔުންތައް އާދިއްތަ ދުވަހު އެމަނިކުފާނާ ހަވާލުކުރަން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގ ގެ ދަޢުވާ އުފުލައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވަނީ އިއްޔެއެވެ. އަދި އަންނަ އާދިއްތަ ދުވަހު އެ މައްސަލާގެ ލިޔުންތައް އެމަނިކުފާނާ ހަވާލު ކުރައްވާނެކަމަށް އެ ކޯޓުން ބުނެއެވެ.

މަނީ ލޯންޑްރިން ކުރުމުގެ ތުހުމަތު ޔާމީންގެ މައްޗަށް ފުލުހުން ކޮށްފައި ވަނީ އެމްއެމްއެޕީއާރްސީގެ ފައިސާ އެންމެ ގިނައިން ބޭނުން ކުރި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފްގެ ކުންފުނިން ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއްމިލިއަން ޑޮލަރު އޭސީސީ އާއި ހަވާލު ނުކުރިކަމަށް ބުނެއެވެ. އެސްއޯއެފް އިން ޖަމާކުރި އެއް މިލިއަން ޑޮލަރުގެ ބަދަލުގައި ޔާމީން އޭސީސީ އާއި އެކު ހުޅުވި އެކައުންޓަށް ޖަމާކޮށްފައި ވަނީ ކުރީގެ ޓްއަރިޒަމް މިނިސްޓަރ މޫސާ ޒަމީރުގެ އަތުން ނެންގެވި ފައިސާއެވެ.

ފުލުހުން ވިދާޅުވީ، އެ މައްސަލާގެ ތަހުގީގަށް ފުލުހުން ހޯދި މައުލޫމާތުތަކާއި، ހެއްކާއި ގަރީނާ އިން ފާހަގަކުރެވުނުގޮތުގައި އެމްއެމްޕީއާރްސީގެ ފައިސާއަށް ހިޔާނަތްތެރިވި ފަރާތްތަކުން އެ ފައިސާތަކުގެ ތެރެއިން އެއް މިލިއަން ޑޮލަރު އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން ޔާމީންގެ އެކައުންޓަށް ޖަމާ ކުރި ފައިސާ އިން އެމަނިކުފާނު ވަނީ މާލީ މަންފާތަކެއް ލިބޭ މުއާމަލާތްތަކެއް ހިންގަވާފައެވެ.

އެ މައްސަލައާ ގުޅިގެން ޔާމީން ކުރިން ފުލުސް އޮފީހަށްވެސް ހާޒިރުކުރިއެވެ.

އެ މައްސަލާގައި ރައީސް ޔާމީންގެ އެކައުންޓްވެސް ވަނީ ފްރީޒްކޮށްފައެެވެ. އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމެއް ކުރިޔަށް ގެންގޮސްފައި ވަނީ މިއަދުއެވެ. އަދި އެއަޑުއެހުން ކުރިޔަށް ގެންގޮސްފައި ވަނީސިއްރު އަޑުއެހުމެއްގެ ގޮތުގައެވެ. އަދި މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން މިއަދު ވަނީ ނިންމާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. 3ވަނަވިސްނުން

    ވައްކަން ކުރީމަ ސިއްރުކުރަނީ؟ކޮންކަމެއް ކުރީމަ ސިއްރުނުކުރާނީ؟ފެންނަން މިއޮތީ!ބަލަންމިތިބީ! ކިހާ ދެރަކަމެއްތަމީ! ކިހިނެއްހުއްޓުވާނީ!އަމަޔަކަސް ،ބަފަޔަކަސް، ރައީސަކަސް ވައްކަންވާނީ ވައްކަމަކަން! ބުޅަލުގެ އުސޫލް ދޫކޮށްލާ!ނޫނީ ތިކަން ނޮކޮށް ގޭގަ ރައްޔިތުން މޫނާ ގައިގަ އެއްޗެހިބާލުވާފަ އަދުން ނައަޅުވާ! ތިޔަދަނީ އަމާބުނީތީ ފަރަށް!