އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތައް ލިބުނު ފައިސާ އެސްއޯއެފް މެދުވެރިކޮށް އެތައް ބަޔަކަށް ބަހާލި ޖަރީމާ އާއި ގުޅޭ ތަޙްޤީޤު ރިޕޯޓް މިއަދު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އާއްމު ކުރި ބަލައި ނުގަންނާނެ ކަމަށް ބަންޑާރަ ނައިބު އޮފީހުގައި މީގެ ކުރިން މަސައްކަތްކުރެއްވި ގާނޫނީ ވަކީލާ މަރިޔަމް ޝުނާނާ ވިދާޅުވެއްޖެއެވެ.

މާދަމާ ކޮރޮޕްޝަންއާ ދެކޮޅަށް އޮންނަ މުޒާހަރާ އާ ބެހޭ ގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި ޝުނާނާ ވިދާޅުވީ އެސީސީއަކީ ފެއިލްވެފައިވާ މުއައްސަސާއެއް ކަމަށާއި އެ ރިޕޯޓް ހާމަކޮށްފައި ވަނީ ކޮރަޕްޝަނުގެ ފައިސާގައި ޖެހިފައިވާ ފަރާތްތަކުގެ ނަންތައް ހާމަކުރަން ހުކުރު ދުވަހު މުޒާހަރާ ކުރަން ނިކުންނަން ލޯޔަރުންގެ ޓީމަކުން ނިންމުމުން ކަމަށެވެ. އަދި ވޭތުވެދިޔަ ދުވަސްތަކުގައި ކޮރޮޕްޝަން އިންތިހާއަށް ބޮޑުވެގެން ދިޔައީ އޭސީސީގެ ޒިންމާ އެ ބޭފުޅުންނަށް އަދާނުކުރެއްވުމުން ކަމަށްވެސް ޝުޔާނާ ވިދާޅުވިއެވެ.

''މިއަދަކު ނޫން ތަހްގީގް ރިޕޯޓް ހާމަކުރާނީ. އެ އަށް ވުރެ ކުރިން ހާމަ ކުރަންޖެހޭ. ބަޔަކު އަޑު އުފުލައި ހަޅޭލަވާ ކަންތައްތައް ކުރީމަކާ ނޫން ކޮރަޕްޝަން ހާމަކުރަން ޖެހޭނީ. އޭގާ އޮންނާނެ ޒިންމާއެއް. އެކަމުގެ ޒިންމާ ބޮޑުވާ މުއްސަސާއަކީ އެސީސީ،'' ޝުނާނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޝުނާނާ ވިދާޅުވީ، އޭސީސީއަށް ހުށަހަޅާ ކިތަންމެ މައްސަލައެއް ނުބަލާ ދޫކޮށްލާ ކަމަށްވެސް ޝުނާނާ ވިދާޅުވިއެވެ.

މިއަދު އާއްމު ކުރި ރިޕޯޓްގައި ޖުމްލަ 776 ސަފްހާގެ ހިމެނޭއިރު، އެމްއެންޕީއާރސީގެ ޚިޔާނާތުގައި ހިމެނޭ ފަރާތްތަކުގެ ނަންވަނީ ހާމަކޮށްފައެވެ. މިފަރާތްތަކުގެ ތެރޭގައި މި ސަރުކާރުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޒީރޯ ޓޮލަރެންސް

    ރަގަޅަށް ވެއްޖެއްޔާ މިމަންޖެވެސް މިހިޔާނާތުގަ ވާނީ ބައިވެރި ވެފަ... ރިޕޯޓެއް ނުނެރެވޭނެ ދޯ ލޯމަރާފަ ލޯހުޅުވާލާހާ އަވަހަކަށް.. އަޖައިބެއް ހަމަ

    16
    5
  2. މޮޔަވޭ

    މުޒާހިރާ ޕާޓީ. ދެކަމެއް ނޯންނާނެ ދެން. ހަޅޭ ލަވާއިރު ގްރޫޕު މީހުންނަށް ބައި އެޅިވަރު މަދެއްނޫން. ލަދުން ބޯހަލާކު

    9
    4
  3. ނަޒާހަތު

    އޭސީސީ ބަދަލުކުރަން ހިފަންވީ ދަނޑިވަޅުމީ.

    7
    3
  4. އަކޫ

    މީ ކާކުދެން ގަބޫލް ކުރަން ނުކުރަން. ބަޔަކު މީހުން ދަންނައެއްޗެއް ވެސް ނޫން. ކަލޭ ގަބޫލު ނުކުރީމަ އަހަރުންނަށް ކީއް. ކަލޭ ބޭނުންވާ މީހުންގެ ނަންނެތީމަ ގަބޫލް ނުކުރިޔަސް އެހެރީ ބޭންކް ސްޓޭޓްމަންޓް ލާރި ޖަމާވިމީހުންގެ. އެއިން އެކަކަށްވެސް ޖަމާ ނުކުރެއޭ ބުންނަން ކެރުނުތަ؟ އަނެއްކާ ކަލޭގެ ނަންނެތްތަ؟

    15
    2
  5. ޙަސަން

    މި ސުނާނާއަށް ނޭނގޭ، އޭސީސީން ބެލޭނީ ކޮންކަހަލަ މައްސަލަތަކެއް ކަމެއްވެސް. އެކަމަކު މާމޮޅު ޤާނޫނީ ވަކީލެކޯ.

    14
    3
  6. ހައްހައްހައް

    ކަލޭ ލައްވާ ގަބޫލު ކުރުވާކަށް މީހަކު ނޫޅޭ އަމުދަކުން ހެހޭއި.

    19
    4
  7. ބަޑޭރި

    ކޮބާ ރައްޔިތުންގެ ބަސް، ކަންބޮޑުވުންތައް މަންދޫބުން ބޮޑުޗުއްޓީގަ އޮތަ އޭ ސީސީ ގެ މައްސަލަ އުޅެންޏާ އެކަމެއްވެސް ބަލަންވާނެ

  8. ޅޮލު

    މުޒާހަރާ ގެ އެއްވެސް ޕަވަރެ ނެތް މިހާރު ދޯ؟

    6
    3
  9. ސުނާނާގެ ފިރި

    މީ އަނެއްކާ ކޮން ކަމެއް ބޭނުން ވެގެން އުޅޭ މީހެއް؟ ކޮންމެވެސް ކަމަކަށް ޕަބްލިސިޓީ ހޯދަން އުޅޭ މީހެއްމީ.

    11
    3
  10. ރަސީދު

    ކަލޭ ހަވާލުވޭ

  11. ޑިމޮކްރަސީ

    ކޮރަޕްޝަން ރާއްޖެ އިން ހުއްޓުވަން ޖެހޭ މިކަން ކުރުމަށް މިހާރު އޮތް ޤާނޫނު އަސާސީ އާއި ރައްޔަތުންގެ މަޖްލިސް އުވާލާ ރައްޔަތުންްގެ މަޖްލިސްގެ މެމްބަރުންގެ އަދަދު އަތޮޅަކުން 2 މީހުން އަދި މާލެއިން 2 މީހުންނަށްވުރެ އިތުރުނުވާގޮތަށާއި މަޖްލިސްގެ މެމްބަރުން އަމިއްލައަށް ކަޑަައަޅާ މުސާރަ އެމީހުންނަށް ނުދެވޭގޮތަށް ޤާނޫނު އަސާސީ ބަދަލުކޮށްފަ މެމްބަރުން ހޮވަންވީ. ކަރެޕްޝަން ހިންގަމުންދަނިކޮށް އެކަންހުއްޓުވެންޖެހޭނެ. ކޯޓުތަކުގެ ކަރެޕްޝަންތެރޭގަ ޤާނޫނީ ވަކީލުންހިމެނޭ. ވަގުތުފާއިތުވުުމުގެ ސަބަބުން އެފްޕީއައިޑީ އަދި ޖީއެމްއާރު އަށް އެއާރޕޯޓް ދިން މައްސަލަ އާއި ޓާޓާ އަށް ފްލެޓް އަޅަން މާލެއިން ބިންދިންމައްސަލަ ތާކުތާކުނުޖެހި ހިގައްޖެ. ޢެމްއެމްޕީ އާރސީގެ މައްސަލައާއި އިންޑިޔާ ސިފައިން ރާއްޖޭގައި ބައިތިއްބާ ރާއްޖެ އަޅުވެތިކުރުމުގައި ހިގަމުންދާ ކޮރެޕްޝަންގެ މައްސަލަތައް ބަލާ ހަރުކަށި ފިޔަވަޅު އަޅަންޖެހޭ. ރާއްޖޭގައިހިގަމުންދާ ބޮޑެތި ކަރެޕްޝަންތަކަކީ އެއްމެންނަށް އެގޭ ޕަބްލިކްސިއްރު.