އެމްއެމްޕީއާރްސީގެ ކޮރަޕްޝަނުން ފައިސާ ބަހާލި އެކައުންޓް ކަމަށްވާ ސްކޯސް އޮފް ފްލެއާ (އެސްއޯއެފް) ގެ އެކައުންޓުން ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ދިރިއުޅުއްވާ ގެ، ހ. ލަކީގައި ދިރިއުޅޭ މީހެއްގެ އެކައުންޓަށް އެސްއޯއެފްއިން 40 ހާސް އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާކަން އޭސީސީގެ ރިޕޯޓުން ހާމަވެއްޖެއެވެ.

އެ ގޭގައި ދިރިއުޅޭ އަލީ މުހައްމަދު ދީދީ ކިޔާ މީހަކަށް އެސްއޯއެފްއިން ފައިސާ ޖަމާކޮށްފައިވާ އިރު، އިލެކްޝަންސްގެ ދަފްތަރުގައި އޭނާގެ ނަން އޮތީ އަދާލަތު ޕާޓީގައެވެ. ޑރ. އިޔާޒް އެގޭގައި ދިރިއުޅުނު ނަމަވެސް އޭނާ ވިދާޅުވީ އޭނާއަކީ އެގޭގެ ބައެއްގައި ދިރިއުޅުނު މީހެއް ކަމަށާއި، އެ ފައިސާއާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށެވެ.

އަލީ މުހައްމަދު ދީދީ އާއި ގުޅޭގޮތް ނުވުމުން އެސްއޯއެފް އިން އޭނާގެ އެކައުންޓަށް ޖަމާކުރި ފައިސާ އަކީ ކީއްވެ ޖަމާކުރި ފައިސާއެއްކަން ސާފުވާގޮތެއް ނުވިއެވެ.

އެސްއޯއެފް އިން ފައިސާ ލިބުނު ގާތްގަނޑަކަށް ހުރިހާ ފަރާތްތަކަކުން ވެސް މިހާރު ބުނަމުން ގެންދަނީ އެމީހުން އެސްއޯއެފް އާއި އެކު ހިންގާފައި ވަނީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތައް ލިބެން ޖެހޭ އެތައް މިލިއަން ރުފިޔާއެއް އެސްއޯއެފް މެދުވެރިކޮށް އެތައް ބަޔަށް ބަހާލާފައި ވާއިރު އެކުންފުނިން ފައިސާ ދީފައިވާ މީހުންގެ ތެރޭގައި ރައީސް ޔާމީންގެ ސަރުކާރަށް ތާއިދު ކުރި މެންބަރުންނާއި އޭރު ސަރުކާރާއި ދެކޮޅަށް އަޑުއުފުލި ފަރާތްތައް ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. 3ވަނަވިސްނުން

    ވައްކަން ކުރީމަ ސިއްރުކުރަނީ؟ކޮންކަމެއް ކުރީމަ ސިއްރުނުކުރާނީ؟ފެންނަން މިއޮތީ!ބަލަންމިތިބީ! ކިހާ ދެރަކަމެއްތަމީ! ކިހިނެއްހުއްޓުވާނީ!އަމަޔަކަސް ،ބަފަޔަކަސް، ރައީސަކަސް ވައްކަންވާނީ ވައްކަމަކަން! ބުޅަލުގެ އުސޫލް ދޫކޮށްލާ!ނޫނީ ތިކަން ނޮކޮށް ގޭގަ ރައްޔިތުން މޫނާ ގައިގަ އެއްޗެހިބާލުވާފަ އަދުން ނައަޅުވާ! ތިޔަދަނީ އަމާބުނީތީ ފަރަށް!

    6
    2
    • ހހހހހ

      މީތިގަނޑު މާވަރަކަށް މި ފެލެނީ އެހެންވެތާ.

      10
      4
  2. މަސްވެރިޔާ

    40000 ޑޮލަރ އާއި އެއްވަރަށް އަޑުގަދަ ކުރަނީ. ކޮންމެ މީހަކުވެސް ބުނާނީ މަށަށްދޭން އޮތް ފައިސާ ދިނީޔޭ. ނަމަވެސް މުތުލަގަށް އިނގޭ މިއީ އެސްއޯ އެފުން ބޮޑް ކަރަޕްޓް ހަދިޔާގޮތުގައި ޖަމާކޮށްފައިވާ ފައިސާ. މިކަމުގައި ހިމެނޭ މަޖުލިސް މެންބަރުންގެ ނަން ހާމަ ކުރުން މުހިންމު. އަދީބުގެ ވޯޓްތަކުފައި 85 މެންބަރުންގެ ތެރެއިން 78 މެންބަރުން ވޯޓްދިން.. މިއިން ސާފްވަނީ 7 މެންބަރުން. މީގެ ވަރަށް ގިނަ މެންބަރުންނަކީ ކުއްލި މުއްސަދިކަމެއް ލިބުނު މީހުން. މިހާރުގެ ރައީސް އަކީ އެމްޑީޕީ ޕީޖީ ލީޑަރ ... ޤާނޫނު އަސާސީއަށް ކުއްލި އަކަށް ބަދަލް ގެނެސް އަދީބުއަށް ނރ.ކަން ލިބުނީ ނުބާ އޮއިވަރެއްގެ ތެރެއިންކަން އެންމެން ޤަބޫލް ކުރޭ. ރައްޔިތުންނަށް ސާފްވާންޖެހޭ. ރައީސް އބރމ.ސޯލިހް ? % ސާފްތޯ.

    12
    1
  3. މުހައްމަދު

    ހެހޭ އިޔާޒޫ ހީވޭކަމެއްހެން ކޮބާތިޔަ ދައްކާވާހަކަތަކުގެ އެއްވެސް ބުރަދަނެއް ފުރަތަމަ ތިމާގެ ބޮލުގައެޅިފައޮތް މުޑުދާރު ރިޝްވަތުގެ ސަކަރާތުން މިންޖުވޭތޯ ބަލާބަލަ ލަދެއް ހަޔާތެއް ހުރިއްޔާ ދެންވެސް މައިތިރިވެގެން ހުރެވޭތޯބަލާ! ހެހެހޭ

    14
    14
    • މޮޔަ

      ކުއްޔަށް ގޭގޭގަ މީހުން އުޅޭނެދޯ އެމީހުންނަށް ފާރަލާށޭތަ ތިބުނަނީ ޝައިޚް ގޭގަ އޭނަ އުޅެނީ ކުއްޔަށް

      8
      5
  4. ސަންމޫން

    މަ މިއުޅެނީ ލިޔާނެ ޚަބަރެއް ނުލިބިގެން، އެހެންވެ ދެމޭ ހާސަރު މި ހުންނަނީ

    8
    5
  5. ޕީޖޭ

    އެއީ ޝެއިޙާއި ގުޅުމެއް އޮތް މީހެއް ނޫން..ބޮޑު ވަގެއް އެއީ

    11
    6
    • ދދދދދ

      ކަލޭ ދޯ އެއީ؟ ވަގު ޝޭޚު ދިފާއު ކުރަން ތިއުޅެނީ އެހެންވެ ދޯ؟

      7
      9
  6. ސުބޭ

    ސާޅީސް ހާސް

    7
    1
  7. ސައްޕޭ

    ޢިޔާޒުގެ ގޭގައި ދިރިއުޅޭ މީހާ ގެ ނަން ލިޔަން ނުކެރުނީ ކީއްވެބާ؟ ޢިޔާޒުވެސް ދިރިއުލެނީ އެގޭގަ. އަނެއްކާ ޢިޔާޒް ބާ.!

    9
    6
  8. ބެއްޔާ

    ތިހެންވެގެންދޯ އިޔާޒް އަނގަ ފުޅާވެގެންމިއުޅެނީ. ދީނެއްނޫން މުހިއްމީ އޭނައަށް. ފައިސާދިން މީހުންގެ ހައްގުދިފާއުރުރަނީ.

    11
    8
  9. ޏ

    މަށަކީ ދިވެއްސެއް މަގޭ ގައުމުގެ ބައެއްގެ އެކައުންޓަށް ރިޝްވަތުގެ ފައިސާ ވަނީ ވަދެފައި އެހެންވީމަ މަވެސް ޖެހޭނެތާ ޒިންމާވާންެ

    6
    7
  10. ރެކިހުތާ

    އެމީހަކު ކުރިކަމެއް އެމީހަކަށް. މިއަދު ޑޮލަރު ގަންނަންށޭ އެހެންކަމަކަށޭ ކިޔައިގެނ ފުއްދާލެވުނަސް. މާދަމާވެސް މަރުވީ ތިޔަ ހުރިހާ ސުވާލުތަކަށް ބަރާބަރަށް ތަފްސީލު ދޭންޖެހޭނެ. އެދުވަހުން ތިހެން މޭފުއްޕާފައި ނުތިބެވޭނެ.

    9
    1
  11. ނުރަބޯ

    ޝޭޚަށް ލިބުނުބައި އެއޮތީ ފަހުން އަނބުރާ ދޭގޮތަށް އެގޭގާ އުޅޭ މީހެއްގެ އެކައުންޓަށް ޖަމާކޮށްފަ. އެކަމަކުވާ ޝޭޚޫ.

    2
    5
  12. ހީވާގޮތް

    އެލިސްޓުގައި ވާ ކޮންމެ މީހަކީ ވަގެއް ކަމުގައި ލޭބަލް ކޮށްެގެން ނުވާނެ. ޑޮލަރު މާރުކުރުމުގެ ތެރޭ ވީކަމަކަށް ވެދާނެ. މިސާލަކަށް އަލީ މުހައްމަދުދީދީ އަދާލަތު ޕާޓީގައި ރެޖިސްޓާ ވެފައި އޮތިއްޔާ ހަމަ އިޔާޒުއާއި ގުޅުން ހުރުމަކީ އެކަށީގެންވާކަމެއްނު.ހަމަ ތިބުނާ މީހުން އިޔާޒްއަށް ދޭންވާ ޑޮލަރު އަލީ މުހައްމދު ނަމުގައި ލާފާނެ....ވީމާ މިކަން ރަގަޅަށް ބެލުމަށްފަހު މީހުންގެ ބޮލުގައި އިލްޒާމު އަޅުވަންވާނީ

    • އަން

      އެލިސްޓްގައިވާ ކުރިހާ ފަރާތްތކަކީ ދައުލަތުގެ ފައިސާއަށް ހިޔާނަތްތެރިވުމުގެ ބައިވެރިއެއް. ބައިވެރިވެފައިވާ ގޮތާއި ބައިވެރިވެފައިވާ މިންވަރު އެކިމީހުންގެ ތަފާތު. ނަމަވެސް ކޮންމެވެސް ސިފައެއްގައި ވަގުކުންފުންޏަކާއިއެކު ޑީލްހެދިފައި ތިބި ފަރާތްތައް އެލިސްޓްގައި އެވަނީ.

      3
      2
  13. ގުރުވަ

    ޕޮލިޓިކަލް ޝޭޚުން

    2
    4
  14. އަންތަރީސް

    މިކަލޭގެ ހާދަވަރެކޭ މިއަރުވަނީ މީވެސް ސޭހުންއުޅޭ ވައްތަރު