ގއ. ގެމަނަފުށީގެ ހުޅަނގުން ދެ ނޯޓިކަލް މޭލް ބޭރުން މަސްވެރިކަން ކުރަން އުޅުނު ދޯންޏެއްގައި އޮތް ބަލި ދެ މީހަކަށް ސިފައިން އެހީތެރިވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އެ ހާލު ބޮޑުވި ދެ މީހުން ގެމަނަފުއްޓަށް ގެންގޮސްފައިވާ ކަމަށެވެ.

އެމްއެންޑީއެފް އިން މިގޮތަށް ވިދާޅުވި ނަމަވެސް، އެ ދެ މީހުންނަށް ދިމާވީ ކޮން ކަހަލަ ސިއްހީ މައްސަލައެއް ކަމެއް ނޭގެއެވެ.

އެމްއެންޑީއެފް އިން އާއްމުކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދިމާވާ ކަންކަމަށް އެޓެންޑްވާނެއެވެ. އަދި ހެލިކަޕްޓަރުގައި މާލެ ގެންނަން ޖެހޭ ފަރާތްތައްވެސް ސިފައިންގެ އެހީގައި ގެނެސްދެއެވެ.

ކިޔުންތެރިންގެ ހިޔާލު