އެމްއެމްޕީއާރްސީ މެދިވެރިކޮށް ލިބުނު ފައިސާއަށް ހިޔަނާތްތެރިވި ސްކޯސް އޮފް ފްލެއަރ (އެސްއޯއެފް)އިން ވިލާ ޓްރެވެލްސްއަށް ޖަމާކުރިކަމަށް ބުނާ ޑޮލަރުތަކަކީ އެ ކުންފުނި މެދުވެރިކޮށް ޑޮލަރު ގަތް ފައިސާކަމަށް ވިލާ ޓްރެވެލް އިން ބުނެފިއެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތައް ލިބުނު ފައިސާ، ސްކޯސް އޮފް ފްލެއަރ (އެސްއޯއެފް) މެދުވެރިކޮށް އެތައް ބަޔަކަށް ބަހާލި ޖަރީމާ އާއި ގުޅޭ ތަޙްޤީޤު ރިޕޯޓް މިއަދު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނެރުނު ރިޕޯޓުން ވިލާ ޓްރެވެލްސްއަށް 7 ލައްކަ ޑޮލަރު ލިބިފައިވާ ކަމަށް ބުނެފައި ވެއެވެ.

އެ ކުންުފުނިން މީގެ ކުޑައިރުކޮޅެއް ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެސްއޯއެފް އިން ވިލާ ޓްރެވެލްސްއަށް 7 ލައްކަ ޑޮލަރު ޖަމާކުރި ކަމަށް އޭސީސީއިން ނެރުނު ހިޔާނާތުގެ ރިޕޯޓްގައި ބުނެފައިވާތީ އެކަމާއި މީޑިއާތަކުން ތަފާތު ގޮތްގޮތަށް ރިޕޯޓް ކުރަމުން އަންނަ ކަމަށެވެ. ވިލާ ޓްރެވެލްސްގެ ބަޔާނުގައި ބުނެފައި ވަނީ، އެ ކުންފުންޏަކީ ފުޅާދާއިރާއެއްގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ އެއާލައިންތަކުގެ ޓިކެޓް ވިއްކުމުގެ ހިދުމަތާއި، މަނީ ޓްރާންސްފާގެ ހިދުމަތް ދެމުން އަންނަ އެޖެންޓެއް ކަމަށެވެ. ޓިކެޓް ގަންނަ ފަރާތްތަކުން ދިވެހި ރުފިޔާއިން ޓިކެޓް ވިއްކި ކަމުގައިވިޔަސް، އެއާލައިންތަކަށާއި، ބޭރުގެ ފަރާތްތަކަށް ދައްކަން ޖެހެނީ އެމެރިކާ ޑޮލަރުން ކަމަށް އެ ބަޔާނުގައި ވެއެވެ.

އަދި އިންޑަސްޓްރީގެ އެހެން ކުންފުނިތަކެކޭ އެއްގޮތަށް ކުންފުނީގެ ބޭނުމަށް ބޭރުގެ ފައިސާ ލިބުމުގެ ދަތިކަމަކީ މި ކުންފުންޏަށްވެސް ދިމާވެފައިވާ މައްސަލައެއް ކަމަށާއި، ކުންފުނީގެ ވިޔަފާރީގެ ބޭނުމަށް ރާއްޖޭގެ ބާޒާރުން ޑޮލަރު ގަތުމަކީ އެ ކުންފުނިން އަބަދުވެސް ކުރާ ކަމެއް ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

އެ ކުންފުންޏަކީ ބޭރުގެ ފައިސާ ގަނެވިއްކުމުގެ މުއާމަލާތް ކުރުމަށް އެމްއެމްއޭއިން ދޫކުރާ މަނީޗޭންޖަރ ލައިސަންސް އޮތް ފަރާތެއްކަމަށްވެސް އެ ބަޔާނުގައި ވެއެވެ. "މިގޮތުން ކުރެވުނު މުއާމަލާތްތަކުގެ ތެރެއިން 2014 އަދި 2015 ވަނަ އަހަރު އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން 700،000 (ހަތް ލައްކަ) އެމެރިކާ ޑޮލަރު ގަނެ، އެ ޑޮލަަރަށްވާ ދިވެހި ފައިސާ އެ ކުންފުންޏަށް ބަރާބަރަށް ދިފައިވާނެއެވެ." އެ ބަޔާނުގައި ވެއެވެ.

އެ މުއާމަލާތާއި ގުޅިގެން އޭސީސީންނާއި ދައުލަތުގެ އެހެނިހެން އިދާރާތަކުންވެސް މިއަދާއި ހަމައަށްވެސް އެ ކުންފުންޏާއި ސުވާލުކޮށްފައިނުވާކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. 3ވަނަވިސްނުން

    މުހައްމަދު ވަހީދު ހަސަންމަނިކާ،ގާސިމް އިބްރާހިމް ،ސިންގަރޕޫރުގެ ކޯޓުގައި އޮތް ތެލުގެ ވަގުވިޔަފާރިއެއްގެ މައްސަލަ އޮއްބާލަން ދިނީ ކާކުގެ ފައިސާ .ވިލާޓްރަވަލްސް އިން ރައްޔިތުންނަން ހާމަ ކޮށްދިނުން ބުއްދި ވެރި ، އެބައިވެސްއެބަ އާދޭ!އަވަހަން ވަގުތު އޮއްވާ ސޭޓްގެ ސޯޓް ނުބޭލެނިސް ބަޔާން ނެރޭ!

    4
    1
  2. ކާފަ

    ހެހެހެހެ ހާދަވައްތަރޭ ބުހުތާން ދޮގާ

    5
    1
  3. ހާމާން

    ފެލާ މީހެކޭ އުފުލާ މީހެކޭ އުފުލެވޭ މީހެކޭ ބޯ މީހެކޭ 1ގޮތް

    6
    1
  4. ޢައިބާ

    ތިބުނާ އެސްއޯއެފަކީ ޑޮލަރ ވިއްކަން ހުއްދަ އޮތް ބައެއްނޫން ،އަދި ކުއްލިއަކަށް ޑޮލަރ ފެކްޓަރީއކަށް މިތަން ވީގޮތެއްވެސް އެގޭމީހަކުނެތް ، ވިލާއިންވެސް ފާޑުފާޑުގެ ބަޔާނއތައް ނެރޭނެކަމެއްނެތް

    6
    1
  5. ވަގުހިފަމާ

    ރައްޔިތުން ގަޅި ހައްދަން ނޫޅުއްވާ ތިބުނަނީ ވިލާގެ ހުރިހާ ރިޒޯޓް ތަކައް ގެސްޓުން އައިސް ޕޭކުރަނީ ދިވެހި ރުފިޔާއިން ނޭ ދެއްތޯ ގަމާރުވިޔަސް ކަމުންރެކެންވިޔަސް ތިޔަ ހަދަނީ ދޮގުކަން އެގޭ ބޭރު މީހުން ލާރިއްދައްކާނީ ސީދާ ޔޫއެސް ޑޮލަރުން ތީ ބޮޑުވަރު މިފަހަރު މިކަމުން ބޯދަމައި ގަނެވޭކައްނެތް ހުސް ވަގުން ބަގަކައްދޫކުރާނެ ވަގެއްނެތް ދެއްތޯ