އަންނަ އޭޕްރިލް މަހު ހުޅުވަން ނިންމާފައިވާ ދަރުމަވަންތަ ހޮސްޕިޓަލަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ޒިޔާރަތް ކުރައްވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ ނައިބު ފައިޞަލް ނަސީމް، ދަރުމަވަންތަ ހޮސްޕިޓަލަށް މިއަދު ޒިޔާރަތްކުރައްވައި، އެތަނުގެ ހާލަތު ބައްލަވައިލެއްވި ކަމަށެވެ.

އެމަނިކުފާނުގެ މި ޒިޔާރަތުގައި އެ ހޮސްޕިޓަލުގެ މަސައްކަތްތައް ކުރިޔަށްގެންދިޔުމުގައި ދިމާވާ ގޮންޖެހުންތަކުގެ މަޢުލޫމާތު އޮޅުންފިލުއްވައިފައިވާ ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ. ނަމަވެސް އިތުރު ތަފްސީލެއް ރައީސް އޮފީހުން ހާމަކުރައްވާފައެއް ނުވެއެވެ.

ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ކުރަން ފެށީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ. ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްފައި ވަނީ ސިންގަޕޫރުގެ ޝެންހުއާ ކުންފުނިންނެވެ. ހޮސްޕިޓަލް އިމާރާތް ކޮށްފައި ވަނީ 143 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) އަށެވެ. މަސައްކަތް ހަވާލު ކުރީ ޖޫން، 5، 2016 ގައެވެ. އެއީ މަސައްކަތް ފަށާތާ ދެ އަހަރުން މަސައްކަތް ނިންމުމަށެވެ.

އިމާރާތުގެ މަސައްކަތް ތާރީޚަށް ނިންމުނު ނަމަވެސް ހޮސްޕިޓަލް ހުޅުވުން ލަސްވީ ހޮސްޕިޓަލަށް ބޭނުންވާ ވަސީލަތްތައް ގާއިމް ކުރުމުގެ މަސައްކަތް ހަވާލު ކުރި ކުންފުނިތަކަށް އެމަސައްކަތް ތާރީޚަށް ނުނިންމިގެންނެވެ. ޔާމީންގެ ސަރުކާރުން މަސައްކަތް ކުރީ މިދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހު ހޮސްޕިޓަލްގެ ހަ ފްލޯއެއް ހުޅުވާށެވެ. ނަމަވެސް އެދުވަހަށް މަސައްކަތް ނުނިމުމުން ދެން މަސައްކަތް ކުރީ މި އަހަރުގެ ފެބްރުއަރީ މަހު ހޮސްޕިޓަލް ހުޅުވާށެވެ. ފެބްރުއަރީ މަހު ހޮސްޕިޓަލް ހުޅުވަން މަސައްކަތް ކުރަމުން ދަނިކޮށް ވަނީ ސަރުކާރު ބަދަލު ވެފައެވެ.

އާސަރުކާރުން މިއަދު ބުނީ ދަރުމަވަންތަ ހޮސްޕިޓަލް އޭޕްރިލް މަހު ހުޅުވާއިރު ހަތަރު ފްލޯއެއްގައި ޚިދުމަތް ދޭނެ ކަމަށެވެ.

ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވުމާއި އެކު އައިޖީއެމްއެޗްގެ އޯޕީޑީ، އެކްސްރޭ، އެމްއާރުއައި، ފިޒިއޯތެރަޕީ، ސްޕޯޓްސް ތެރަޕީ، އީއެންޓީ އާއި ލޮލުގެ ބަލިތަކަށް ޚާއްސަ ޑިޕާޓްމެންޓާއި ޑެންޓަލް ޑިޕާޓްމެންޓް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލު ވާނެއެވެ. ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވުމުން ޑޮކްޓަރަށް ދެއްކުމާއި އެކްސްރޭ ނެގުން ފަދަ ހުރިހާ ޚިދުމަތެއް ކުރިއަށް ގެންދާނީ ދަރުމަވަންތަ ހޮސްޕިޓަލްގައެވެ. އެހެންކަމުން ތޮއް ޖެހިފައި އޮންނަ އައިޖީއެމްއެޗަށް ލުއިތަކެއް ލިބިގެން ދާނެއެވެ.

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ވަނީ ގުޅުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ރަސިދު

    ލަދު ހަޔާތުގެ ކަންފިލެއް ވެސް މީނަގެ ނެއް

    24
    1
  2. ޙައްގުބަސް

    ރައިސް ޔާމީނުގެ ދުރުވިސްނުމުގެ މަސައްކަތް!! ވަރަށް ބޮޑެތި މަސައްކަތްތައް ރައިސް ޔާމީން ވަނީ ގައުމަށް ކޮށްދެއްވާފަ!! މެގަ ޕްރޮޖެކްޓްތައް ކުރިއަށް ގެންގޮސް ދެއްވާ ގައުމުގެ ތަރައްގީ މުޅިން އެހެން ހަރުފަތަކަށް ބަދަލުކޮށްފަ!! ދަރުމަވަންތަ ހޮސްޕިޓަލް އަދި ވެލާނާ އެއަރޕޯޓްގެ އެއްބިލިޔަން ޑޮލަރުގެ ތަރައްގީ އަދި ހުޅުމާލެ މާލެ ބްރިޖް!! ހުޅުމާލެ ޔޫތު ސިޓީ!! ސާބަސް ރައިސް ޔާމީން!!

    23
  3. ޙަސަން ޒަރީރު/ އައްޑޫ

    ކިތަންމެ ވަރަކަށް ވަގަށް ގޮވިއަސް ރައީސް ޔާމީނުްގެ ތަރައްޤީގެ މިކަހަލަ ބިޔަ ޕްރޮޖެކްޓް ތައް ފަސްއަޅާ ނުފޮރުވޭނެ. އަދި މިއާއި އެއްފަދަ ކަމެއް ދެން މިތިބަ ވެރިންނަކަށް ނުވެސް ކުރެވޭން. ރާއްޖޭގެ ހޮސްޕިޓަލްތަކަށް ތައްޔާރުކުރެވެމުންދާ އެމްބީބީއެސް ޑޮކްޓަރުންނާއި ސްޕެޝަލިސްޓުން ލިސްޓް އަދި ކޮބާ! އައްޑޫ ކޮންވެންޝާން ސެންޓަރު ކަތުރުފަނިއަޅާ ބިމާތިރާވަނިކޮށް އެތަން ވެސް އެހެރީ ރާއޖެ ތެރޭރަށެއްގައި ބަޔަކު ސަރުކާރުން ބިނާކުރާނެކަމަށް ހީވެސްނުކުރާ ވަރުގެ ހޮސްޕިޓަލެއް ނިންމާފަ. ކައުންސިލުން އެތިބީ އެކަން ފޮރުވަން ފައިނަގައިގެން

    21
  4. ރައްޔިތުމީހާ

    ތިވީޑިއޯއިން ފެނުނީ މިހާރުގެ ނައިބު ރައީސްވެސް ރައީސް ޔާމީން ގެނެސްދެއްވި ތަރައްޤީ ފެނިފަ ބަސްހުއްޓި އާޝޯހުވެފަ ހުރިކަން.

    25
  5. ރީލޯޑު ވަޒީރު

    ވަގު ޅިޔަނަށް ވާ ގޮތެއްވެސް ބަލައްޗޭ. ހޮސްޕިޓަލް އެކަނި ބަލައިގެން ވާކަށް ނެތޭ.

    18
    1
  6. ޑޭވިޑު

    ރައީސް މީހާ ބުނި އޭ ހުސްހޮހަޅަ އެކޭ .

    5
    2
  7. ޏަމްޏަމް

    ޝުކުރިއްޔާ ރައީސް ޔާމީން ބަލާލި ކޮންމެ ދިމާއަކުން ފެންނަނީ ރައީސް ޔާމީންގެ ތަރަށްގީ މިސަރުކާރުން ކުރެވޭނެހާވެސް ކަމަކީ ދަރުމަވަންތަ ހޮސްޕިޓަލަށް ކަރުނަގޭސް ޖެހުން އެނޫންކަމެއް މިސަރުކާރަކުން ނުކުރެވޭނެ ކަން ދުނިޔެއަށް ދައްކައިފި.

  8. ނަދީމު

    ނައިބު ލަދެއްނުގަނޭ ހޮސްޕިޓަލު ތެރޭގައި އުޅޭކަށް ހަޔާތްކުޑަ!