އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އެކައުންޓަށް ވަން މައްސަލާގައި މިނިސްޓަރ މަހްލޫފާއި ސްޓޭޓް މިނިސްޓަރ އަކްރަމް ގޭގައި މަޑުކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އެންގުވުމުން އެމަނިކުފާނުގެ ހިތްވަރު ގަދަކަން ހާމަވެގެން ގޮސްފައިވާ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

މަހްލޫފާއި އަކްރަމް ގޭގައި މަޑުކުރަން އަންގަވާފައި ވަނީ ތުހުމަތު ކުރެވޭ މައްސަލަ ބަލާ ނިމެންދެންނެވެ.

އިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަހުލޫފް އާއި އަކްރަމް ގޭގައި މަޑުކުރައްވަން އެންގެވުމުން ދޭހަވަނީ ރައީސް ސޯލިހުގެ ހިތްވަރު ގަދަކަން ކަމަށެވެ.

"މަހްލޫފާއި އަކްރަމް ގޭގައި މަޑުކުރައްވަން އެންގެވުމުން ދޭހަވަނީ ރައީސް ޞާލިހްގެ ހިތްވަރު ގަދަކަން. މާޝާﷲ. ވިދާޅެއް ނުވޭ ތިމަންނާގެ ސަރުކާރު ހިމާޔަތް ކުރަން ކަނޑި އުރައިން ދަންމަވައިގެން ހުންނެވި ޚާލިދު ބިން ވަލީދު އެކޭ." އިޔާޒް ވިދާޅުވިއެވެ.

މަހްލޫފާއި އަކްރަމް ގޭގައި މަޑުކުރައްވަން އެންގެވުމަކީ ރައީސް ޞާލިހްގެ ހިތްވަރު ގަދަކަން ކަމަށް އިޔާޒް ވިދާޅުވިއިރު އިޔާޒްގެ ގޭގައި ރަޖިސްޓްރީ އޮތް މީހެއްގެ އެކައުންޓަށް އެސްއޯއެފް އިން 40 ހާސް އެމެރިކާ ޑޮލަރު ޖަމާ ކޮށްފައިވާކަން އޭސީސީގެ ރިޕޯޓުން ވަނީ ކަށަވަރު ވެފައެވެ. ނަމަވެސް އިޔާޒް ވަނީ އެފައިސާ އާއި ގުޅުމެއް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ.

އެސްއޯއެެފް އިން ދައުލަތުގެ ފައިސާ ލިބުނު ގިނަ ފަރާތްތަކުން މިހާރު ގެންދަވަނީ އެފަރާތްތަކުން ކޮށްފައި ވަނީ ސައްހަ މުއާމަލާތްތަކެއް ކަމަށް ވިދާޅުވެ އެކަން ސާބިތު ކޮށްދެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޙުދުހުދު

    ރަނގަޅަށް ވިއްޔާ ތިވާނީ ޝޭޚުގެ ކަމަކައް

    21
    4
  2. ޢަންނި

    ޢެހެންވީމަ އާނިޔާ އާއި އިބުރާ ދީނައްދުރައްސާރަ ކުރީމަވެސް އަޅާނުލަނީ... ރީތި އިނގޭ...

    40
    1
  3. ޜާއްޖެ އިސްލާމް

    ހާދަ ވަނދުކޮއް ލިޔެފަ ތިއޮތީ، އެހެން މީހުންގެ ވާހަކަ ވަރައް ޑައިރެކްޓްކޮއް ލިޔެފަ ވަކި މީހެއްވީމަ މާބޭރުން ތިދިޔައީ، ނިކަން ހަގީގަތަށް ލިޔެލަންވީނު

    16
    3
  4. ބޯހަލާކު

    ކްރަޕްސަނައްވުރެ ﷲހަޒުރަތުގަ ބޮޑީ ޝިރްކް ﷲއަށް ފުރައްސާރަކުރާމީހުނފުރައްސާރަކުރާމީހުން ނައް ދޭންޖެހޭ ހައްގުއަދަބުދިނުް..އާނިޔާ އަކީ އެތައް ފަހަރަކު ނަސޭހަތްދީފަހުރި މަރަންޖެހޭ މީހެއް...ނުކެރޭނެ ސޯލިހް އަކައް އެކަން ކުރާކައް...ސީޕީ ހަމީދް އަދި އިބޫގެ ފަހެރި އަކީ އެއްޖިންސުން ގުޅުން ހުއްދަކޮއް ޓްވިޓްކޮއްފަ ހުރި ދެ އިބީލީހުން ނިކަން ގަޓްހުރިއްޔާ އަދަބްދީބަލަ..އިޔާޒްމެން މޮޔަނުގޮވާ..

    33
  5. ނަސޭހަތް

    ޚުޝާމަދު ކުރުމަކީ ދީނުގައިވެސް ހުއްދަ ކަމެއްނޫން.
    އަދި އެއީ ވެރިމީހާ މަގުފުރެދިގެން ހިގައިދާނެ ކަމެއް.ކިތަންމެ މަޝްހޫރު އިލްމުވެރިއެއްނަމަވެސް މިކަން ކަމަށް ސަމާލު ވުމަށް ދަންނަވަން.

    26
  6. Anonymous

    ޔާމީނުގެ ނައިބު ރައީސް މުޅި ދައުލަތުގެ ތަންތަނަށް ބާރުގަދަކޮށްގެން ހުއްޓައި ދިމާވެދާނެ ނުރައްކަލަކަށް ބެލުމެއްނެތި ނައިބުރައީސް ވަކިކޮށް ޚިޔާނާތުގެ މަައްސަލަގައި ދައުވާކޮށް ފައިސާ އަތުލަން މަސައްކަތް ކުރުމަކީ ތިމީހުންނަށް ނުވޭދޯ ކަމަކަށް؟ އިބޫ ބުނި ގޮތެއް ހެދުންނޫން އެއްވެސް ގޮތެއް ނެތް މީހަކު ގޭގައި މަޑުކޮށްލާށޭ ބުނެލީމަ އެ ހިތްވަރު ގަދަވީ. ޥަކި އަތަކަށް ބުރަވިޔަސް ބޮޑުވަރު.

    30
  7. ބުރޯ

    ކޮން ހިތްވަރެއް ގަދައީ؟ ތީ ޑްްރާމާއެއްކަން އެންމެނަށްވެސް އެނގޭ! ދެން ހުށާމަތުކުރުމުގަ ލައިކްވާތީ ތި ތިބެނީ ހަމަ ހައްދުފަހަނަ އަޅާފަ

    27
    1
  8. އަން

    އެލިސްޓްގައިވާ ކުރިހާ ފަރާތްތކަކީ ދައުލަތުގެ ފައިސާއަށް ހިޔާނަތްތެރިވުމުގެ ބައިވެރިއެއް. ބައިވެރިވެފައިވާ ގޮތާއި ބައިވެރިވެފައިވާ މިންވަރު އެކިމީހުންގެ ތަފާތު. ނަމަވެސް ކޮންމެވެސް ސިފައެއްގައި ވަގުކުންފުންޏަކާއިއެކު ޑީލްހެދިފައި ތިބި ފަރާތްތައް އެލިސްޓްގައި އެވަނީ.

    15
    1
  9. ސަމީލް

    ހިތްވަރެއް ހުރިނަމަ އަމިއްލަޔަށް އެމްއެމްޕީއާރުސީގެ ލާރިން މުޅި އީސީ ގަނެލައިގެން ހޯދި ވެރިކަން ދޫކޮއްލާފަ ގޭގަ މަޑުކުރީސް، އެހެން މީހުން ކައިރީގަ ގޭގަ މަޑުކުރަން ނުބުނެ

    15
  10. ނީރާ

    އެއްވެސް ގަދަ އެއްނުން އިބޫއެއް ކީއްވެތަ ދީނަށް ފުރައްސާރަ ކުރާމީހުނަށް އަދަބު ނުދެވެނި

    20
  11. ކެޔޮޅު

    އެމްއެމްޕީއާރުސީ ގެފައިސާގަ ހޭކިފަވެވެދާނެތީދޯ މާކުރިންވެސް ގައިހިރުވާތީ ތިއުޅެހަތީ؟

    13
  12. ޏަމްޏަމް

    ޒައިދުގެ ގަމީހުގައި ނުބައިވަސްދުވި ދުވަހު ދިން އަގުބޮޑު ސެންޓުފުޅީގެ ބާރު ދައްކާލަނީދޯ ތިޔައީ ހަމަ ރަތލޖެހި ލާދީނީ މުނާފިގެއް......

  13. ދިވެހި ދަރިއެއް

    މި ބްރާންތި ސޭކަކަށް ނުވިސްނޭނެ، ބަލަ ވަކިކުރަން ބޭނުންވާ މީހުން ލިސްޓްގައި ހިމެނިފައި އެވަނީ، އަދި ލިސްޓަށް ނާރާމީހުން ވެސް ތިބުން އެކަށީގެން ވޭ.

  14. ނާރު

    އިޔާޟު ކަލޭ ކިޔަވައިގެން ހުރީ ހަސަދަ ވެރިކަމާއި ފިތުނަ ތަ؟ ކަލޭގެ މައިން ބަފައިން ތަރުބިއްޔަތުކުރި އެކަމާށް އުއްތަ! ނަފްސު ވިކުނަސް ތިއީ ތަންކޮޅެއްބޮޑުވަރު ތިޔަ އިބޫގެ ހިއްވަރުގަދަކަން އިސާހިތަކު ފެނިދާނެ އޭރުން ތިގަމާރުން ތިބޭނެ ތެޅެން ކަލޭގެ ބަނޑު ބޮޑުކަމުން ކުރިމަގު ނުފެންނަނީހެންހީވަނީ !