އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތައް ލިބެން ޖެހޭ ފައިސާގެ ތެރެއިން އެސްއޯއެފް މެދުވެރިކޮށް ބަހާލި ފައިސާ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހުގެ ހިއްސާ އޮތް މެރިން ޑިޒައިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށްވެސް ލިބިފައިވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ތަހުގީގު ރިޕޯޓުގައި ބުނެފިއެވެ.

އޭސީސީގެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި މެރިން ޑިޒައިން މޯލްޑިވްސްގެ ބޭންކް އެކައުންޓަށް އެސްއޯއެފް އިން ވަނީ 80000 ޑޮލަރު ފޮނުވައިފައެވެ.

މެރިން ޑިޒައިން މޯލްޑިވްސް އަކީ ފަލާހްގެ އަމިއްލަ ވިޔަފާރިތައް ކުރަމުން އަންނަ ކުންފުންޏެވެ. ނަމަވެސް ދާދި ފަހުން ފަލާހް އެކުންފުނީގެ ހިއްސާ ދޫކޮށްލާފައިވާ ކަމަށް ވެއެވެ. އެސްއޯއެފް އިން މެރިން ޑިޒައިން މޯލްޑިވްސް އަށް ފައިސާ ޖަމާކުރި އިރު މެރިން ޑިޒައިން މޯލްޑިވްސްގެ މެޖޯރިޓީ ހިއްސާދާރަކީ ފަލާހް އެވެ.

އެމްއެމްޕީއާރްސީގެ ފައިސާ އެސްއޯއެފް އިން ދީފައިވާ ފަރާތްތަކުގެ ތެރޭގައި ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހަރަކާތްތެރިވާ ގިނަ ބަޔަކާއި އެބޭފުޅުންގެ ހިއްސާ އޮންނަ ގިނަ ކުންފުނިތަކެއް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. 3ވަނަވިސްނުން

    ސަމާލުވޭ!ވަގުންވާނީ ވަގުންނަށް

    8
    1
  2. ރާކަނި

    ރާކަނި މަސް ކެވިފަ ތިއޮތީ

  3. ސލ

    މަޖިލިސް އިންތިޚާބަށް ވަގުން ކުރިމަތިލާން
    ދޫކޮށްގެން ނުވާނެ!!!

    10
  4. އަލްޖިބްރާ

    ގެތަކާއި ބިންތައް ގަންނަނީ ކޮންފައިސާއަކުންކަން މިވަނީ ފަޅާ އަރާފަ ! ދެން ކަލޭވެސް ބުނޭ ! ތިޔަކުންފުންޏަކާ މަށާ އެއްވެސް ގުޅުމެއް ނެތޭ ! ވަގުން ވާނީ ވަގުންނަށް ! ޔާމީނު ވަރުގެ މޮޅުމީހަކު ނެތޭ ކިޔައިގެން ހަޅޭއްލެވީ ކީއްވެގެންކަން މިހާރު މިއޮތީ އެގެން !

    12
    1
  5. ނަދުވީ

    ފަލާހުއެހާވަރައްފުމެނެގިކަންމިއޮތިފެންނަން